ކ. މާލެ
|
25 ފެބްރުއަރީ 2021 | ބުރާސްފަތި 12:18
އެމީހާ ސަލާމަތްވާން އެލިގެން އޮތީ މިކަހަލަ ބޮޔެއްގައި.
އެމީހާ ސަލާމަތްވާން އެލިގެން އޮތީ މިކަހަލަ ބޮޔެއްގައި.
ކަނޑަށް ވެއްޓުނު މީހަކު ސަލާމަތްވުން
އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
 
ފެންމަތީގައި އެންމެ ފުރަތަމަ ދެމިއޮތީ އަތާއި ފައިގެ ހަރަކާތުން
 
އޮޔާދިޔަ ކުޑަ ބޮޔެއް ފެނިގެން ފަހުން އޮތީ އޭގައި އެލިގަނެގެން
 
އުމުރުން 52 އަހަރުގެ ފަޅުވެރިޔާ ފެނުނީވެސް އޭނާ ދަތުރުކުރި ބޯޓުގެ މީހުންނަށް

އާގުބޯޓަކުން ޕެސިފިކް ކަނޑަށް ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައި ވެއްޓުނު ފަޅުވެރިޔަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފިއެވެ.

އުމުރުން 52 އަހަރުގެ މި ފަޅުވެރިޔާއަކީ ނިއުޒިލެންޑުގެ ޓޮރަންގާ ބަނދަރުން ފުރައިގެން އިނގިރޭސިވިލާތުގެ ދަށުގައި އޮންނަ ޖަޒީރާއެއް ކަމަށްވާ ޕިޓްކެއާނަށް ދަތުރުކުރި ސިލްވަރ ސަޕޯޓަރޭ ކިޔުނު އާގުބޯޓުގެ ޗީފް އިންޖިނޭރެވެ. އޭނާއަކީ ލިތުއޭނިއާގެ ރައްޔިތެކެވެ.

ފަޅުވެރިޔާ ކަނޑަށް ވެއްޓުނީ ހުސްވި ހަފުތާގެ އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އިންޖީނު ކޮޓަރީގައި ހުރެފައި ހޫނުވެ ބޯއަނބުރާގޮތް ވެގެން ވައިޖައްސާލުމަށް ޑެކް މައްޗަށް ނިކުމެގެން އުޅެނިކޮށެވެ. އޭނާ ކަނޑަށް ވެއްޓުނުކަން ބޯޓުގެ އެހެން މީހަކަށް ނޭނގެއެވެ.

ކަނޑަށް ވެއްޓުނުއިރު ލައިފް ޖެކެޓެއް އަދި އެނޫން އެއްޗެއްވެސް އަތަކު ނެތެވެ. ފަތިސްވެ އަލިވެގެން ތަންތަން ފެންނަން ފެށިއިރު އޮޔާދިޔަ ކުޑަވަރެއްގެ ބޮޔެއް ފެނިގެން ކައިރިއަށްގޮސް އޭގައި އެލިގަނެގެން އޮތީއެވެ.

އާގުބޯޓުގެ މީހުންނަށް އޭގެ ޗީފް އިންޖިނޭރު ބޯޓުގައި ނެތްކަން އެނގުނީ ހަ ގަޑިއިރު ފަހުންނެވެ. ކެޕްޓަންގެ އަމުރަށް ބޯޓު އަނބުރާލާފައި ހޯދަމުން ދަނިކޮށް އިންޖިނޭރު ފެނުނީ ވަރަށް ހާލުދެރަވެ ވަރުބަލިވެފައިވަނިކޮށް ސާދަގަޑިވީ ފަހުންނެވެ.

ޕެސިފިކް ކަނޑަކީ ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ނުރައްކާތެރި ކަނޑެވެ. އެކަނޑަށް މިގޮތަށް ވެއްޓޭ މީހުން ސަލާމަތްވުމަކީ ވަރަށް ނުވާ ކަމެކެވެ. ފަޅުވެރިޔާގެ ދަރިފުޅު ނިއުޒިލެންޑުގެ ނޫހަކަށް މައުލޫމާތު ދެމުން ބުނީ ބައްޕަޔަކީ ކަސްރަތުކޮށް ވަރަށް ފިޓްވެގެން ހުންނަ މީހެއް ކަމަށާއި ކަނޑުގެ ބިރުވެރިކަމުގެ ތެރޭގައި ސާދަގަޑި ހޭދަވިއިރުވެސް ސަލާމަތްވީ އެހެންވެގެން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
24%
47%
3%
13%
8%
5%
ކޮމެންޓް