ކ. މާލެ
|
24 ފެބްރުއަރީ 2021 | ބުދަ 20:50
ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވައިފައިވާ ސަފީރު ލަންކާގެ ބޮޑު ވަޒީރާއި ބައްދަލު ކުރެެއްވުމުގެ ތެރެއިން
ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވައިފައިވާ ސަފީރު ލަންކާގެ ބޮޑު ވަޒީރާއި ބައްދަލު ކުރެެއްވުމުގެ ތެރެއިން
ހާރިޖީ ވުޒާރާ
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ރާއްޖޭގެ ސަފީރު ސްރީލަންކާގެ ބޮޑުވަޒީރު ރާޖްޕަކްސާއާ ބައްދަލު ކުރައްވައިފި
 
މި ބައްދަލުވުމުގައި ސިއްޚީ ދާއިރާއާއި އެކިއެކި ބައިނަލް އަޤްވާމީ ފޯރަމް ތަކުގައި ދިވެހިރާއްޖެއާއި ސްރީލަންކާ ގުޅިގެން މަސައްކަތް ކުރުމާބެހޭ ގޮތުން މަޝްވަރާ ކުރެއްވި

ސްރީލަންކާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު އުމަރު އަބްދުއްރައްޒާޤު، ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖްޕަކްސާއާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި ސްރީލަންކާއާ މެދުގައި އޮންނަ ޒަމާންވީ ގުޅުމާބެހޭ ގޮތުން މަޝްވަރާ ކުރައްވައި، އެ ގުޅުން މުސްތަޤުބަލުގައި އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ. މީގެއިތުރުން ސިއްޚީ ދާއިރާއާއި ބައިނަލް އަޤްވާމީ އެކިއެކި ފޯރަމްތަކުގައި ދިވެހިރާއްޖެއާއި ސްރީލަންކާ ގުޅިގެން މަސައްކަތް ކުރުމާބެހޭ ގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ދެ ޤައުމަށްވެސް ކުރަމުންދާ އަސަރުތަކާއި އަދި ބަލިމަޑުކަމުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކާއި އޭގެ ސަބަބުން ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ސްރީލަންކާގެ ބޮޑުވަޒީރުގެ ސަމާލުކަމަށް ސަފީރު ގެންނެވިއެވެ.

ސަފީރުގެ ވާހަކަފުޅުގައި އަބަދުވެސް ސްރީލަންކާއިން ދިވެހިރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
0%
0%
0%
ކޮމެންޓް