raajjemv logo
ހިޔާ ފްލެޓްތަކުގެ މައްސަލައިގެ ބަހުސް
އެއް ކޮޓަރީގެ އެޕާޓްމަންޓް ތަރައްޤީކުރަން ހަވާލުކުރި އެސްއޯއީތަކުގައި އެކަން ކުރެވޭވަރުގެ ޤާބިލުކަމެއް ނެތް - ނިޔާޒް
 
ސޯޝަލް ހައުސިންގްގެ ނަމުގައި ކުދިކުދި ތަންކޮޅުތަކަށް ވެއްދުން ބަލައެއް ނުގަނެވޭނެކަމަށް ވިދާޅުވި
 
އެއް ކޮޓަރީގެ އެޕާޓްމަންޓްތަކަކީ ހިޔާ ހައުސިންގް ގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ތަރައްޤީކުރާ ހައުސިންގް ޓަވަރުތަކުގައި ތަރައްޤީކުރަން ނިންމި އެޕާޓްމެންޓްތަކެއް
 
މި ސަރުކާރުން ފްލެޓްތަކުގެ މަޢުލޫމާތު ދެފުށްފެންނަގޮތަށް ތަފްސީލުކޮށްދެއްވާފައިވާކަމަށް ވިދާޅުވި
އިސްމާއިލް އާޒިމް
4,746
ކ. މާލެ |
23 ފެބްރުއަރީ 2021 | އަންގާރަ 12:57
ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު
ރާއްޖެއެމްވީ

އެއް ކޮޓަރީގެ އެޕާޓްމަންޓް ތަރައްޤީކުރަން ހަވާލުކުރި ސަރުކާރު ހިއްސާވާ ކުންފުނިތަައް ނުވަތަ އެސްއޯއީތަކުގައި އެކަން ކުރެވޭވަރުގެ ޤާބިލުކަމެއް ނެތްކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

މެމްބަރު ނިޔާޒް މިފަދައިން ވިދާޅުވީ، އިޖްތިމާޢީ ގެދޮރުވެރިކަމަށް ޚާއްޞަކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް އެޅި 1 ކޮޓަރީގެ ފްލެޓުތަކާމެދު މި ސަރުކާރުންކަންކުރި ގޮތުގެ ތަފްޞީލުހާމަކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހުށަހަޅުއްވާފައިވާ މައްސަލައިގެ ބަހުސް މަރުޙަލާގައި ވާހަކަދައްކަވަމުންނެވެ. މި މައްސަލާގައި ވާހަކަދައްކަވަމުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވަނީ އެއް ކޮޓަރީގެ އެޕާޓްމަންޓްތަކަކީ މިދިޔަ ސަރުކާރުން ތަރައްޤީކުރި 7،000 ފްލެޓްގައި ހިމެނޭ މަޝްރޫޢުއެއް ނޫންކަން ހައުސިންގް މިނިސްޓްރީއާއި، ހައުސިންގް މިނިސްޓަރ އަސްލަމް ވެސް އެކި ފަހަރުމަތިން ވަރަށް ސާފުކޮށް ކިޔައިދެއްވާފައިވާކަމަށް ވިދާޅުވެފައެވެ. މި އެއް ކޮޓަރީގެ އެޕާޓްމަންޓްތަކަކީ ހިޔާ ހައުސިންގް ގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތައް ނުވަތަ ސްޓޭޓް އޯވްންޑް އެންޓިޓީސްއިން ތަރައްޤީކުރާ ހައުސިންގް ޓަވަރުތަކުގައި ތަރައްޤީކުރަން ނިންމާފައިވާ އެޕާޓްމަންޓްތަކެއް ކަމަށް މެމްބަރު ނިޔާޒް ވިދާޅުވިއެވެ.

މިފަދަ ކުންފުނިތަކުގެ މަސައްކަތުގެ މެންޑޭޓްއަކީ މުޅިން ތަފާތު މެންޑޭޓްތަކެއްކަން ފާހަގަކުރައްވާ މެމްބަރު ނިޔާޒް ވަނީ، މިކުންފުނިތަކުން ބޭރުން ދަރަނި ނަގާ އިކުއިޓީ ހޯދައިގެން ލޯން ނަގައިގެން މަސައްކަތްކުރުމަކީ ކުރެވޭނެކަމެއް ނޫންކަމަށެވެ. މިފަދަ އެއްވެސް އިންތިޒާމެއް ނެތި މި އެޕާޓްމަންޓްތައް ތަރައްޤީކުރެވޭނެކަމަށް ރައްޔިތުންނަށް ދޮގު ހުވަފެންތަކެއް ދައްކާފައިވާއިރު، ސޯޝަލް ހައުސިންގްގެ ނަމުގައި ރައްޔިތުން ކުދިކުދި ތަންކޮޅުތަކަށް ވެއްދުމަށް ކުރާ މަސައްކަތް ބަލައިނުގަނެވޭނެކަމަށް ނިޔާޒް ވިދާޅުވިއެވެ. މެމްބަރު ނިޔާޒްވަނީ ސޯޝަލް ހައުސިންގްއަކީ ރާއްޖެއަށް އައު ކޮންސެޕްޓަކަށް ނުވާއިރު، މި ކޮންސެޕްޓްގެ ރައްޔިތުން ބަލައިގެންފައިވާ މޮޑެލްތަކެއް ރައީސް ނަޝީދާއި ރައީސް މައުމޫންގެ ވެރިކަމުގައި ވެސް ބިނާކޮށްފައިވާކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.

މި މައްސަލަ ހުށަހެޅުއްވި މެންބަރު ޝިޔާމް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށް ވީހާވެސް ގިނަ ބަޔަކަށް އަވަސް މުއްދަތެއްގައި ގެދޮރުވެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި ބޮޑު މަޝްރޫޢު ކަމުގައިވާ ހިޔާ މަޝްރޫޢުގެ ދަށުން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ބިނާކުރި ހައުސިންގ ޔުނިޓްތަކުގެ ތެރެއިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މެދުވެރިކޮށް ދިނުމަށް ހާއްސަކުރި 1 ކޮޓަރީގެ ފްލެޓުތައް ނެތްކަމަށް ބުނެ ފްލެޓްތަކުގެ ހައްގުވެރިންގެ ލިސްޓުތައް މި ސަރުކާރުން ބާތިލްކޮށްފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
25%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
50%
ރުޅި ގަދަ ވެއްޖެ
13%
މޮޔަވެއްޖެ
13%
ލިޔުން ރަނގަޅު
ކޮމެންޓް
23 ފެބްރުއަރީ 2021 | އަންގާރަ 18:09
Soppe
1 ކޮޓަރީގެ ފްލެޓްތައް ހަގީގަތުގައިވެސް ނެތިގެން ނުދޭގޮތަށް ކުރިއްސުރެ ހަމަޖެހިފައިވާނަމަ އެ ކެޓަގަރީތަކުގެ ފޯމުތައް އަލުން ބެލުމާއި ހާލަތު ބަލަން ދިއުމަށް ފްލެޓް ކޮމިޓީއަށް ދައުލަތުގެ ފައިސާތަކެއް ހަރަދުކޮށް އެކަން ކުރުމުގެ ބޭނުމެއް ނުފެނެއެވެ.