raajjemv logo
ބާޣީ ލުތުފި
ފިލިކަމަށް އެއްބަސްވެ އެންމެ ލުއި އަދަބަކަށް ލުތުފީ އެދިއްޖެ
 
އޭނާގެ މައްޗަށް ކުރި ބަޣާވާތުގެ ހުކުމުގައި ބާކީ އޮތީ ތިން އަހަރު
 
އޭނާ ލަންކާ ފުލުހުންނާ އަމިއްލައަށް ހަވާލުވެގެން މާލެ ގެނައީ 2019ގައި
 
އޭނާ ފިލީ 2010 ވަނަ އަހަރު
ޝުރުފާ މުހައްމަދު
6,596
ކ. މާލެ |
3 މާރޗް 2021 | ބުދަ 12:48
ލުތުފީ އެނބުރި މާލެ ގެނައި ދުވަސް
ޝުއައިބް މުހައްމަދު އިގްބާލް

ނޮވެމްބަރ ތިނެއްގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ބަޣާވާތުގެ ކުށުގައި ޖަލު ހުކުމެއް ތަންފީޒުކުރަނިކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާލުމުން ފިލައިގެން އުޅުނު މައްސަލައިގައި އޭނާގެ މައްޗަށް ކުރާ ދައުވާއަށް އިއުތިރާފްވެ އެންމެ ލުއި އަދަބެއް ދިނުމަށް އެދިއްޖެއެވެ.

ބަޣާވާތުގެ ކުށުގައި އުމުރު ދުވަހަށް ޖަލަށް ލާފައިވަނިކޮށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް އޭނާ ފޮނުވާލީ 2010 ވަނަ އަހަރުއެވެ. އޭރު ހޯމް މިނިސްޓްރީން އޭނާ ފޮނުވީ އަމިއްލަ ހަރަދުގައި ބޭސްފަރުވާކުރުމަށް 2010ވަނަ އަހަރުގެ ޖެނުއަރީގައި އެއް އަހަރު ދުވަހަށް ވަގުތީ ޓްރެވަލް ޑޮކިއުމަންޓެއްގެ ދަށުންނެވެ. ނަމަވެސް އޭނާ އޭރުން ފެށިގެން ސްރީ ލަންކާގައި އެއްވެސް ލިޔެކިއުމެއް ނެތި ފިލައިގެން އުޅުމަށް ފަހު އެގައުމުގެ ފުލުހުންނާ އަމިއްލައަށް ހަވާލުވީ 2019ގައެވެ. އޭރު އެގައުމުގައި ހިނގި ޓެރަރިސްޓް ހަމަލާއަކާ ގުޅިގެން ވިސާ ނެތް މީހުންނާ މެދު ވަރަށް ހަރުކަށިކޮށް އަމަލުކުރަމުންދަނިކޮށް ލުތުފީ އަމިއްލައަށް ހަވާލުވީ ސަލާމަތްވުމަށް ކަމަށް ވެސް ބުނެއެވެ.

އޭނާ ރާއްޖެ ގެނައީ ހަމަ އެ އަހަރުގެ ޖުލައި މަހުގައެވެ. އޭނާ މިނިވަންކަން މަތީގައި އެއްވެސް ކުށެއް ނެތް މީހެއް ފަދައިން އިއްޒަތާއި ގަދަރުގައި ގެނައި ކަމަށް ބުނެ އެތައް ބައެއް އެކަމާ ފާޑު ވެސް ކިއެވެ.

މާލެ ގެނައި އިރު ބަޣާވާތުގެ ކުށުގައި އޭނާގެ މައްޗަށް ކުރި ހުކުމުގައި ބާކީ އޮތީ ހަތަރު އަހަރެވެ. އެ ހުކުމުގެ ބާކީ ބައި ތަންފީޒުކުރަން ޖަލުގައި ބާއްވައިގެން އޭނާ ފިލި މައްސަލައިގައި އޭނާއަށް އުފުލާފައި ވަނީ މީހުން ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާގައި މިއަދު ބޭއްވި އަޑު އެހުމުގައި އޭނާ ކުށަށް އިއުތިރާފުވި ނަމަވެސް އޭނާ ބުނީ އިއުތިރާފްވީ މައްސަލަ ވީހާ ވެސް އަވަހަކަށް ނިންމަން ބޭނުންވާތީ ކަމަށެވެ. އޭނާ ފިލި ކަމަށް ގަބޫލުނުކުރާ ކަމަށާއި ދިޔައީ ރަސްމީ އިދާރާތަކުގެ ހުއްދަ ލިބިގެން ކަމަށް ވެސް ބުންޏެވެ.

ތަމަޅައިންނާ ގުޅިގެން ނޮވެމްބަރ ތިނެއް 1988ގައި ދިން އުދުވާނީ ހަމަލާގައި 19 ދިވެހިން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި 11 އާންމުންނާއި 8 ސިފައިން ހިމެނެއެވެ. އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވެ، އެންމެ ފުރަތަމަ ކުރީ މަރުގެ ހުކުމެކެވެ. އެކަމަކު ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އެ އަދަބު ލުއިކޮށްދެއްވައި 25 އަހަރުގެ ޖަލު ހުކުމަކަށް ބަދަލުކޮށްދެއްވައިފައެވެ. އެ ހުކުމުގައި ބާކީ ތިން އަހަރު އިން އިރު، ހުކުމް ތަންފީޒުކޮށް ނިމުމުން އޭނާ މިނިވަންވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
8%
އަންތަރީސް ވެއްޖެ
25%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
58%
ރުޅި ގަދަ ވެއްޖެ
8%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް
4 މާރޗް 2021 | ބުރާސްފަތި 12:38
އާދަމް
ގިނަ ބަޔަކު މަރާލި މީހާއަށް ދިން މަރުގެ ޢަދަދު ރަޢީސް މައުމޫލު ލުއި ކޮށްދެއްވި ކީއްވެތޯ. މަރުވި މީހުންގެ ވާރިސުންގެ ހައްޤު ކޮބައިތޯ