ކ. މާލެ
|
23 ފެބްރުއަރީ 2021 | އަންގާރަ 09:11
ފެލިވަރު މަސް
ފެލިވަރު މަސް
ރާއްޖެއެމްވީ
މިފްކޯ ރޯދަ ޕްރޮމޯޝަން
70،000 ރުފިޔާގެ ފައިސާގެ އިނާމަކާއެކު މިފްކޯ އިން ރޯދަ ޕްރޮމޯޝަން ފަށައިފި
 
ޕްރޮމޯޝަން ކުރިއަށްދާނީ މެއި މަހުގެ 22 ގެ ނިޔަލަށް
 
ޕްރޮމޯޝަންގައި ބައިވެރިވެވޭނީ 200 ރުފިޔާއަށް ވުރެން މަތިން ވިޔަފާރި ކުރާ ފަރާތްތަކަށް
 
ކޮންމެ ހަފްތާއަކު ދެ ނަސީބުވެރިން ހޮވާނެ

މިފްކޯ އިން "ފަސްމީރު މާ މީރު" ގެ ނަމުގައި ރޯދަ ޕްރޮމޯޝަން ފަށައިފިއެވެ.

ރޯދަ ޕްރޮމޯޝަން މި މަހުގެ 21 ވަނަ ދުވަހު ފަށާފައިވާއިރު ޕްރޮމޯޝަން ކުރިއަށްދާނީ މެއި މަހުގެ 22 ގެ ނިޔަލަށެވެ. ޕްރޮމޯޝަންގެ ތެރެއިން ކޮންމެ ހަފްތާއަކު ހޮވޭ ނަސީބުވެރި ފަރާތްތަކަށް އިނާމް ދިނުމަށް ހަމަޖެހިފައިވާއިރު ނަސީބުވެރި އެއް ފަރާތަށް ބޮޑު އިނާމެއް ލިބިގެންދާނެއެވެ. އެގޮތުން މުޅި ޕްރޮމޯޝަންގެ ތެރެއިން ހޮވޭ ނަސީބުވެރި އެއް ފަރާތަށް 70،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް މިފްކޯއިން ވަނީ ނިންމާފައެވެ.

ކޮންމެ ހަފްތާއަކު ދެ ނަސީބުވެރިން ހޮވާއިރު އެ ދެމީހުންނަށް ވެސް 5000 ރުފިޔާގެ ބީއެމްއެލް ގިފްޓް ކާޑެއް ލިބިގެންދާނެއެވެ. މިފްކޯއިން ބުނީ މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ 200 ރުފިޔާއަށް ވުރެ މަތިން ވިޔަފާރި ކުރާ ފަރާތްތަކަށް ކަމަށާއި، 200 ރުފިޔާއަށް ވުރެން މަތިން ވިޔަފާރި ކުރާ ފަރާތްތަކަށް ކޫޕަނެއް ލިބިގެންދާނެ ކަމަށެވެ. އަދި ކޫޕަންގައިވާ ކިޔުއާރް ކޯޑް ސްކޭންކުރުމުން ވެބްސައިޓަށް ވަދެވޭނެ ކަމަށާއި ޕްރޮމޯޝަންގައި ބައިވެރިވުމަށް ކޫޕަން ކޯޑް ޖަހަން ޖެހޭނެ ކަމަށެވެ. މިފްކޯގެ ކޮންމެ ފިހާރައަކުން ތަކެތި ގަތް ކަމުގައިވީނަމަވެސް އެ ފަރާތްތަކަށް ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.

މެއި މަހުގެ 31 ވަަނަ ދުވަހު ނަސީބުވެރި ފަރާތްތަކަށް ފޯނުން ގުޅައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް އެކަން އަންގަމުންދާނެ ކަމަށް މިފްކޯއިން ބުނެއެވެ. މިފްކޯއިން ރޯދަ ޕްރޮމޯޝަން ފަށާފައިވާއިރު އެކުންފުނިން ދާދި ފަހުން ވަނީ މަސްދަޅު ކޭސް ވިއްކަމުންދާ އަގު ހެޔޮކޮށްފައެވެ. އެގޮތުން މިހާރު ތެޔޮ މަސްދަޅު ކޭހެއް 575 ރުފިޔާއަށް ލިބިގެންދާއިރު ފެން މަސްދަޅު ކޭހެއް ވިއްކަމުންދަނީ 530 ރުފިޔާއަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
67%
0%
0%
0%
0%
33%
ކޮމެންޓް
ގުޅުންހުރި
ބޮޑެތި ތުހުމަތުތަކެއް އަމާޒުވި މިފްކޯގެ ސީއީއޯ ސަމާހުގެ ސަސްޕެންޝަން އުވާލައިފި
މިފްކޯގެ މައްސަލައިގެ ތަހުގީގުކުރިއަށް ދާތީ ޕީސީބީން އެދުނީ އެސްއޯއީ ކޮމިޓީ އާއި ވަކިން ބައްދަލުކުރުމަށް
މިފްކޯގެ ސީއީއޯ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފި
މިފްކޯ އިން ސަރުކާރު ކެނޑިޑޭޓެއް ޕްރޮމޯޓްކުރުން - މިފްކޯ އަށް ގޯސްވީ ޓްވީޓް ކުރި މީހާ
މަސްވެރިންނަށް އުފާވެރި ޚަބަރު ދެއްވާނެ ކަމަށް ވިދާޅުވެ، ވަޑައިގެން ދެއްވި ޚަބަރަކީ މަހުގެ އަގު ކުޑަކުރާކަމުގެ ޚަބަރު!
މިފްކޯއިން ސަރުކާރު ކެންޑިޑޭޓުން ޕްރޮމޯޓްކުރުމަށް ޝިޔާމްގެ ދިފާއު- "މިފްކޯގެ ޕްރޮޑަކްޓް ޕްރޮމޯޓްކުރުމަށް މެންބަރު ވަޑައިގަތަސް އެ މެހެމާންދާރީ ލިބިވަޑައިގަންނަވާނެ"
ނިމިދިޔަ ސަރުކާރުގެ ނިންމުމަށް ގޮންޖަހައި، މަސް ގަންނަ އަގު 20ރ. އަށް ކުޑަކުރަނީ
އަމީރުގެ ރައްދު ޝިޔާމަށް: ސަރުކާރު ނިމުނުއިރު މަސްވެރިންނަށް ނުދެވި ހުރީ 185 މިލިއަން ރުފިޔާ، މިއަށްވުރެ މާ ދަތީގައިވެސް ފައިސާ ދޫކުރި