ކ. މާލެ
|
4 މާރޗް 2021 | ބުރާސްފަތި 05:56
މިލާނާއި އުދިނޭޒީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 0-0 ން
މިލާނާއި އުދިނޭޒީ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 0-0 ން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
އުދިނޭޒީ އަތުން ފަހު ވަގުތު މިލާން ސަލާމަތްވެއްޖެ
 
މިލާނާއި އުދިނޭޒީ ބައްދަލުކުރި މެޗު އެއްވަރުވީ 0-0 ން
 
ތާވަލުގެ ދެވަނައިގައި މިލާން އޮތީ 53 ޕޮއިންޓާއެކު

އިޓާލިއަން ލީގުގައި ބުދަ ދުވަހުގެރޭ އުދިނޭޒީ އަތުން ފަހު ވަގުތު އޭސީ މިލާން ބަލިނުވެ ސަލާމަތްވެއްޖެއެވެ.

މިލާނުގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވާއިރު، ދެވަނަ ހާފުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އުދިނޭޒީންނެވެ. އެގޮތުން މެޗުގެ 68 ވަނަ މިނެޓުގައި ރޮޑްރީގޯ ޑެ ޕައުލް ނަގައިދިން ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮޑްރީގޯ ބެކާއޯއެވެ.

މި މެޗުން މިލާން ބަލިނުވެ ސަލާމަތްވީ މެޗުގެ އިތުރު ވަގުތުގައި ޕެނަލްޓީއަކުން ފްރޭންކް ކެސީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ އޭރިއާ ތެރެއިން އުދިނޭޒީގެ ޔެންސް ސްޓްރައިގާ ލާސެންގެ އަތުގައި ބޯޅަ ޖެހުމުން ރެފުރީ ދިން ޕެނަލްޓީއެކެވެ.

އުދިނޭޒީ އަތުން މިލާނަށް ޕޮއިންޓެއް ލިބުނުއިރު، ތާވަލުގެ އެއްވަނައިގައި އޮތް ވާދަވެރި އިންޓަ މިލާނާ ދެމެދު އޮތް ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު މިލާނުން ވަނީ ނަގާލާފައެވެ. އެގޮތުން ދެވަނައިގައި އޮތް މިލާނަށް ކުޅުނު 25 މެޗުން 53 ޕޮއިންޓް ލިބިފައިވާއިރު، ތާވަލުގެ އެއްވަނައިގައި އޮތް އިންޓައަށް ވަނީ 24 މެޗުން 56 ޕޮއިންޓް ލިބިފައެވެ. އަދި މިލާނާ އެއްވަރުކުރި އުދިނޭޒީ އޮތީ ތާވަލުގެ 11 ވަނައިގައި 25 މެޗުން 29 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް