ކ. މާލެ
|
5 މާރޗް 2021 | ހުކުރު 07:23
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން
ގޫގުލް
ޕާކިސްތާނުގެ ސިޔާސީ މަސްރަޙް
އިތުބާރު ނެތްކަމަށް ފާސްވެއްޖެނަމަ އިދިކޮޅުގައި ހުރެގެންވެސް ކޮރަޕްޝަނާއި ދެކޮޅަށް ހަނގުރާމަ ކުރުމުގައި ދެމިހުންނާނަން: އިމްރާން
 
އިދިކޮޅުގައި އޮވެގެންވެސް ޤައުމު ހަމަ މަގަގަށް އެޅުވުމަށް ކުރާ މަސައްކަތް ހުއްޓާނުލައްވާނެކަމަށް އިމްރާން ޚާން ވިދާޅުވި
 
އިމްރާން ޚާންގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރަށް ނާކާމިޔާބުވުމަކީ، ސަރުކާރަށް އިތުބާރު ގެއްލޭކަމެއް ނޫންކަމެއް ނޫންކަމަށް އިމްރާން ޚާން ވިދާޅުވި
 
ބޮޑު ވަޒީރު އިމްރާން ޚާން ވެރިކަމުން ދުރުކުރުމަށް އިދިކޮޅު ޕާޓީތަކުން އެޤައުމުގެ މަގުމައްޗަށް ނިކުމެ ދަނީ މުޒާހަރާކުރަމުން

ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގައި އެމަނިކުފާނުގެ ސަރުކާރަށް އިތުބާރު އޮތްތޯ ބެލުމަށް ނަގާ ވޯޓުން ނާކާމިޔާބުވިޔަސް، ކޮރަޕްޝަނާއި ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާ ނުލާނެކަމަށް އެޤައުމުގެ ބޮޑު ވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ ގޮނޑިއެއް އިމްރާން ޚާންގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރަށް ނާކާމިޔާބުވެވަޑައިގަތުމުން، ބޮޑު ވަޒީރު އިމްރާން ޚާން ވަނީ މި ކުޑަ ނާކާމިޔާބީ ކުރިމަތިވިޔަސް ރައްޔިތުންނާއި ޤާނޫނު ހަދާ މަޖިލީހުގެ ދެ ގޭގެވެސް އިތުބާރު އެމަނިކުފާނުގެ ސަރުކާރަށް އެބައޮތްކަމަށް ވިދާޅުވެފައެވެ. ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން ވެރިކަމުން ދުރުކުރުމަށް އިދިކޮޅު ޕާޓީތަކުން އެޤައުމުގެ މަގުމައްޗަށް ނިކުމެ މުޒާހަރާކުރަމުންދާ މިދަނޑިވަޅުގައި، އިމްރާން ޚާން އެމަނިކުފާނުގެ ސަރުކާރަށް އިތުބާރު އޮތްތޯ ބެލުމަށް ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގައި ވޯޓު ނެގުމަށް ހުށަހަޅާފައިވަނީ މި ބޭނުމުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޤާނޫނު ހަދާ މަޖިލީިހިގެ މަތިގެއިން އިމްރާން ޚާނާއި އެމަނިކުފާނުގެ ސަރުކާރަށް އިތިބާރުއޮތްކަމަށް ރުހުން ދިނަސް، މިފަދަ ނިންމުމެއް ތިރިގެއިން ފެނިގެއިން ދިއުން ދުރުކަމަށް ބައެއް ޚަބަރުތައް ބުނަމުންދާތީ މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން، އިމްރާން ޚާން ވަނީ ވޯޓުން ނާކާމިޔާބުވިޔަސް، އިދިކޮޅުގައި އޮވެގެންވެސް ޤައުމު ހަމަ މަގަގަށް އެޅުވުމަށް ކުރާ މަސައްކަތް ހުއްޓާނުލައްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން އިމްރާން ޚާންގެ ސަރުކާރުން ގެންގުޅޭ ކޮރަޕްޝަނާއި ދެކޮޅު ސިޔާސަތު ދަމަހައްޓާއި، އިދިކޮޅުގައި އޮވެގެންވެސް ކޮރަޕްޝަނާއި ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާ ނުލާ ކުރިއަށްގެންދަވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
17%
42%
0%
17%
17%
8%
ކޮމެންޓް