ކ. މާލެ
|
5 މާރޗް 2021 | ހުކުރު 11:49
އެމެރިކާގެ ނައިބްރައީސާ ކަމަލާ ހެރިސް
އެމެރިކާގެ ނައިބްރައީސާ ކަމަލާ ހެރިސް
އޭޕީ
އިސްރާއިލުން ހިންގި ޖަރީމާތައް
އިސްރާއިލާ ގުޅޭ ގޮތުން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) ކުރި ތަހުގީގާ އެމެރިކާ ދެކޮޅު
 
އައިސީސީގެ ތަހުގީގު އެމެރިކާއިން ފާޅުގައި ވަނީ ދެކޮޅު ހަދާފައި

އިސްރާއިލާ ގުޅޭ ގޮތުން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ކުރި ތަހުގީގާ އެމެރިކާ ދެކޮޅު ކަމަށް އެމެރިކާގެ ނައިބްރައީސާ ކަމަލާ ހެރިސް ވިދާޅުވެއްޖެއެވެ.

އައިސީސީގެ ތަހުގީގާ އެމެރިކާ ދެކޮޅުކަން ހާމަކުރައްވާފައިވަނީ އިސްރާއިލުގެ ބޮޑުވަޒީރު ނަތަންޔާހޫއާ ފޯނުން ގުޅުއްވާ ކަމަލާ ހެރިސް ދެއްކެވި ވާހަކައިގައެވެ. ބުރާސްފަތި ދުވަހު ފޯނުން ގުޅުއްވާ ކަމަލާ ވިދާޅުވީ އެމެރިކާއިން އައިސީސީގެ ތަހުގީގާ ދެކޮޅު ކަމަށެވެ. އައިސީސީން ތަހުގީގު ކޮށްފައިވަނީ ފަލަސްތީނުގެ ސަރަހައްދީ އިމުގެ ތެރޭގައި ހިނގި ހަނގުރާމައިގައި އިސްރާއިލުން ހިންގި ޖަރީމާތަކެެވެ.

މީގެ ކުރިން އައިސީސީގެ ޕްރޮސެކިއުޓަރ ވިދާޅުވެފައިވަނީ އެމެރިކާއާއި އިސްރާއިލުން ގަބޫލު ނުކުރާނެ ތަހުގީގެއް އާންމު ކުރައްވާނެ ކަމަށެވެ.

ޕްރޮސެކިއުޓަރ ފަތޫއު ބެންސުއުޑާގެ ދައުރު ހަމަވެ މި އަހަރުގެ ޖޫމް މަހުގެ 16 ވަނަ ދުވަހު ޕްރޮސެކިއުޓަރގެ މަގާމަށް ކަރިމް ޚާން އައްޔަން ކުރާނެއެވެ. 2019 ވަނަ އަހަރު ފަތޫއު ވިދާޅުވެފައިވަނީ ގާޒާގެ ހުޅަނގުގައި ގަސްދުގައި ހަނގުރާމައިގެ އަމަލު ހިންގާފައިވާ ކަމަށެވެ. އަދި އިސްރާއިލުގެ ސަލާމަތީ ބާރުތަކުންނާއި ފަލަސްތީނުގެ ހަތިޔާރު އެޅި ޖަމާއަތްކަމުގައިވާ ހަމާސް އިން ގާނޫނާ ހިލާފު އަމަލު ހިންގާފައިވާ ކަމަށެވެ.

ދެ ބޭފުޅުން ދެއްކެވި ވާހަކައިގައި އިސްރާއިލާ ދެކޮޅަށް އަދި އައިސީސީގެ އިހްތިޞާސާ ދެކޮޅަށް ތަހުގީގު ހިންގާފައިވާ ކަމަށް ދެ ގައުމުގެ ސަރުކާރުން ދެކޭކަމަށް ވިދާޅުވެފައިވެއެވެ. އަދި ސަރަހައްދީ ރައްކާތެރިކަމަށް ހުރި މައްސަލަތައް އިތުރަށް ބެލުމަށް އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން ވެސްމަޝްވަރާ ކުރައްވާފައިވެއެވެ. ވަކިން ހާއްސަކޮށް އީރާންގެ ނިއުކްލިއަރ ޕްރޮގްރާމް އަދި ނުރައްކާތެރި އަމަލުތަކަށް ދެގައުމުން ފާރަވެރިވެތިބުމާ ގުޅޭ ގޮތުން ވެސް ވާހަކަދައްކަވާފައިވެއެވެ. މީގެ އިތުރުން އިސްރާއިލުގެ ރައްކާތެރިކަން ދެމެހެއްޓުމަށް އެމެރިކާއިން ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ވެސް ކަމަލާ ވިދާޅުވިއެވެ.

މިއީ ކަމަލާ، މަގާމުގެ ހުވާ ކުރެއްވި ފަހުން ނަތަންޔާހޫއާ ގުޅުއްވި ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
100%
0%
0%
0%
0%
ކޮމެންޓް