ކ. މާލެ
|
3 މާރޗް 2021 | ބުދަ 23:07
ކޮވިޑަށް އަތޮޅު ތެރެއިން ޕޮޒިޓިވްވި ބަޔަކު ފެސިލިޓީއަށް ގެންދަނީ
ކޮވިޑަށް އަތޮޅު ތެރެއިން ޕޮޒިޓިވްވި ބަޔަކު ފެސިލިޓީއަށް ގެންދަނީ
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
ބުދަ ދުވަހު އިތުރު 136 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ
 
125 މީހަކު ބުދަ ދުވަހު ބަލިން ރަނގަޅުވެފައިވޭ
 
187 މީހަކަށް އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުން
 
މާލެ ސަރަހައްދުން 124 މީހަކު ޕޮޒިޓިވް

ބުދަ ދުވަހު އިތުރު 136 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން އަންގާރަ ދުވަހުގެ އިރުއޮއްސި 6:00ން ބުދަ ދުވަހުގެ އިރުއޮއްސި 6:00ށް 136 މީހަކު ޕޮޒިޓިވްވެފައިވާއިރު، މިއީ ފާއިތުވި 24 ގަޑިއިރު ނެގި 4262 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި މީހުންނެވެ. މި 136 މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި 124 މީހުންނާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 10 މީހުންނާއި، ސަފާރީތަކުން ޕޮޒިޓިވްވި 2 މީހެކެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި އިތުރު މީހަކު އެޑްމިޓްކޮށް ފަރުވާ ދޭން ފަށާފައިވާއިރު، ހޮސްޕިޓަލުގައި 187 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. ބުދަ ދުވަހު 136 މީހަކު ޕޮޒިޓިވްވެ ރާއްޖޭގެ ޖުމްލަ އަދަދު ވަނީ 20،280ށް އަރާފައެވެ.

މިހާތަނަށް 17،595 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، ބުދަ ދުވަހު އެކަނިވެސް 125 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު އިތުރުވެ މި އަދަދު މިހާރު ހުރީ 2615 ގައެވެ. ބުދަ ދުވަހު އިތުރު މީހަކު މި ބަލީގައި ނިޔާވެފައިވާއިރު، ކޮވިޑްގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު ވަނީ 63ށް އަރާފައެވެ. ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 56 ދިވެހިންނާއި، ބަންގުލަދޭޝަށް ނިސްބަތްވާ 5 މީހަކާއި ފިލިޕީންސްގެ މީހެއްގެ އިތުރުން އިޓަލީ މީހެކެވެ.

ކޮވިޑްގެ 3 ވަނަ ރާޅު ރާއްޖެއަށް ބިންދާލާފައިވާއިރު، 100ން މަތިން ކޭސްތައް ރިޕޯޓްކުރަމުން އަންނަތާ ދޮޅު މަސް ދުވަސް ވަނީ ވެފައެވެ. އަދި ބަލި ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވީ ނަމަވެސް އާންމުންގެ ފަރާތުން އެންމެ އެކަށޭނެ އެއްބާރުލުމެއް ލިބެމުން ނުދާ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވަނީ ބުނެފައެވެ.

ކޮވިޑްގެ ހާލަތު ގޯސްވެ އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރޭގަނޑު 8:00ން ފެށިގެން ކެފޭ ރެސްޓޯރަންޓްތަކުން ޑައިން އިން މަނާކުރުމާއި، އިރުއޮއްސި 6:00ން ހެނދުނު 6:00ށް އެއްގަމު އުޅަނދު ދުއްވުން މަނާ ކުރުމުގެ އިތުރުން ރޭގަނޑު 11:00ން ފަތިހު 4:30ށް ކާފިއު ހިންގުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން އެއްފަހަރާ 10 މީހުންނަށްވުރެ އިތުރަށް އެއްތަނަކަށް އެއް ނުވުމާއި، ޕާޓީތަކާއި ހަފްލާތަކާއި އެއްވުންތައް ބޭއްވުން މަނާކޮށްފައިވާއިރު، މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާއަތުގައި ނަމާދުކުރުމަށް ވަނީ އަންގާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
0%
0%
0%
ކޮމެންޓް