ކ. މާލެ
|
27 ފެބްރުއަރީ 2021 | ހޮނިހިރު 17:35
ޏ ފުވައްމުލަކު ނައިބުތުއްތު މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައި
ޏ ފުވައްމުލަކު ނައިބުތުއްތު މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައި
ރާއްޖެއެމްވީ
ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް
ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި 2 މީހަކު ނިޔާވެއްޖެ
 
އެކަކު ވަގުތުން ހޮސްޕިޓަލަށް ގެންދެވިފައިވާއިރު، އޭނާ ނިޔާވީ ހަވީރު 4:50 ހާއިރު
 
އެކްސިޑެންޓު ހިނގީ ހޮނިހިރު ދުވަހު ހަވީރު 04:30 ހާއިރު
 
އަނިޔާވި 2 މީހުންވެސް ނިޔާވެއްޖެ

ޏ ފުވައްމުލަކުގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އަނިޔާވި 2 މީހުން ވެސް ނިޔާވެއްޖެއެވެ.

އެ ދެމީހުންވެސް ނިޔާވެފައިވާކަން ފުވައްމުލަކު ހޮސްޕިޓަލުން ރާއްޖެއެމްވީއަށް ވަނީ ކަށަވަރު ކޮށްދީފައެވެ.

މި އެކްސިޑެންޓު ހިނގީ ހޮނިހިރު ދުވަހު ހަވީރު 04:30 ހާއިރު ޏ ފުވައްމުލަކު ފުނާޑު އަވަށުގެ ނައިބު ތުއްތު މަގުގައެވެ. މި ހާދިސާގައި އަނިޔާ ލިބުނު މީހުންގެ ތެރެއިން އެކަކު ވަގުތުން ހޮސްޕިޓަލަށް ގެންދެވިފައިވާއިރު، އޭނާ ނިޔާވީ 16:50 ހާއިރު ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. އަދި ކާރު ތެރޭގައި ތާށިވެފައި އިންދައި ނަގައިގެން ހޮސްޕިޓަލަށް ގެންދިޔަ މީހާ ނިޔާވީ 17:04 ހާއިރުކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
10%
2%
83%
5%
0%
0%
ކޮމެންޓް
27 ފެބްރުއަރީ 2021 | ހޮނިހިރު 20:38
_
ufaavejje kamah react koffa huri meehaa kihinakun vefatho