ކ. މާލެ
|
2 މާރޗް 2021 | އަންގާރަ 23:01
އަނަސްގެ މަރަށް އިންސާފު ހޯދައިދިނުން އެދި ކުރިއަށް ގެންދިޔަ އެއްވުމެއްގެ ތެރެއިން
އަނަސްގެ މަރަށް އިންސާފު ހޯދައިދިނުން އެދި ކުރިއަށް ގެންދިޔަ އެއްވުމެއްގެ ތެރެއިން
އާމިނަތު ނުޒުހާ
އަނަސްގެ މަރުގެ މައްސަލަ
މަރުކޮމިޝަނުން އަނަސްގެ މަރުގެ ތަޙުޤީޤަށް ބޭނުންވާ ފޯނެއް ސިންގަޕޫރަށް ފޮނުވަނީ، ފައިނަލް ރިޕޯޓުވެސް ނެރޭނެ
 
ފޮރެންސިކް ހެއްކެއްގެ ގޮތުގައި ހިމެނޭ ފޯނެއް ސިންގަޕޫރަށް ފޮނުވައިގެން ޓެސްޓު ކުރަނީ
 
އަަނަސްގެ މަރުގެ މައްސަލައިގެ އަޕްޑޭޓެއް ލިބިވަޑައިގެންފައިވޭ
 
މައްސަލައިގެ ފައިނަލް ރިޕޯޓުވެސް އަވަސް މުއްދަތެއްގެ ތެރޭގައި އާންމު ކުރައްވާނެ

ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގެ ތަހުޤީޤަށް ފޮރެންސިކް އެވިޑެންސްއެއްގެ ގޮތުގައި ބޭނުންވާ ފޯނެއް ސިންގަޕޫރަށް ފޮނުވުމުގެ މަސައްކަތް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން ފަށައިފިއެވެ.

އެކަން ހާމަ ކުރައްވާފައިވަނީ "ރަށްވެހި ފަތިސް" ނަމުގައި އެމްޑީޕީން ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ރ އަތޮޅަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙެވެ. އެގޮތުން ރ އަތޮޅު މީދޫއާ ގުޅިގެން ރައީސް ވިދާޅުވީ، އަަނަސްގެ މަރުގެ މައްސަލައިގެ އަޕްޑޭޓެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން މިހާރު މި މައްސަލައިގެ ތަހުޤީޤު ޖުމުލަކޮށް ނިމިފައިވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މިހާރު ކުރިއަށްދަނީ ފޮރެންސިކް ހެއްކެއްގެ ގޮތުގައި ހިމެނޭ ފޯނެއް ސިންގަޕޫރަށް ފޮނުވައިގެން ޓެސްޓު ކުރުމުގެ މަސައްކަތް ކަމަށެވެ.

ރައީސް ވިދާޅުވީ، އެ މަސައްކަތް ނިމުމާއެކު، މި މައްސަލައިގެ ފައިނަލް ރިޕޯޓުވެސް އަވަސް މުއްދަތެއްގެ ތެރޭގައި އާންމު ކުރައްވާނެ ކަަމަށެވެ.

މިރަށުގެ ވަރަށް ހިތާމަވެރި ޙާދިސާއެއް އޮންނާނެ، އަނަސްގެ މަރުގެ އަޕްޑޭޓެއް އެބައޮތް، މިހާރު އޮތީ ގާތްގަނޑަކަށް މުޅިން ނިމިފައި ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައިވަނީ، ހަމައެކަނި ފޮރެންސިކް އެވިޑެންސްއަށް ބޭރަށް ފޮނުވަންޖެހޭ އެކަތި އެބައޮތް، އެ ފޮނުވުމުގެ މަސައްކަތް މިހާރު ގެންދަނީ، އެއަށްފަހުގައި، ފޯނެއް މި ފޮރެންސިކް އެވިޑެންސްއަށް ފޮނުވަނީ، ފޯނެއް ސިންގަޕޫރަށް ފޮނުވައިގެން އެ މައުލޫމާތުތައް ހޯދުމަށްފަހު، އެންމެ ފަހުގެ ރިޕޯޓު އިރާދުކުރެއްވިއްޔާ މަރުކޮމިޝަނުން ނެރޭނެ
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙް

އަނަސްގެ މަރުގެ މައްސަލައިގެ އަޑުއެހުންތަކެއް ކްރިމިނަލް ކޯޓުގައިވެސް ކުރިއަށްދާއިރު، މި މައްސަލައިގައި ހިމެނޭ، ސިއްރު ނޫން ހުރިހާ ހެކިވެރިންގެ ހެކިބަސްތައް މިހާރު މިވަނީ ނަގައި ނިންމާފައެވެ.

2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެރޭ ލިޓަސް ގަރާޖް ތެރޭ ވަޅިން ހަމަލާދީ މަރާލި ރ.މީދޫ ފެންފިޔާޒުގެ އުމުރުން 25 އަހަރުގެ މުޙައްމަދު އަނަސް މަރާލީ އެހެން ބަޔަކަށް ދޭން ރާވައިގެން ދިޔަ ހަމަލާއެއްގައި އޮޅިގެން ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ. ފުލުހުން ބުނި ގޮތުގައި އަނަސް އަކީ އޭނާ މަރާލުމުގެ ދެ އަހަރެއްހާ ދުވަސް ކުރިން ލިޓަސްގައި މަސައްކަތް ކުރި މީހެކެވެ. އަދި ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ އަނަސް ލިޓަސް ކައިރިއަށް ދިޔައީ ކުރިން އޭނާއާއެކު އެތަނުގައި އުޅުނު ރަހުމަތްތެރިންނާ ބައްދަލު ކުރުމަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަނަސް މަރާލީ އޭނާ ލައިގެން ހުރި ޓީޝާޓްގެ ސަބަބުން ކަމަށާއި އެއީ އޮޅިގެން ދިން ހަމަލާއެއް ކަމަށް ކުރީގެ ރައީސް ޔާމީން ވެސް ވިދާޅުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
88%
13%
0%
ކޮމެންޓް
3 މާރޗް 2021 | ބުދަ 09:56
އަހަރެން
އޮޅިގެން މީހުން މަރަންޏާ ތިޔައީ ވަރަށް ދެރަ ކަމެއް، ރުޅި އަންނަ ކޮންމެ ފަހަރަކު ބޭނުން މީހަކު މަރައި އޮޅިގެން ކަމަށް ބުނުމަކީ ވަރަށް ގަބޫލު ނުކުރެވޭ ކަމެއް އަދި މީހެއްގެ މަރުގެ ތަހުގީގު ނުނިމި ލަސްވެގެން ދިގުލައިގެންގޮސް އެތައް އަހަރެއް ވުމަކީ ސަރުކާރު ތަކުގެ ނާގާބިލްކަން، އެކަން ތަހުގީގުކުރާމީހުންނާއި ޝަރީޢަތް ކުރާމީހުންގެ ނާގާބިލުކަން