ކ. މާލެ
|
2 މާރޗް 2021 | އަންގާރަ 23:09
ކޮވިޑް-19އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުން
ކޮވިޑް-19އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގުން
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ޙާލަތު
ކޮވިޑްގެ ކޭސްތައް ކޮންޓްރޯލް ނުކުރެވި ޕޮޒިޓިވް ކޭސްތަކުގެ އަދަދު 20،000ން މައްޗަށް!
 
ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 20،144 އަށް އަރާފައި
 
މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 132 މީހުން
 
ރާއްޖެއިން އިތުރު 165 މީހުން ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައި

ރާއްޖެއިން އިތުރު 165 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެ ޖުމްލަ އަދަދު 20،000ން މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 132 މީހުންނާއި އަތޮޅުތެރެއިން ޕޮޒިޓިވްވި 13 މީހުން އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 19 މީހުންގެ އިތުރުން އިންޑަސްޓްރިއަލް ރަށަކުން ޕޮޒިޓިވްވި އެކަކާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 20،144އަށް އަރާފައެވެ.

ރާއްޖެއިން މިވަގުތުވެސް 186 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، މިވަގުތުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،605 އެވެ. އަދި މިހާތަނަށް ރާއްޖެއިން ބަލި ޖެހިގެން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 17،470 އެވެ. އެޗްޕީއޭއިން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޓެސްޓު ކުރުމަށް 532،816 ސާމްޕަލްއެއް ނަގާފައިވާއިރު، އޭގެ ތެރެއިން 4،970 ސާމްޕަލްއަކީ ފާއިތުވި 24 ގަޑިއިރު ތެރޭގައި ނަގާފައިވާ ސާމްޕަލްތަކެވެ.

ރާއްޖެއިން މިބަލީގައި 62 މީހަކު މަރުވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ  55 ދިވެހިންނާއި، ބަންގްލަދޭޝަށް ނިސްބަތްވާ 5 މީހަކާއި ފިލިޕީންސްގެ މީހެއްގެ އިތުރުން އިޓަލީ މީހެކެވެ. ފެބްރުއަރީ މަހު އެކަނިވެސް 10 މީހަކު މިބަލީގައި ނިޔާވެފައިވާއިރު، ބަލިން ރައްކާތެރިވުމަށް އެޗްޕީއޭ އާއި ކަމާގުޅުންހުރި އިދާރާތަކުން ދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.

މާލެ ސަރަހައްދުގެ ސްކޫލްތަކުގައި ގްރޭޑް 8ން ފެށިގެން ދަށުގެ ގްރޭޑްތަކުގެ ކިޔެވުން އޮންލައިންކޮށް ބަދަލުކޮށްފައިވާއިރު، ޖަމާއަތުގައި ނަމާދުކުރާއިރު، ގައިދުރުކަން ބަހައްޓައިގެން ސަފުހަދަން ވަނީ އަންގާފައެވެ. މަގުމަތީގައި އެއްވެ ނޫޅުމަށާއި އިރުއޮއްސި 06:00ން ހެނދުނު 06:00ށް ވެހިކަލް ދުއްވުން މަނާކޮށް ރޭގަނޑު 11:00ގެ ފަހުން މަގުމައްޗަށް ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ. ކެފޭ ރެސްޓޯރެންޓްތަކުން ހިދުމަތްދެވޭ ގޮތަށްވެސް ވަނީ ބަދަލުގެނަސްފައެވެ.

ކޮވިޑް-19ގެ ކޭސްތައް އިތުރުވެ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަަވަޅުތައް ހަރުކަށިކޮށްފައި ވީނަމަވެސް އަޅާފައިވާ ފިޔަވަޅުތަކުގެ އެންމެ އެކަށޭނަ ނަތީޖާ އަދިވެސް ނުނިކުންނަކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަނީ ބުނަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
40%
40%
0%
20%
ކޮމެންޓް