ކ. މާލެ
|
24 ފެބްރުއަރީ 2021 | ބުދަ 17:40
އިންސާނެއްގެ މޫނާއި ވައްތަރު ސިފަތަކެއް ލިބިގެންވާ ޅަ މިޔަރެއް
އިންސާނެއްގެ މޫނާއި ވައްތަރު ސިފަތަކެއް ލިބިގެންވާ ޅަ މިޔަރެއް
ސޯޝަލް މީޑިއާ
އިންސާނަކާ ވައްތަރު ސިފަހުރި މިޔަރެއް
އިންސާނެއްގެ މޫނާއި ވައްތަރު ސިފަތަކެއް ލިބިގެންވާ ޅަ މިޔަރެއް ފެނިއްޖެ
 
ތަޖުރިބާކާރުން ބުނަނީ މިއީ އުފެދުމުގައި އައިބު މިޔަރެއް ކަމަށް
 
މިޔަރު ގަންނަން އެދި ބައެއް މީހުން ހުށައަޅަމުންދޭ
 
މިޔަރު ފެނިފައި ގިނަބަޔަކު ވަނީ ހައިރާންވެފައި

އިންޑޮނޭޝިޔާގެ މަސްވެރިޔަކު ދާ އަޅައިގެން ހިފި މިޔަރެއްގެ ބަނޑުތެރެއިން އިންސާނެއްގެ މޫނު ސިފަވާ ކަހަލަ ޅަ މިޔަރެއް މި ހަފުތާގައި ފެނިއްޖެއެވެ.

އިންޑޮނޭޝިއާގެ ހުޅަނގު ދެކުނު ބިތުން އިންޑިޔާ ކަނޑުގައި އޮންނަ ރޯޓާ ޖަޒީރާއަށް ނިސްބަތްވާ މަސްވެރިޔާ ބުނީ ދާ އަޅައިގެން ހިފުނީ މާބަނޑު މިޔަރެއް ކަމަށާއި އޭގެ ބަނޑު ފަޅައިލީ ގެއަށް ގެންގޮސް އެއްދުވަސް ފަހުން ކަމަށެވެ. ފަޅައިލިއިރު ބަނޑު ތެރެއިން ފެނުނީ ޅަ ތިން މިޔަރު ކަމަށާއި އޭގެތެރެއިން ދޭއްޗަކީ އާދައިގެ މިޔަރު ކަމުގައެވެ. އެކަމަކު ތިންވަނަ މިޔަރަކީ އިންސާނެއްގެ މޫނާ ގާތްކުރާ ކަހަލަ ސިފަތަކެއް ލިބިގެންވާ މިޔަރެއް ކަމުގައެވެ.

އާދަޔާ ޚިލާފު ސިފަތަކެއް ލިބިގެންވާ ޅަ މިޔަރު މިހާރު އޮތީ މަސްވެރިޔާގެ ގޭގައި ފިނިކޮށް ރައްކާތެރިކޮށްފައެވެ. އެސޮރު ބެލުމަށްޓަކައި މުޅި އަވަށުގެ އެންމެން އެގެޔަށް ޒިޔާރަތްކުރަމުން އެބަގެންދެއެވެ.

އެރަށުގެ ބައެއް މީހުން ވަނީ ބޮޑު އަގުގައި މިޔަރު ގަންނަންވެސް އެދިފައެވެ. އެކަމަކު 48 އަހަރުގެ މަސްވެރިޔާ ބުނީ މިއީ އޭނާއަށް ރޯއްޖާއި ނަސީބު ގެނެސްދޭނެ އެއްޗެއް ކަމަށް ގަބޫލުކުރާ ކަމަށާއި އެހެންވެ ކިތަންމެ ބޮޑު އަގެއް ހުށައެޅިޔަސް ނުވިއްކާނެ ކަމުގައެވެ.

ސައެންސްވެރިން ބުނަނީ މިއީ އައު ވައްތަރެއްގެ މިޔަރަކަށްވުން ވަރަށް ދުރުކަމަށާއި މިއީ އުފެދުމުގައި އައިބުގޮތްތަކެއް ހުރި މިޔަރެއް ކަމުގައެވެ. އެއީ ދިރޭ ކޮންމެ ނަސްލެއްގެ ތެރެއިންވެސް ފެންނަ ސިފައެއް ކަމަށް މަސްމަހާމެއްސާ ބެހޭ ތަޖުރިބާކާރުން ބުނެއެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
57%
5%
5%
16%
14%
3%
ކޮމެންޓް