ކ. މާލެ
|
2 މެއި 2017 | އަންގާރަ 13:36
ހަމާސް ޖަމާއަތުގެ ލީޑަރު ޚާލިދް މިޝާލް އެ ޖަމާއަތުގެ ނިންމުން އިއުލާނުކުރައްވަނީ
ހަމާސް ޖަމާއަތުގެ ލީޑަރު ޚާލިދް މިޝާލް އެ ޖަމާއަތުގެ ނިންމުން އިއުލާނުކުރައްވަނީ
ރޮއިޓަރސް
ފަލަސްތީނުގެ މައްސަލަ
ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ
 
އިސްރާއީލަކީ ދައުލަތެއް ކަމަށް ބަލައިގަންނަން ހަމާސް ދެކޮޅު
 
ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވީ 1967 ގެ ބޯޑަރާ އެއްގޮތަށް

އިސްރާއީލަކީ ދައުލަތެއްކަމަށް ބަލައި ނުގަނެ،1967 ގެ ސަރަހައްދީ އިމާ އެއްްގޮތަށް ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް ޖަމާއަތުން އެއްބަސްެވެ ސިޔާސީ ހުށަހެޅުމެއް ހުށަހަޅައިފިއެވެ.

 

މީގެ އިތުރުން ހަމާސްއިންވަނީ ފަލަސްތީނުގެ މައްސަލައަކީ ދީނީ މައްސަލައެއް ނޫންކަމަށް ބުނެފައެވެ.

 

މި ނިންމުން ރަސްމީކޮށް ނިންމާފައިވަނީ ގަތަރުގެ ވެރިރަށް ދޯހާގައި ހޯމަ ދުވަހުއެވެ.

 

 ޣައްޒާ ސިޓީގެ ކޮންޓްރޯލް ކުރާ ހަމާސް ޖަމާއަތުގެ ލީޑަރު ޚާލިދް މިޝާލް އަރުވާލެއްވިގެން ދިރިއުޅުއްވަމުން ގެންދަވަނީ ގަތަރުގައެވެ.

 

ދެ އަހަރު ދުވަހުގެ މަސައްކަތަށްފަހު މި ކަމުގެ ލިޔެކިއުންތައް ހާމަ ކުރައްވަމުން މީޝާލް ވިދާޅުވީ ކިތަންމެ ފިއްތުންތަކެއް އަޔަސް އަދި ކިތަންމެ ދުވަހެއްގައި ހިސާރުގައި ތިބެން ޖެހުނަސް ފަަލަސްތީނުގެ ފަސްގަނޑުން އިންޗިއެއްވެސް ދޫކޮށްލައިގެން ނުވާނެ ކަމަށެވެ.

 

އޭނާ ވިދާޅުވީ އެކީ ފުރިހަމަޔަށް މިނިވަންވުން ނޫން އެއްވެސް ޚިޔާލެއް ފަލަސްތީނުން ބަލައިގެންފައި ނުވާކަމަށާއި އޭގެ މާނައަކީ ޒައަނިސްޓް ދައުލަތް ބަލައިގަތުން ނޫން ކަމަށެވެ. އަދި ފަލަސްތީނުގެ އެއްވެސް ހައްގެއް ދޫކޮށްލުންވެސް ނޫންކަމަށެވެ.

 

ހާމާސް ޖަމާއަތް 1988 ގައި އުފެއްދިއިރު އެ ޖަމާއަތުގެ ޗާޓަރުގައި އެގައުމުގެ މެންޑޭޓުގައި ހިމެނޭ ހުރިހާސަރަހައްދެއް ނަގަން ނިންމާފައިވީ ނަމަވެސް އައު ކަރުދާހުގައިވާ ގޮތުން 1967 ގެ ސަރަހައްދީ ރޮނގަށް ބަލައި މިނިވަން ދައުލަތެއް ގާއިމްކޮށް ގުދުސް އަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ހަމަޖައްސައި ރެފިއުޖީންގެ ގޮތުގައި ފަލަސްތީނު ދޫކޮށް ދިއަ ފަރާތްތައް އަނބުރާ ގެނައުން ހިމެނެއެވެ.1967 ގެ ސަރަހައްދީ ރޮނގު މާނަ ކުރަނީ ހަ ދުވަހުގެ ހަނގުރާމައިގެ ކުރިިން އިސްރާއީލުން ހުޅަނގު އައްސޭރިއާ،އިރުމަތީ ގުދުސް އަދި ޣައްޒާ ހިފުމުގެ ކުރިން އޮތް ސަރަހައްދީ ރޮނގަށެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
0%
0%
0%
0%
0%
0%
ކޮމެންޓް