ކ. މާލެ
|
23 ފެބްރުއަރީ 2021 | އަންގާރަ 13:32
ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް
ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް
ރައްޔިތުންގެ މަޖިލިސް
ހިޔާ ފްލެޓްތަކުގެ މައްސަލައިގެ ބަހުސް
ތެދުވެރި ސަރުކާރަކުން ކަން އޮތްގޮތް ރައްޔިތުންނަށް ހާމަކުރާނެ - އެމްޕީ ސަލީމް
 
36 ފްލެޓް ލިބޭނީ ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ކަން ސަރުކާރުން ވަރަށް ރަނގަޅަށް ކިޔާދީފައިވާނެ
 
ފްލެޓްތައް ހަވާލުކުރި ކުންފުނިތަކުން އެއްވެސް ކުންފުންޏަކަށް ފެލްޓްތަކުގެ ކުރެހުން ކުރަހާލާނެ ވަރުވެސް ނުވި
 
އަޑުއަހަން ނޭދޭ ޖަވާބެއް ވިޔަސް ސަރުކާރުން ވަނީ ހާމަކުރައްވާފައި

ވުޖޫދުގައި ނެތް ފްލެޓްތަކެއް ލިބޭނެ ކަމަށް ކިތަންމެ ވަރަކަށް ދައްކައި، ކިތަންމެ ބަޔަކަށް ލިޔުން ދިނަސް ތެދުވެރި ސަރުކާރަކުން ކަން އޮތްގޮތް ރައްޔިތުންނަށް ހާމަކުރާނެ ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 9 ވަނަ ޖަލްސާގައި އަންގާރަ ދުވަހު ވާހަކަ ދައްކަވަމުން، މެމްބަރު ސަލީމް ވަނީ މިކަމުގައި އަޑުއަހަން ނޭދޭ ޖަވާބެއް ވިޔަސް ސަރުކާރުން ވަނީ ހާމަކުރައްވާފައި ކަމަށް ވިދާޅުވެފައެވެ.

ހިޔާ މަޝްރޫއުގެ ވާހަކަ ވަރަށް ގިނައިން އެބަ ދެކެވޭ ކަމަށާއި އެ ފްލެޓްތަކުގެ އަދަދުތަކުގެ ވާހަކަވެސް ވަރަށް ގިނައިން ތަކުރާރުކުރެވޭ ކަމަށް މެމްބަރު ސަލީމް ފާހަގަކުރެއްވިއެވެ. ނަމަވެސް ފްލެޓްތަކުގެ ނަންބަރުތައް އަނެއްކާވެސް ތަކުރާރު ކުރަމުން މެމްބަރު ސަލީމް ވަނީ ހިޔާ މަޝްރޫއުގެ ނަމުގައި މަޝްރޫއެއް އެކުލަވާލުމުން 22،000 މީހުން ފްލެޓަށް އެދި ހުށަހެޅިކަމަށް ވިދާޅުވެފައެވެ. އަދި އޭގެތެރެއިން 9،000 މީހުންނަށް ފްލެޓް ލިބޭނެކަމުގެ ލިޔުން ދޫކުރިކަމަށާއި އެ މަޝްރޫއުގެ ދަށުން 7،000 ފްލެޓް އިމާރާތްކުރެވިފައިވާނެ ކަމަށް ބުނެފައިވާއިރު، މިސަރުކާރުން އަދަދު ޖަހައި ހިސާބުޖެހި އިރު ހުރީ 6،720 ފްލެޓް ކަމަށް އެމްޕީ ސަލީމް ފާހަގަކުރެއްވިއެވެ.

މިގޮތަށް މި އަދަދުތައް ހުއްޓައި މިކަން ހައްލުވާނެ ގޮތެއް ނުވިސްނޭ ކަމަށާއި އަންގާރަ ދުވަހު މަޖިލީހަށް ހުށަހެޅިގެންދިޔަ މައްސަލައިގައި ބަޔާކޮށްފައިވާ ގޮތަށް ކުރީ ސަރުކާރުން އަވަސްގޮތަކަށް ފްލެޓްތައް އަޅައި ރަނގަޅު ނިޔަތެއްގައި އެކަން ކުރަން ބޭނުންވާ ނަމަ މި ފްލެޓްތައް ހަވާލުކުރި ކުންފުނިތަކުން އެއްވެސް ކުންފުންޏަކަށް ފެލްޓްތަކުގެ ކުރެހުން ކުރަހާލާނެ ވަރުވެސް ނުވެ، ފްލެޓްތައް ނުނިމި، ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރަށް ލިބުނީ 36 ފްލެޓްކަމަށް މެމްބަރު ސަލީމް ވިދާޅުވިއެވެ. އަދި މި 36 ފްލެޓް ލިބޭނީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ކަން ސަރުކާރުން ވަރަށް ރަނގަޅަށް ކިޔައިދީފައިވާނެ ކަމަށް ވިދާޅުވިއެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން މެމްބަރު ސަލީމް ވަނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަކީ އެމްޑީޕީގެ އުފެއްދުމެއް ކަމަށާއި، އަދި މި ސަރުކާރުގެ ވަރަށް މުހިންމު ވައުދެއް ކަމަށް ވިދާޅުވެފައެވެ. ބޯހިޔާވަހިކަމުގެ މުހިންމުކަމާއި ބޯހިޔާވަހިކަމަކީ ދިވެހި ރައްޔިތުންނަށް ހައްގު އެއްޗެއްކަމުގެ ވިސްނުން ތައާރަފްކުރީ ކޮން ބައެއްކަން އެއީ އެއްވެސް ހާލެއްގައި އޮޅުވައިލެވޭނެ ހަގީގަތެއް ނޫން ކަމަށް ވެސް މެމްބަރު ސަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން މިއަހަރުގެ ތެރޭގައި 5،000 ފްލެޓްގެ މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާކަމަށް ވެސް މެމްބަރު ސަލީމް ވަނީ ފާހަގަކުރައްވާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
20%
40%
10%
0%
10%
20%
ކޮމެންޓް
24 ފެބްރުއަރީ 2021 | ބުދަ 21:37
raagundaa
މިއަދުގެ ކޮންފަރެންސްގައި ފްލެޓެއްގެ އަގަގީ 1.16 މިލިއަން ރުފިޔާ ކަމަށް ވިދާޅުވި، އެއީ ‏25 އަހަރަށް މަހަކަށް -/ 3،800 ‏އަދި 20 އަހަރަށް މަހަކަށް -/4،800 އަދި 15 އަހަރަށް މަހަކަށް -/6،400 ‏ހިޔާ ރެންޓަށް ދޭން ކުރިން ނިންމި އަގުގެ ރޭންޖަށް އެބަ ފެތޭ ނޫންތޯ! ރައީސް ކުރިން ވިދާޅުވީ އެތަނުގެ މަހު ކުލި 11،000 އަށް އަރާނޭ އެއީ ތެދު ނޫންކަން މިވަނީ ސާބިތުވެފައި keribala mi jahaalan. nukerunas varihama. kotharukoshi viber group aa aanmunge ekuveri gulhumun fb adhi twiter ga varah saafukoh eba kiyadhey mi vaahakathah. dhen lalalaa.