ކ. މާލެ
|
1 މާރޗް 2021 | ހޯމަ 23:23
ށ އަތޮޅު ފޯކައިދޫއަށް ނަގޫރޯޅިއެއް އަރާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް
ށ ފޯކައިދޫއަށް ނަގޫރޯޅިއެއް އެރުން
މޫސުން ރަނގަޅު، އަވިގަދަ ދުވަހެއްގައި ފޯކައިދޫއަށް ނަގޫރޯޅިއެއް
 
ނަގޫރޯޅި އެރި ވަގުތަކީ ރަށުގެ މޫސުންވެސް ވަރަށް ރީތިކޮށް އޮތް ވަގުތެއް
 
ރޯޅީގެ ބާރު ދަށްވެ، ކެނޑެމުން ގޮސް، ވިއްސަކަށް މިނެޓުވަންދެން ތަކުރާރުވި
 
ނަގޫރޯޅި އަރާފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 10:00 ހާއިރު

ށ އަތޮޅު ފޯކައިދޫއަށް ނަގޫރޯޅިއެއް އަރައިފިއެވެ.

އެރަށުން މައުލޫމާތު ދިން މީހުން ބުނީ، ނަގޫރޯޅި އަރާފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 10:00 ހާއިރު ކަމަށެވެ. އެގޮތުން ފުރަތަމަ ނަގޫރޯޅި ފެނުނީ ރަށު ބޯޅަދަނޑާއި ދިމާލުން ކަމަށާއި، އެއަށްފަހު ރަށުގެ ގަބުރުސްތާނާއި ސިއްޙީ މަރުކަޒު ހުންނަ ސަރަޙައްދާ ދިމާލުގައި ވިއްސަކަށް މިނެޓު ވަންދެން ނަގޫރޯޅި އޮތްކަމަށް މަންޒަރުދުށް އެ މީހުން ބުނެއެވެ. އަދި އޭރު ރޯޅީގެ ބާރު ދަށްވެ، ކެނޑެމުން ގޮސް، ވިއްސަކަށް މިނެޓުވަންދެން އެކަން ތަކުރާރުވުމަށްފަހު، މަޑުމަޑުން ރޯޅި ގެއްލިގެން ދިޔަކަމަށްވެސް އެ މީހުން ބުނެއެވެ.

އެ ރަށުން މައުލޫމާތު ދިން މީހުން ބުނި ގޮތުގައި ނަގޫރޯޅި އެރި ވަގުތަކީ ރަށުގެ މޫސުންވެސް ވަރަށް ރީތިކޮށް އޮތް ވަގުތެކެވެ. އެގޮތުން ނުހަނު އަވިވެސް ގަދަކަން ފާހަގަކޮށް އެ ރަށު މީހުން ބުނީ، ރޯޅީގެ ވައިގެ އަސަރު 90 ވަރަކަށް ފޫޓު ދުރަށް ހުރި ކަމަށެވެ.

މި ނަގޫރޯޅި ބެލުމަށް އެވަގުތު ރަށުގެ ބައެއް ރައްޔިތުންވެސް އެ ސަރަޙައްދުގައި އެއްވެ ތިއްބެވެ. އެހެންނަމަވެސް، މި ރޯޅީގެ ސަބަބުން އެއްވެސް މީހަކަށް ނުވަތަ ތަނަކަށްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
59%
4%
16%
8%
8%
4%
ކޮމެންޓް
5 މާރޗް 2021 | ހުކުރު 11:24
علي وحيد
ސޮރީ ތިއީ ނަގޫރޯޅިއެއްނޫން ތިވާނީ އެނބުރޭރޯޅިއަކަށް