ކ. މާލެ
|
23 ފެބްރުއަރީ 2021 | އަންގާރަ 08:07
ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މޫސާ މުރާދު ވާހަކަދައްކަވަނީ
ކުއްލިޔަކަށް ހާލު ދެރަވާ މީހުން ގިނަ
ބޮޑެތި އަލާމާތްތައް ފެންނަން ނެތް ނަމަވެސް ކުއްލިޔަކަށް ހާލު ދެރަވާ މީހުން ގިނަ: ޑރ. މޫސާ މުރާދު
 
އެންމެން ގުޅިގެން މި ނަންބަރުތައް ދަށްކުރުމަށް ޑޮކްޓަރު ވަނީ އިލްތިމާސްކުރައްވާފައި
 
ބައްޔަށް ޕޮޒިޓިވްވެ އެޓްމިޓްކުރަން ޖެހޭ މީހުންގެ އަދަދާ އަޅާބަލާއިރު ސިއްހީ އެހީތެރިން މަދު
 
އެޑްމިޓް ކުރަންޖެހޭ މީހުންގެ އުމުރުފުރާ ޅަކަން ފާހަގަކުރެވޭ

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ބޮޑެތި އަލާމާތްތައް ފެންނަ ނެތް ނަމަވެސް، ކުއްލިޔަކަށް ހާލު ދެރަވާ މީހުންގެ އަދަދު ގިނަވަމުންދާ ކަމަށް އައިޖީއެމްއެޗްގެ އެތެރެ ހަށީގެ ޑޮކްޓަރ، ޑރ. މޫސާ މުރާދު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މޫސާ މުރާދު ވިދާޅުވީ ކުރިއާ އަޅާބަލާއިރު މިހާރު ބައްޔަށް ޕޮޒިޓިވްވެ ހޮސްޕިޓަލްތަކުގައި ނުވަތަ ސެންޓަރުތަކުގައި އެޑްމިޓް ކުރަންޖެހޭ މީހުންގެ އުމުރުފުރާ ޅަކަން ފާހަގަކުރެވޭ ކަމަށެވެ.

ވައިރަސްއަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާކަމަށްވާނަމަ އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު ވެސް އިތުރުވެގެންދާނެ ކަމަށް ޑރ. މޫސާ މުރާދު ވިދާޅުވިއެވެ. އަދި ބައްޔަށް ޕޮޒިޓިވްވެ އެޓްމިޓްކުރަން ޖެހޭ މީހުންގެ އަދަދާ އަޅާބަލާއިރު ސިއްހީ އެހީތެރިން މަދު ކަމަށާއި، އެންމެން ގުޅިގެން މި ނަންބަރުތައް ދަށްކުރުމަށް ޑޮކްޓަރު ވަނީ އިލްތިމާސްކޮށްފައެވެ.

އަޅުގަނޑުމެން އެޑްމިޑް ކުރަންޖެހޭ އަދަދާ އަޅައިބަލާއިރު އެވަރަށް ސިއްހީ އެހީތެރިނެއް ނުއެއް ތިބޭ. ތިބި ބަޔަކު ކިތަންމެ ގިނަ ބަލިމީހުން އެޓްމިޑްކުރަން ޖެހުނަސް އެމީހުންނަށް ފަރުވާދޭން މިތިބީ މިހާރު ވެސް ތިބި ބަޔަކު. ގިނަ ދުވަސްތަކަށް ގިނަ މީހުންނަށް ފަރުވާދޭން ޖެހޭ ކަމަށްވާނަމަ ސިއްހީ އެހީތެރިން ވެސް ވަރުބަލިވެގެންދާނެ. އެމީހުން އެ ދޭންޖެހޭ ހިދުމަތް ވެސް އެންމެ ފުރިހަމައަށް ދެވިގެނެއް ނުދާނެ
ޑރ. މޫސާ މުރާދު

އެންމެ ކުރީއްސުރެ ކޮވިޑް ފެނިގެން އައިރު އެޗްޕީއޭގެ ފަރާތުން ދެމުން ދިޔަ އިރުޝާދުތަކުގައި ހުރިހާ އެންމެން ވެސް ދެމިތިބެވޭތޯ މަސައްކަތްކުރަން ޖެހޭކަން ފާހަގަކުރައްވައި ޑރ. މޫސާ މުރާދު ވިދާޅުވީ އެންމެންގެ އެއްބާރުލުން މިކަމަށް ބޭނުންވާ ކަމަށެވެ.

ވައިރަސްއިން ރައްކާތެރިވުމަށްޓަކައި ވެކްސިން ޖެހިކަމުގައިވީނަމަވެސް އެއީ އެމީހަކަށް ބަލި ނުޖެހޭނެކަމުގެ ޔަޤީންކަން ލިބުން ނޫން ކަމަށާއި، ވެކްސިން ޖެހިޔަސް ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. ވެކްސިންގެ ދެ ޑޯޒް ހަމަނުވާއިރު އެއްޑޯޒް އިން ލިބޭ ރައްކާތެރިކަން ތަންކޮޅެއް ކުޑަކަމަށާއި، ވެކްސިންގެ ދެ ޑޯޒް ހަމަނުވާހާ ހިނދަކު މިކަމުން އަދި އަރައިގަނެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ބޮޑެތި އަލާމާތްތައް ފެންނަ ނެތް ނަމަވެސް، ކުއްލިޔަކަށް ހާލު ދެރަވާ މީހުންގެ އަދަދު ދަނީ ގިނަވަމުންނެވެ. އެހެންކަމުން ގޭގައި ހުއްޓާވެސް ކުރިން ނުފެންނަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް އަވަހަށް އެކަން އެޗްޕީއޭއާ ހިއްސާކުރުމަށް ޑރ. މޫސާ މުރާދު އެދިވަޑައިގެންނެވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
50%
0%
0%
0%
0%
50%
ކޮމެންޓް