ކ. މާލެ
|
3 މާރޗް 2021 | ބުދަ 17:27
ނާހީ
ނާހީ
ނާހީ، ފިޓްނެސްގެ ދާއިރާގައި 27 އަހަރު
ފިޓްނަސްގެ ދާއިރާގައި 27 އަހަރު، ފިޓް ބައި ނާހީ ނޭނގޭ މީހެއް ނުހުންނާނެ!
 
ފިޓްނަސްގެ ދާއިރާއަށް ނާހީ ނުކުތީ 1994 ވަނަ އަހަރު
 
ނާހީ ވަނީ ގިނަ ބައެެއްގެ މެދުގައި މަގުބޫލުކަން ހޯދާފައި
 
ނާހީގެ މަސައްކަތަށް ހިތްވަރުދިނުމުގެ ގައުމީ އެވޯޑް ވަނީ ދީފައި

އުމުރުން 21 އަހަރުގައި އޭނާ މަސައްކަތް ފެށީ އެއްވެސް ހާލެއްގައި މިދުވަސް އަންނާނެ ކަމަށް ފެނިގެނެއް ނޫނެވެ. ވަޒީފާގައި ހުރެ ހުސް ވަގުތުގައި ކޮށްލާނެ ކަމެއް ހޯދަމުން ގޮސް އެންމެ ފުރަތަމަ ލޮލުގައި އަޅައިގަތް ކަންތަކަށް ބަލައިގެން ފިޓްނަސް ޓްރެއިނިންއެއްގައި ބައިވެރިވީ މި ދާއިރާއަށް ވަކި ހާއްސަ ޝައުގެއް ނޫނީ މިކަމުން ކުރިއަށްދާނެ ތަސައްވުރެއް އޮވެގެނެއް ނޫނެވެ.

މީގެ 27 އަހަރު ކުރިން، 1994 ވަނަ އަހަރު، ނާހިދާ އަލީ، (ނާހީ) މަސައްކަތް ކުރަމުން ދިޔައީ އެއަރ މޯލްޑިވްސްގައެވެ. ވަޒީފާގައި އުޅެމުން އިތުރު މަސައްކަތެއް ދަސްކުރުމުގެ ޝައުގު ހުރުމުން އެއަހަރު ބަނޑޮސް މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ ފިޓްނެސް ޓްރެއިނިންއެއްގައި ބައިވެރިވިއެވެ. އެދުވަހު ފިޓްނަސްގެ ދާއިރާއަށް އެޅި ފިޔަވަޅާއެކު، ޓްރެއިނިން ނިންމައި 1995 ވަނަ އަހަރު ފިޓްނެސް އިންސްޓްރަކްޓަރެއްގެ ގޮތުގައި ނާހީ ހަރަކާތްތެރިވާން ފެށިއެވެ.

ނާހީ އެންމެ ފުރަތަމަ ފިޓްނަސް އިންސްޓްރަކްޓަރެއްގެ ގޮތުގައި ފެނިގެން ދިޔައީ އޭރު މާލޭގައި ޖިމް ހުޅުވައި ހަރަކާތްތެރިވަމުން ދިޔަ ޝިފާގެ ފިޓްނަސް އިންސްޓްރަކްޓަރެއްގެ ގޮތުގައެވެ. ޝިފާގެ ޖިމްތަކުގައި ނާހީގެ ކްލާސްތައް ނަގައިދޭން ފެށިއެވެ. އެއްދުވަހުން އަނެއް ދުވަހަށް ނާހީގެ ކްލާސްތަކަށް އޮތް ޑިމާންޑް ދިޔައީ އިތުރުވަމުންނެވެ. ނާހީގެ އިރުޝާދުގެ ދަށުން ކަސްރަތު ކުރަން ބޭނުންވާ މީހުންގެ އަދަދު ދިޔައީ އިތުރުވަމުންނެވެ.

ނާހީއަކީ ފިޓްނަސްގެ ދާއިރާގައި ގިނަ ދުވަސްތަކެއްގެ ތަޖުރިބާ ހުރި މީހެއް

ނާހީގެ ކްލާސްތަކަށް އޮތް ޑިމާންޑް ބޮޑުވުމާއި، ތަފާތު ޖިމްތައް މެދުވެރިކޮށް ނާހީގެ ކްލާސްތަކުން ޖާހަގަ ހޯދުމަށް ކަސްޓަމަރުންނަށް ދަތިތަކާއި ކުރިމަތިވާން ފެށުމުން އެކަމަށް ހައްލެއް ހޯދާދޭން ނާހީ ބޭނުންވިއެވެ. ނާހީގެ އިރުޝާދާއެކު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އަންހެނުންނަށް އެހީތެރިވާން ބޭނުންވިއެވެ. އަދި ނާހީގެ ކްލާސްތަކަކީ ކޮންމެ އަންހެނަކަށްވެސް ހިތްހަމަޖެހިގެން ބައިވެރިވެވޭނެ ކްލާސްތަކަކަށް ހަދަން ބޭނުންވިއެވެ.

ދާއިރާގައި މަސައްކަތްކޮށް ގިނަ ބައެއްގެ ލޯތްބާއިއެކު ނާހީގެ އަމިއްލަ ޖިމެއް ހުޅުވުމުގެ ފޮނި ހުވަފެނެއް އޮތެވެ. ނަމަވެސް އަމިއްލައަށް ޖިމެއް ހުޅުވައި މަސައްކަތް ފެށުމުގެ ކުރިން ދާއިރާއާއި ގުޅުންހުރި ގިނަ ތަމްރީނުތައް ފުރިހަމަކޮށް، އަގުހުރި ތަޖުރިބާ ހޯދަންވެސް ނާހީ ބޭނުންވިއެވެ. މިހާތަނަށް އައިއިރު 25 ޓްރެއިނިންގއެއް ނާހީ ފުރިހަމަކޮށްފައިވާއިރު 19 އަހަރުގެ ތަޖުރިބާއާއެކު ފިޓް ބައި ނާހީ ވުޖޫދުވެގެން އައެއެވެ. ކަސްރަތަށް ލޯބިކުރާ އަދި ނާހީގެ ކްލާސްތަކަށް ދާން ބޭނުންވި އަންހެނުންނަށް ހިތް ހަމަޖެހޭ މާހައުލެއް ނާހީ ހޯދައިދިނެވެ. ނާހީގެ ޖިމެއްގައި ނާހީގެ އިރުޝާދުގެ ދަށުން ކަސްރަތުކުރަން ބޭނުންވި ކޮންމެ އަންހެނަކަށް ނާހީ ދިޔައީ އެފުރުސަތު ދެމުންނެވެ. އަދި ނާހީ އެކޭ އެއްގޮތަށް، ފިޓްނަސްގެ ދާއިރާއަށް ޝައުގުވެރިވާ އެހެން އަންހެން ކުދިންނަށް ނާހީ ވެގެން ދިޔައީ ނަމޫނާއަކަށެވެ. މުދައްރިސަކަށެވެ. މަގު ދައްކައިދޭނެ އެކުވެރިއަކަށެވެ.

ނާހީ ވަނީ ފިޓްނަސްގެ ގިނަ ޕްރޮގްރާމްތަކެއް ޓީވީ މެދުވެރިކޮށް ގެނެސްދީފައި

ފިޓްނަސް ކްލާސްތައް ނަގައިދެމުން، ނާޙީ އެކޭ އެއްފަދަ ކުޅަދާނަ ފިޓްނަސް އިންސްޓްރަކްޓަރުން ބިނާ ކުރުމުގެ މަސައްކަތް ނާހީ ފެށިއެވެ. ނާހީ ކުރާ ހުރިހާ ކަމެއް އިނގިލިކޮޅު ލައިގެން ގެންގޮސް، ދަސްކޮށްދީ ކުރިއެރުވުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ. ނާހީގެ ހިޔަނީގައި ހުރުމުގެ ބަދަލުގައި ނާހީ ކައިރިން ފިޓްނަސް އިންސްޓްރަކްޓަރުކަން ދަސްކުރާ ކުދިންނަށް، އެކުދިންގެ އަމިއްލަ މަގުން ދިއުމުގެ ހިތްވަރު ދެއެވެ. ރާއްޖޭގައި ނަން ހިނގާ، މަގުބޫލު ކުދިންނަށް އެކުދިން ވުމަކީ ނާހީގެ އެދުމެކެވެ. އެއީ އެކަމެއްގެ ސަބަބުން ނާހީ ވަރަށް ފަޚުރުވެރިވާނެ ކަމެއް ކަމަށް ނާހީ ފާހަގަކުރެއެވެ.

ބޮޑީ ޕަމްޕާއި ސްޓްރޯންގް ނޭޝަން ފަދަ ކްލާސްތައް ނަގައިދިނުމަށް އެންމެ ޝައުގުވެރިވާ ނާހީ ވަނީ ޓީވީ މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އަންހެނުންނަށް ކަސްރަތު ކްލާސްތައް ނަގައިދީފައެވެ. މި އާއެކު ގިނަ ބައެއްގެ ފާޑުކިއުން ނާހީއަށް އަމާޒުވި ނަމަވެސް އަޒުމަކަށް ބަދަލެއް ނާދެއެވެ. ދިޔައީ ކުރިއަށެވެ. ކުރިއަށް އޮތް ތަނުގައި މިދާއިރާއަށް ނުކުންނަށް ބޭނުންވާ ކުދިންނަށް ނަމޫނާ ދައްކައިދޭން ނާހީ ބޭނުންވިއެވެ. މިއީ އަންހެނުންނަށްވެސް ކުރެވޭނެ ކަމެއްކަން ދައްކައިދޭން މަސައްކަތްކުރިއެވެ.

މިކަމުގެ ނަތީޖާއެއްގެ ގޮތުން ނާޙީގެ މަސައްކަތުގެ އަގު ވަޒަންކޮށް 2014 ވަަނަ އަހަރު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމު ވަނީ ހިތްވަރުދިނުމުގެ ގައުމީ އިނާމު ނާހީއަށް ދެއްވާފައެވެ. މިއާއިއެކު ނާހީއަށް މި ދާއިރާގައި ކުރިއަށް ދިއުމަށް އިތުރު ހިތްވަރެއް ލިބިގެންދިޔައެވެ. އަދި މިދާއިރާގައި ނާހީ ކުރަމުންދިޔަ މަސައްކަތްތައްވެސް އިތުރުވެގެންދިޔައެވެ. ހުއްޓާނުލައި އެއް ކްލާހަށްފަހު އަނެއް ކްލާސް ނަގައިދޭން ޖެހުމުން އަނިޔާއާއި ކުރިމަތިލާން ޖެހުނު ނަމަވެސް ދާއިރާދޫކޮށް ދާކަށް ނާހީ ބޭނުމެއްނުވިއެވެ. އަނިޔާގެ ސަބަބުން އެންމެ ޝައުގުވެރިވާ ހައި އިންޓެންސިވް ކްލާސްތައް ނަގައިނުދެވުނު ނަމަވެސް ދެމިހުރީ ކަސްރަތުގެ ދާއިރާގައެވެ.

ނަހީއަށް ހިތްވަރު ދިނުމުގެ އިނާމު ދެއްވަނީ

ކޮވިޑް-19 ބަލިމަޑުކަމާއިއެކު ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހި ދެވަނަ ދަރިއެއްގެ ގޮތުގައި ހިންގަމުންއައި ފިޓް ބައި ނާހީ ޖިމް ބަންދުކުރަން މަޖުބޫރުވިއެވެ. ޖިމްގެ ކްލާސްތައް ހިންގުމަށް ނާހީގެ ދަށުން މަސައްކަތް ކުރަމުންދިޔަ އިންސްޓްރަކްޓަރުންނަށް އުޖޫރަދެވޭނެ ގޮތެއް ނެތުމުން އިންސްޓްރަކްޓަރުންތައް ދޫކޮށްލަން ޖެހުނެވެ. ނަމަވެސް ނާހީ މިކަމަށް ހުންނަ ލޯތްބާއި ޝައުގުވެރިކަމުން ކުޑަ ތަންކޮޅެއްވެސް ދޫކޮށްނުލައެވެ.

ދެއަތް ފޮޅާލުމަށްފަހު ތެދުވެ، ނާހީ އަނެއްކާވެސް އަލުން ޖިމް ހުޅުވައި، އިތުރު އިންސްޓްރަކްޓަރުންނާ ނުލައި ޖިމް ހިންގަން ފެށިިއެވެ. މިހާރު މާލޭގައި ހުންނަ ނާހީގެ އަންހެނުންގެ ހާއްސަ ޖިމް، ފިޓް ބައި ނާހީގެ އިތުރުން، އަންހެނުންނާއި ފިރިހެނުންނަށް ހާއްސަކޮށް ހުޅުމާލޭގައި ގްރިޓް ބައި ނާހީ ޖިމް ވަނީ ހުޅުވާފައެވެ. ނާހީގެ މެނޭޖްމެންޓްގެ ދަށުން އިތުރު އިންސްޓްރަކްޓަރުން މަސައްކަތްކުރަމުންދާއިރު، އެ އިސްޓްރަކްޓަރުންނަށްވެސް ނާހީ ދައްކަދޭނެ ބޭނުން ވަނީ މިދާއިރާއަށް ނާހީ ހުންނަ ޝައުގާއި ލޯތްބެވެ.

މިދާއިރާގައި 27 އަހަރު ހޭދަ ކުރިއިރު، ފިޓް ބައި ނާހީ އޭ ބުނުމުން ނޭނގޭ މީހެއް މިހާރު ރާއްޖޭގައި ނެތެވެ. ނަމަވެސް އަދިއަދަށް ދާންދެންވެސް ނާހީ ގަބޫލުކުރަނީ، ނާހީ ނާހީ އަށް ހަދާދިނުމުގެ އެންމެ އިސް ރޯލެއް އަދާކުރީ އޭނާގެ މަންމަ އާއި ބައްޕަ ކަމެވެ. މަސައްކަތްތެރިކަމާއި އަޚުލާގައި މީހާގެ ގަދަރު ހިފަހައްޓަން އޭނާއަށް ދަސްކޮށްދިނީ މަންމަ އާއި ބައްޕައެވެ. އަދިވެސް އެގޮތުގައި ނާހީ ދެމިހުރިއިރު، މިހާރު އޭނާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ މަންމަގެ ފަހަތުން، ދަރިފުޅު ޒޯޔާ މިދާއިރާއަށް ނުކުމެ ކުރިއަރައިގެން ދާނެ ދުވަހެވެ.

ނާހީ އާއި ދަރިފުޅު ޒޯޔާ
Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
5%
21%
2%
52%
16%
5%
ކޮމެންޓް
7 މާރޗް 2021 | އާދީއްތަ 15:59
ޓީޓީ
ފިސާރި ކަބަލެއް
5 މާރޗް 2021 | ހުކުރު 19:57
ނާހި ތި ކު ރާ ހިއްވަރަަައް ހަމަ ސާބަސް❤
4 މާރޗް 2021 | ބުރާސްފަތި 02:54
ކަާ ކު
މީހުން ގެ ޅަ ދަރިން ލައްވަާ މަސަަަައްކަތް ކޮއްފަ ސެލަރީ ނުދީ ހުރި ނުލަފާ މީހެއް ތިޔަ ނަާހިދާ އަކީ... މަސަތްކަތް ކުރުވާފަ ލާރި ކޮަޅު ދޭން ވީމަ ބޮޑު ވަނީ ދަހި މީހަާ ގަނޑު!!😡
3 މާރޗް 2021 | ބުދަ 23:24
⛄️
☃️🌪
3 މާރޗް 2021 | ބުދަ 23:12
ފާތުން
ނާހީ އަކީ ވަރަށް ހިތްވަރު ގަދަ މީހެއް. މިދާއިރާގައި ތަޖުރިބާ ހުރި މީހެއް. ތިކޮއްދޭ މަސައްކަތައް ހަމަ ސާބަސް.
3 މާރޗް 2021 | ބުދަ 19:44
ފޫހި
އަޙަލާޤޭ؟؟ ކާkު ބުނީ އަޙުލާޤu ރަނގަޅޭ؟؟ ހިތައްއެއްޗެއް ކަސްޓަމަރުމްނާ ދިމާލަށް ގޮވާ ރުންކުރު ގޮތެއް ނެތް ޒީލަގަދަ މީހެއްތީ.. ވަރަށް ފޫހި މީހެއް
3 މާރޗް 2021 | ބުދަ 19:33
ޭައެއްކަލަ މީހާ
މީނަގެ ނަން އަދި އަަޑު އެހި ތާނގަ މިހިރީ