raajjemv logo
ސިނަމާލެ ބުރިޖުން މީހަކު ފުއްމާލަން އުޅުން
ބުރިޖު މަތިން ފުންމާލަން އުޅުނު މީހަކު އާންމުން ހިފަހައްޓައިފި
 
އެމީހާ މިހާރު ވީ ފުލުހުންގެ ބެލުމުގެ ދަށުގައި
 
އޭނާ ފެނުނީ ކަސްރަތަށް ގޮސް އުޅުނު ބަޔަކަށް
ޝުރުފާ މުހައްމަދު
80,201
ކ. މާލެ |
28 ފެބްރުއަރީ 2021 | އާދީއްތަ 20:50
ސިނަމާލެ ބްރިޖް މަތިން މީހަކު ފުންމާލަން އުޅެނިކޮށް އެމީހާ އާއި ފުލުހުން ވާހަކަދައްކަނީ

ސިނަމާލެ ބްރިޖު މަތިން ފުންމާލަން އުޅުނު ފިރިހެނެއް އާންމުން ހުއްޓުވައި އެމީހާ ފުލުހުންނާ ހަވާލުކޮށްފިއެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތު ލިބިފައިވާގޮތުގައި ބުރިޖު މަތިން ފުންމާލަން އުޅެނިކޮށް އެމީހާ ފެނުނީ ބުރިޖުމަތީގައި ކަސްރަތަށް ދުވަން ގޮސް އުޅުނު ބަޔަކަށެވެ. އަދި އެމީހުން އޭނާ ހުއްޓުވައި ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ވެސް އާންމުކޮށްފައެއް ނުވެއެވެ.

މިއީ ސިނަމާލެ ބުރިޖު މަތީގައި ހިނގި މިފަދަ 3 ވަނަ ހާދިސާއެވެ. މިދިޔަ އަހަރު ޖޫން މަހު ވެސް ސިނަމާލެ ބުރިޖުން މީހަކު ފުންމާލި ހާދިސާއެއް ވަނީ ހިނގާފައެވެ. އެފަހަރު ފުންމާލީ އިންޑިއާ ފިރިހެނެކެވެ. އޭގެ ކުރިންވެސް ދިވެހި ދެ ފިރިހެނުން މަޖަލަކަށް ބުރިޖު މަތިން ފުންމާލި އިރު އެ ދެމީހުންގެ ތެރެއިން އެކެއްގެ ކޮނޑުހުޅު ބިންދައިގެން ދިޔައެވެ.

އަދި އޭގެ ކުރިން ވެސް ނަފްސާނީ ބަލި ހުންނަ މީހަކު ބުރިޖު މަތިން ފުންމާލަން އުޅެނިކޮށް ފުލުހުން އެމީހާ ސަލާމަތްކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެއިން މަޚްތޫމް
24%
އަންތަރީސް ވެއްޖެ
6%
އުފާ ވެއްޖެ
58%
ދެރަ ވެއްޖެ
5%
ރުޅި ގަދަ ވެއްޖެ
7%
މޮޔަވެއްޖެ
1%
ލިޔުން ރަނގަޅު
ކޮމެންޓް
1 މާރޗް 2021 | ހޯމަ 11:36
ޑޔލ
ސަޅި