ކ. މާލެ
|
3 މާރޗް 2021 | ބުދަ 22:20
އަފްނާން ރަޝީދު ބެޑްމިންޓަން އެކެޑަމީ ސްޕޯޓްސް ކޮމިޝަނުގައި ރަޖިސްޓްރީކުރުމަށްފަހު
އަފްނާން ރަޝީދު ބެޑްމިންޓަން އެކެޑަމީ ސްޕޯޓްސް ކޮމިޝަނުގައި ރަޖިސްޓްރީކުރުމަށްފަހު
ސޯޝަލް މީޑިއާ
އަފްނާން ބެޑްމިންޓަން އެކެޑަމީ ފެށުން
އަފްނާން ރަޝީދު ބެޑްމިންޓަން އެކެޑަމީގެ އަމާޒު އަތޮޅުތެރެއަށް
 
ބެޑްމިންޓަން އެކެޑަމީ ރަޖިސްޓްރީކުރީ އަފްނާނުގެ އުފަން ދުވަހު
 
އެކެޑަމީގެ މަސައްކަތް އަތޮޅުތެރެއަށް ފުޅާކުރުމަށް ވިސްނަމުންދޭ
 
ބެޑްމިންޓަން ކުޅެން ފަށައިގަންނަ ކުޅުންތެރިންނަށް އެހީވުމަށް ބޭނުންވޭ

އަތޮޅުތެރެއަށް އަމާޒުކޮށްގެން "އަފްނާން ރަޝީދު ބެޑްމިންޓަން އެކެޑަމީ (އޭއާރްބީއޭ)" ގެ ނަމުގައި މަޝްހޫރު ބެޑްމިންޓަޑް ކުޅުންތެރިޔާ އައިޝަތު އަފްނާން ރަޝީދު ބެޑްމިންޓަން އެކެޑަމީއެއް ހުޅުވައިފިއެވެ.

އަފްނާން އަމިއްލަ ބެޑްމިންޓަން އެކެޑަމީއެއް ސްޕޯޓްސް ކޮމިޝަނުގައި ރަޖިސްޓްރީކުރީ އޭނާގެ އުފަން ދުވަސް ކަމަށްވާ މާޗު މަހުގެ އެއްވަނަ ދުވަހުއެވެ.

"ރާއްޖެ.އެމްވީ" އަށް ދިން އެކްސްކުލޫސިވް އިންޓަވިއުއެއްގައި އަފްނާން ބުނީ ބެޑްމިންޓަން ކޯޗިންނަށް ސުކޫލުދައުރު ނިންމުމަށްފަހުވެސް ޝައުގުވެރިކަން ހުންނަ ކަމަށާއި، އަދި ބިލަބޮންގ ސްކޫލުގެ ކުދިންނާއެކު ކޯޗެއްގެ ގޮތުގައި މީގެ ކުރިން މަސައްކަތްވެސް ކޮށްފައިވާ ކަމަށެވެ. އަދި ވަކިން އެކެޑަމީއެއް ހުޅުވުމުގެ ވިސްނުން އައީ އޭނާގެ ބޭބެ އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ބެޑްމިންޓަން ކުޅުންތެރިޔާ މުޙައްމަދު އަޖުފާން ރަޝީދު އެކެޑަމީގައި މަސައްކަތް ކުރަމުން ދަނިކޮށް ކަމަށާއި، އޭރު އާންމުންގެ ފަރާތުން އަންހެން ކުއްޖަކު އެކެޑަމީއެއް ހުޅުވުމަށް އެދުނު އެދުމުން ކަމަށްވެސް ބުންޏެވެ.

އަފްނާން ބުނީ އޭނާގެ އެކެޑަމީގެ މަސައްކަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމަށް ވިސްނަމުންދާ ކަމަށާއި، އަދި އެކެޑަމީގެ ކުޅުންތެރިންނަށް ރާއްޖޭގެ މުބާރާތްތަކުގެ އިތުރުން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބައިވެރިވެ ތަޖުރިބާ ހޯދައިދިނުމަށްވެސް ބޭނުންވާ ކަމަށެވެ. މީގެ އިތުރުން އަޖުފާން އެކެޑަމީއާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބެޑްމިންޓަން ފުޅާކޮށް، ބެޑްމިންޓަން ކުޅެން ފަށައިގަންނަ ކުޅުންތެރިންނަށް އެހީވުމަށް ބޭނުންވާ ކަމަށްވެސް ވަނީ ބުނެފައެވެ.

އަފްނާން ރަޝީދު "ރާއްޖެ.އެމްވީ" އަށް ދިން އެކްސްކުލޫސިވް އިންޓަވިއުގެ ތެރެއިން - ރާއްޖެ އެމްވީ
މާލޭގެ އިތުރުން ރާއްޖެތެރޭގައިވެސް ބެޑްމިންޓަން ކުޅޭ ހުނަރުވެރި އެތައް ކުޅުންތެރިންތަކެއް އެބަތިބެ، ރަނގަޅު ތަމްރީނުތަކެއް ލިބިގެން ގައުމީ ލެވެލްގެ އިތުރުން ބައިނަލްއަގްވާމީ ލެވެލްގައި ކާމިޔާބު ހޯދޭނެ ކުޅުންތެރިން އެބަތިބި. އެކެޑަމީގެ މަސައްކަތް އަތޮޅުތެރެއަށް ފުޅާކުރުމުގެ ބޭނުމަކީ އެ ކުޅުންތެރިންނަށް ވީހާވެސް ގިނަ ފުރުސަތުތަކެއް ހޯދައިދީ، ތަމްރީން ކޮށްދިނުން.
އައިޝަތު އަފްނާން ރަޝީދު

އަފްނާން ބެޑްމިންޓަން އެކެޑަމީގެ މަސައްކަތް ފަށާފައިވާއިރު، އެ އެކެޑަމީން މިހާރުވެސް 16 އަންހެން ކުދިންނާއި، ދެ ފިރިހެން ކުދިން އަންނަނީ ތަމްރީނުވަމުންނެވެ. ޒުވާން ހުރިހާ އުމުރުފުރާއަކަށް ހުޅުވާލައިގެން އެކެޑަމީ ކުރިއަށް ގެންދަން އަފްނާން ވިސްނާފައިވާއިރު، ފޭސްބުކް އަދި އިންސްޓަގްރާމް މެދުވެރިކޮށް އެކެޑަމީއާ ގުޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އަފްނާން މައުލޫމާތުދެއެވެ.

މީގެ ކުރިން ގައުމީ ފެންވަރުގަޔާއި ބައިނަލްއަގުވާމީ މުބާރާތްތަކުގައިވެސް ވާދަކުރި އަފްނާން ވަނީ މިހާތަނަށް ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އޭނާ ވަނީ ގައުމީ ބެޑްމިންޓަން މުބާރާތް ތިން ފަހަރު ކާމިޔާބުކޮށްފައެވެ. އެއީ 2012، 2013 އަދި 2015 ވަނަ އަހަރުއެވެ. އޭގެ ފަހުން ބެޑްމިންޓަން ކުޅުމުން އަފްނާން ބްރޭކެއް ނެގީ 2017 ވަނަ އަހަރު ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ. އަދި އެއަށްފަހު އަނިޔާއިން އެއްކޮށް ރަނގަޅުވެ މިދިޔަ އަހަރު ބޭއްވި މުބާރާތުގައި އަފްނާން ވަނީ ވާދަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
100%
0%
0%
0%
0%
ކޮމެންޓް
5 މާރޗް 2021 | ހުކުރު 08:36
ފިރާސާ
މަށައް ހީވަނީ ކޯޗިންގް ގެ ކޮން ފެންވަރެއް ތޯ ހުރީ ބަލާލަންވެސް ހަމަ ރަގަޅުވާނެ...މޮޅަށް ކުޅުނަކަސް