ކ. މާލެ
|
2 މާރޗް 2021 | އަންގާރަ 12:46
ސްރީލަންކާގެ ފުލުހުން ވަނީ މި ޖަރީމާ ހިންގި ދެ މީހުން ހައްޔަރުކޮށްފައި
ސްރީލަންކާގެ ފުލުހުން ވަނީ މި ޖަރީމާ ހިންގި ދެ މީހުން ހައްޔަރުކޮށްފައި
ގެޓީ އިމޭޖަސް
ޖިންނި ފައްސާލަން ހެދި ފަންޑިތަ
ޖިންނި ފައްސާލަން ހެދި ފަންޑިތަޔަކުން 9 އަހަރުގެ ކުއްޖަކު މަރުވެއްޖެ
 
ފަންޑިތަވެރިޔާ އާއި ކުއްޖާގެ މަންމަ މިހާރުވަނީ ހައްޔަރުކޮށްފައި
 
ޖިންނިއަށް އަނިޔާވުމުގެ ބަދަލުގައި އަނިޔާވީ ކުއްޖާއަށް
 
ފަންޑިތަ ހެދުމުގެ ތެރޭގައި އެއްތެލުން ކުއްޖާގެ ގައިގައި ވަނީ ތަޅާފައި

ސްރީލަންކާގެ އުމުރުން 9 އަހަރުވީ އަންހެން ކުއްޖެއްގެ ހަށިގަޑުގެ ތެރެއިން ޖިންނިއެއް ނެރެ ފައްސައިލުމުގެ ނަމުގައި އެއްތެލަކުން ކުއްޖާގެ ގައިގައި ބާރަށް ތެޅި ފަންޑިތަ ވެރިޔަކާއި ކުއްޖާގެ މަންމަ ހައްޔަރުކޮށްފިއެވެ.

ސްރީލަންކާގެ ފުލުހުން ބުނާގޮތުގައި ފަންޑިތަވެރިޔަކީ މެދުއުމުރުގެ އަންހެނެކެވެ. މި ދެ އަންހެނުންވެސް އިއްޔެ ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ. ޖިންނި ފައްސާލަން ހެދި ފަންޑިތައިގެ ކަންތައް ފަޅާއެރީ ހޭނެތިފައިވަނިކޮށް އަންހެންކުއްޖާ ހަސްފަތާލަށް ގެންދިޔުމުންނެވެ. ލިބިފައިވާ އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ކުއްޖާ މަރުވީ ހަސްފަތާލުގައެވެ.

ފަންޑިތަ ހަދަން ޖެހުނު ސަބަބެއްކަމަށް އެނގިފައިވަނީ ދަރިފުޅަށް ނުބައި ނުލަފާ ޖިންނިއެއްގެ އުނދަގޫ ކުރިމަތިވެފައިވާ ކަމަށް މަންމަޔަށް ގަބޫލު ކުރެވުމުންނެވެ. މިކަމެއް ހިނގާފައިވަނީ ވެރިރަށް ކޮޅުނބާއި ދާދިގާތުގައިވާ ޑެލްގޮޑާއޭ ކިޔުނު ރަަށުގައެވެ. މަންމަޔަށް ޔަގީން ކުރެވުނީ ޖިންނި އޮތީ ދަރިފުޅުގެ ހަށިގަޑުގެ ތެރެޔަށް ވަދެގެން ކަމަށެވެ.

ހައްޔަރު ކުރެވުނު ފަންޑިތަވެރިޔަކީ ކިޔެވެލި ކިޔަވައިގެންނާއި އެއްތެލުން ތަޅައިގެން ޖިންނީން މައިތިރިކޮށް ކިޔަމަންކުރާ ކަމަށް ދައުވާ ކުރާ މީހެކެވެ. މި ފަންޑިތައެއް ހެދުމުގެ ތެރޭގައި އަންހެންކުއްޖާ ރޯ އަޑު އިވިގެން އަވައްޓެރިން އެގެޔަށް ދިޔައިރު ކުއްޖާގެ ނިއްކުރީގައި ޒާތެއްގެ ތެލެއް އުނގުޅައިފައި އިސްމުތަކެއް ކިޔަވައިފައި އެއްތެލަކުން ބާރަށް ތަޅަނީއެވެ. މި އަނިޔާ ހުއްޓުވިއިރު ކުއްޖާ އޮތީ ހޭނެތިފައެވެ. ދެން އަވަހަށް ހަސްފަތާލަށް ގެންދިޔައީއެވެ.

ފުލުހުން ބުނާގޮތުގައި މިއީ ޑެލްގޮޑާގައި ހިނގި މިޒާތުގެ ފުރަތަމަ ހާދިސާއެއް ނޫނެވެ. ޖިންނީންގެ ފޮށުންތަކުން ސަލާމަތް ކުރުމުގެ ނަމުގައި ފަންޑިތަ ހަދައިގެން މީހުންނަށް އަނިޔާވުމާއި މަރުވުމުގެ ތަފާތު ހާދިސާތަކެއް މީގެ ކުރިންވެސް އެހިސާބުގައި ވަނީ ހިނގައިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
27%
1%
43%
25%
3%
1%
ކޮމެންޓް
4 މާރޗް 2021 | ބުރާސްފަތި 15:37
އޮފްޓެން
ޖޭސަން ޑޫރެލޯ
3 މާރޗް 2021 | ބުދަ 09:55
ހައްސާނު އަލީ ހިޔާ ނައިފަރު
ޅ ނައިފަރު ގައިވެސް މިދޭތެރެއަކުން މިފަދަކަހީނަކު ވަނީ ސިހުރުހާހޫރައިގެ ކުޅިގަނޑެއް ކުޅެފައެވެ.އެއީ ހަކީމުގެ އަބްލޯ
2 މާރޗް 2021 | އަންގާރަ 17:22
ހުސެން
އަދިވެސް ޖާހިލިއްޔަ ޒަމާނުގަ އުޅޭ އެތައް ބަޔަކު އެބައުޅޭ.