ކ. މާލެ
|
2 މެއި 2017 | އަންގާރަ 14:41
އޭރޯފްލޮޓް ބޮއިން 777 މަރުކާގެ މަތިންދާބޯޓެއް
އޭރޯފްލޮޓް ބޮއިން 777 މަރުކާގެ މަތިންދާބޯޓެއް
ރޮއިޓަރސް
ރަޝިއާ
ރަޝިއާގެ ގައުމީ އެއާލައިންގެ ފްލައިޓެއް ބާރުގަދަ ކޮޅިގަނޑެއްގައި ޖެހި މަދުވެގެން 27 މީހުން ޒަޚަމްވެއްޖެ
 
މަތިންދާ ބޯޓް ކޮޅިގަނޑުގައި ޖެހުނީ ބެންކޮކްގެ ސުވަރްނަބުމީ އެއަރޕޯޓަށް ޖެއްސުމަށް 40 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް

ރަޝިޔާގެ ގައުމީ އެއަރލައިން އަދި ރަޝިއަން ފެޑެރޭޝަންގެ އެންމެ ބޮޑު އެއަރލައިން ކަމަށްވާ "އޭރޯފްލޮޓް" ގެ މަތިންދާ ބޯޓެއް، ބާރުގަދަ ކޮޅިގަނޑެއްގައިޖެހި މަދުވެގެން 27 ފަސިންޖަރުންނަށް  އަނިޔާތަކެއް ލިބިއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރަޝިއާގެ މޮސްކޯއިން ތައިލެންޑުގެ ބެންކޮކަށް ދަތުރުކުރަމުން ދިޔަ ފްލައިޓް ކޮޅިގަނޑެއްގައި ޖެހި، 27 ޕަސެންޖަރުންނަށް ލިބުނު އަނިޔާތަކުގެ ތެރޭގައި ތަންތަން ބިންދައިގެން ދިޔުން ހިމެނޭ އިރު ބައެެއް ފަސިންޖަރުން ގޮނޑިން ވިއްސައިގެންގޮސް ސީލިންގުގައި ވެސް ޖެހުނު ކަމަށް ރިޕޯޓުތައް ބުނެއެވެ.

މަތިންދާ ބޯޓް ކޮޅިގަނޑުގައި ޖެހުނީ ބެންކޮކްގެ ސުވަރްނަބުމީ އެއަރޕޯޓަށް ޖެއްސުމަށް 40 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް ކަމަށްވާއިރު ހާދިސާ ހިނގާފައި ވަނީ ހޯމަ ދުވަހު މެންދަމުގެ ވަގުތެއްގައެެވެ.

ރަޝިއާގެ އެމްބަސީގެ އޮފިޝަލަކާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން ހާދިސާގައި ޒަޚަމްވި މީހުންގެތެރޭގައި ހިމެނެނީ ރަޝިއާގެ 24 ރައްޔިތަކާއި ތައިލެންޑުގެ ތިން ރައްޔިތެކެވެ. އެމްބަސީ އިން އިތުރުަށް ހާމަކޮށްފައި ވަނީ ޒަޚަމްވި ބައެއް މީހުން ތިބީ ސީޓް ބެލްޓް ނާޅާ ކަމަށާއި އަދި ޒަޚަމްވި އެންމެން ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ. އަދި ބައެއް މީހުން އޮޕަރޭޝަން ވެސް ކުރަން ޖެހުނު ކަމަށެވެ.

ތައިލެންޑުގެ އެއާޕޯޓު އޮތޯރިޓީން ނެެރުނު ބަޔާނެއްގައި ބުނީ މިހާދިސާގައި 30 މީހުން ޒަޚަމްވި ކަމަށާއި އޭގެ ތެރެއިން 27 މީހަކު ހޮސްޕިޓަލަށް ގެންދަން ޖެހުނު ކަމަށާއި އަދި އަނެއް ތިން މީހުން އެމީހުން އަމިއްލައަށް ފަރުވާ ހޯދަން ދޫކޮށްލެވުނު ކަމަށެވެ.

"އޭރޯފްލޮޓް" އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ  ފަސިންޖަރުންނަށް އިންޒާރު ދޭނޭ ވަގުތު ވެސް ކެބިން ކްރޫންނަށް ލިބިފައި ނުވާ ކަމަށެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް