ހޯމަ 21 ސެޕްޓެންބަރ 2020
01 އަތަ
1442 ސަފަރު 03
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
އިރުއޮއްސޭ 18:05
އިޝާ 19:16
އިންޑިއާ

އިންޑިއާގެ ހިންދޫންތަކެއް މުސްލިމުން ދެ ޒުވާނުން މަރާލައިފި

  • ދެ ޒުވާނުން މަރާލުމުގެ މައްސަލާގައި ފުލުހުން ވަނީ ދެ މީހަކު ތަހްގީގަށް ހައްޔަރުކޮށްފަައި

ކ. މާލެ | 2 މެއި 2017 | އަންގާރަ 15:22 | 1,805

އިންޑިއާގެ ބައެއް ސްޓޭޓުތަކުގައި ވަނީ ގެރި ކަތިލުން މަނާކޮށްފައި - ގެޓީ އިމޭޖާސް

ގެރިތަކެއް ވަގަށް ނެގިކަމަށް ތުހުމަތުކޮށް އިންޑިއާގެ ހިންދޫންތަކެއް ފުރާއުމުރުގެ މުސްލިމު ދެކުދިން މަރާލައިފިއެވެ.

 

އިންޑިއާގެ އުތުރުގެ އައްސާމް ސްޓޭޓްގެ އަވަށެއް ކަމަށްވާ ނަގާއޯންގައި ހިންދޫންގެ ބަޔަކު ދަނޑިން ތަޅައި މަރާލާފައިވަނީ އުމުރުން 20 އަހަރު ނުވާ އަބޫ ހަނީފާއާއި، ރިޔާޒުއްދީން އަލީ ނަމަކަށްކިޔާ ދެ ޒުވާނުން ކަމަށްވާއިރު ހިންދޫ ދީނުގައި ގެރި އަކީ "މާތްވެގެންވާ" ޖަނަވާރެކެވެ. 

 

އިންޑިއާގެ ބައެއް ސްޓޭޓުތަކުގައި ގެރި ކަތިލުމަކި މަނާ ކަމެކެވެ.

 

ހިއުމަން ރައިޓްސް ވޮޗް ރިޕޯޓެއްގައި މިދިޔަ ހަފްތާގައި ބުނެފައި ވަނީ މެއި 2015 ގެ ފަހުން "ގެރި ކަތިލުމުގެ މައްސަލާގައި" 10 މީހަކު މަރާލައިފައިވާ ކަމަށެވެ.

 

ދެ ޒުވާނުން މަރާލުމުގެ މައްސަލާގައި ފުލުހުން ވަނީ ދެ މީހަކު ތަހްގީގަށް ހައްޔަރުކޮށްފައެވެ.

 

މުސްލިމް ދެކުދިންނަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯތަކެއްވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު އިންޑިއާގެ ބައެއް ޓީވީ ޗެނަލްތަކުންވެސް އެ މަންޒަރުތައް ދައްކާފައިވެއެވެ. އަދި ވީޑިއޯތަކުން ފެންނަގޮތުގައި ހިންދޫން އެދެމީހުން ވަށާލައި އެމީހުންގެ ގައިގައި ތަޅާއިރު ދެއަތްވެސް ހުރީ ބަނދެފައެވެ.

 

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.