ކ. މާލެ
|
5 މާރޗް 2021 | ހުކުރު 23:06
ދިޔަމިގިއްޔާއި ހިރިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ހިރިލަންދޫ މޮޅުވީ 4-0 ން
ދިޔަމިގިއްޔާއި ހިރިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ހިރިލަންދޫ މޮޅުވީ 4-0 ން
ރައިސިން ސްޓާސް ސްޕޯޓްސް އެކެޑަމީ
އުރީދޫ އޭކޭއައި-އެލްއެފް ޔޫތު ޗެމްޕިއަންޝިޕް
ދިޔަމިގިލި ބަލިކޮށް ހިރިލަންދޫން ފެށުން ރަނގަޅުކޮށްފި
 
ދިޔަމިގިލި އަތުން ހިރިލަންދޫ މޮޅުވީ 4-0 ން
 
މުބާރާތުގައި ތ. އަތޮޅުގެ ހަތަރު ރަށަކުން ވާދަކުރޭ

ތ. ވިލުފުށީ ރައިސިން ސްޓާސް ސްޕޯޓްސް އެކެޑަމީގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ "އުރީދޫ އޭކޭއައި-އެލްއެފް ޔޫތު ޗެމްޕިއަންޝިޕް 2021" ގައި ކުޅުނު ފުރަތަމަ މެޗުން ހިރިލަންދޫ މޮޅުވެއްޖެއެވެ.

މި މުބާރާތަކީ ތ. އަތޮޅުގެ 21 އަހަރުން ދަށުގެ ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ ބޮޑު ފުޓްބޯޅަ މުބާރާތެކެވެ. މި މުބާރާތުގެ ކުޅުނު ހުކުރު ދުވަހު ފެށިއިރު، ފުރަތަމަ މެޗުން ހިރިލަންދޫ މޮޅުވީ ދިޔަމިގިލި އަތުން ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުންނެވެ.

ވިލުފިށީ ޓާފް ފުޓްބޯޅަ ދަނޑުގައި ހުކުރު ދުވަހުގެ ހަވީރު ކުޅުނު މެޗުގައި ހިރިލަންދޫން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލިޑު ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި ހިރިލަންދޫއަށް ލީޑު ނަގައިދިނީ އަޙްމަދު މުފީދެވެ. އަދި މެޗުގެ 15 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މުޙައްމަދު ނިޝާހް ވަނީ ހިރިލަންދޫއަށް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި ހިރިލަންދޫން ކާމިޔާބުކުރި ތިންވަނަ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖެހި މުފީދެވެ. އަދި މެޗުގެ 55 ވަނަ މިނެޓުގައި މުޙައްމަދު ސިޔާން ވަނީ ހިރިލަންދޫގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ.

ތ. އަތޮޅުގެ ހަތަރު ރަށެއް ވާދަކުރާ މި މުބާރާތުގެ ފުރަތަމަ މެޗުން ހިރިލަންދޫ މޮޅުވިއިރު، ދެވަނަ މެޗުގައި ހޮނިހިރު ދުވަހުގެ ހަވީރު ބައްދަލުކުރާނީ ވިލުފުއްޓާއި ގުރައިދޫއެވެ. މުބާރާތުގެ ކުޅުން ހުކުރު ދުވަހު ފެށިއިރު، މުބާރާތް ކުރިއަށްދަނީ ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ކުޅެ، ލީގު ބުރުގެ އެއްވަނައަށްދާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭ ގޮތަށެވެ. އަދި ފައިނަލުގެ ފަހު ޖާގަ ލިބޭނީ ދެވަނައަށް ދާ ޓީމާއި ތިންވަނައަށް ދާ ޓީމުގެ މެދުގައި ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.

ވިލުފުށީ ރައިސިން ސްޓާސް ސްޕޯޓްސް އެކެޑަމީން އިންތިޒާމުކުރާ މި މުބާރާތުގެ މެއިން ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސާފައިވާއިރު، މީޑިއާ ޕާޓްނަރަކީ ރާއްޖެޓީވީ ސްޕޯޓްސްއެވެ. އަދި މުބާރާތުގެ ޕްރިންޓިން ޕާޓްނަރަކަށް އިންކްޑް މޯލްޑިވްސް ހަމަޖައްސާފައިވާއިރު، އޮފިޝަލް ޖާޒީ ޕާޓްނަރަކީ ދަ ޑަބްލިއު ސްޕޯޓްސްއެވެ. މީގެ އިތުރުން ލައިވް ކަވަރޭޖް ޕާޓްނަރަކަށް ޗޮކޮލެޓް ކެފޭ އެންޑް ބިސްޓްރޯ ހަމަޖައްސާފައިވާއިރު، އޮންލައިން މީޑިއާ ޕާޓްނަރަކީ ބޯޅަ.އެމްވީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް