ކ. މާލެ
|
4 މާރޗް 2021 | ބުރާސްފަތި 06:30
ބޯޑޯ އާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޕީއެސްޖީ މޮޅިވީ 1-0 ން
ބޯޑޯ އާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޕީއެސްޖީ މޮޅިވީ 1-0 ން
ގެޓީ އިމޭޖަސް
ފްރެންޗް ލީގު
ބޯޑޯ އަތުން ޕީއެސްޖީއަށް ހަނި މޮޅެއް
 
ބޯޑޯ އަތުން ޕީއެސްޖީ މޮޅުވީ 1-0 ގެ ނަތީޖާއަކުން
 
ތާވަލުގެ ދެވަނައިގައި ޕީއެސްޖީ އޮތީ 60 ޕޮއިންޓާއެކު

ފްރެންޗް ލީގުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ބޯޑޯ އަތުން އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ކުރީކޮޅު ލީޑު ނަގަން ޕީއެސްޖީގެ ޕަބްލޯ ސަރާބިއާއަށް ވަނީ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ ބޯޑޯގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ. އެކަމަކު މެޗުގެ 20 ވަނަ މިނެޓުގައި އިދްރީސާ ގާނާ ގޭ ދިން ޕާހަކުން ސަރާބިއާ ވަނީ ޕީއެސްޖީއަށް ލީޑު ނަގައިދީފައެވެ.

އޭގެ ފަހުން މި މެޗުގައި ނުރައްކާތެރި ހަމަލާއެއް ފެނިފައި ނުވާއިރު، ފުރަތަމަ ހާފުގައި ބޯޑޯގެ ޔާސީން އަދްލީ އޭރިއާ ތެރެއިން ފޮނުވާލި ބޯޅައެއް، ޕީއެސްޖީގެ ގޯލްކީޕަރު ކޭލޯ ނަވާސް ވަނީ ފަސޭހަކަމާއެކު ދިފާއުކޮށްފައެވެ.

ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ޕީއެސްޖީ ހަނިގޮތަކަށް މޮޅުވިއިރު، އެ ޓީމު އޮތީ ތާވަލުގެ ދެވަނައިގައި ކުޅުނު 28 މެޗުން ލިބުނު 60 ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނައިގައި އޮތް ލިލްއަށް 28 މެޗުން 62 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ލިޔޯނަށް 28 މެޗުން ވަނީ 59 ޕޮއިންޓް ލިބިފައެވެ. އަދި ޕީއެސްޖީ އަތުން ބަލިވި ބޯޑޯ އޮތީ ތާވަލުގެ 15 ވަނައިގައި 28 މެޗުން 33 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް