raajjemv logo
މެލޭޝިއާގައި ވެކްސިންޖެހުމަށް ތައްޔާރުވުން
މެލޭޝިއާގައި ކޮވިޑް-19 ވެކްސިންޖެހުމުގެ ޕްރޮގްރާމް ފެށުމަށް ތައްޔާރުވެއްޖެ
 
ވެކްސިނުގެ ޑޯޒް ލިބެންދެން ކޮންމެ ދެ ހަފްތާއަކުން ޑެލިވަރީތައް ލިބެމުން ދާނެ
 
އާބާދީގެ 80 އިންސައްތަ މީހުންނަށް އެއް އަހަރު ދުވަހުގެތެރޭގައި ވެކްސިން ދިނުމަށް އެގައުމުން ވަނީ އަމާޒު ހިފާފައި
ޝާމާ ޝުއައިބް
2,746
ކ. މާލެ |
22 ފެބްރުއަރީ 2021 | ހޯމަ 11:43
މެލޭޝިއާގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފަށާނީ ބުދަ ދުވަހު
ރޮއިޓަރސް

މެލޭޝިއާގައި ކޮވިޑް-19 ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފެށުމަށް ތައްޔާރު ވެއްޖެއެވެ.

އާދިިއްތަ ދުވަހު އެގައުމަށް ވެކްސިންގެ ފުރަތމަ ޝިޕްމަންޓު ލިބިފައިވާއިރު އެ ގައުމުގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފެށުމަށް ނިންމާފައިވަނީ ބުދަ ދުވަހުއެވެ.

ފައިޒަރއާއި ޖަރުމަނުވިލާތުގެ ބަޔޯއެންޓެކުން އުފައްދާފައިވާ ފައިޒަރ ވެކްސިން މެލޭޝިއާގައި ޖެހުމަށް ނިންމާފައިވާއިރު އެގައުމުގެ 32 މިލިއަނެއްހާ އާބާދީގެ 80 އިންސައްތަ މީހުންނަށް އެއް އަހަރު ދުވަހުގެ ތެރޭގައި ވެކްސިން ދިނުމަށް އެގައުމުން ވަނީ އަމާޒު ހިފާފައެވެ.

އާދިއްތަ ދުވަހު ފައިޒަރ ވެކްސިންގެ 312،390 ޑޯޒްގެ ވެކްސިން މެލޭޝިއާއަށް ލިބިފައިވާއިރު ދާދި ފަހުން ބޭއްވުނު ނޫސްވެރިންގެ ބައްދަލު ވުމެއްގައި އެގައުމުގެ ސައިންސް މިނިސްޓަރ ޚައިރީ ޖަމާލުއްދީން ވިދާޅުވީ ފެބްރުއަރީ 26 ވަނަ ދުވަހު ވެސް ވެކްސިން ގެ ޑެލިވަރީއެއް ލިބިގެންދާނެ ކަމަށެވެ. އަދި އޯޑަރު ކުރި މިންވަރަށް ވެކްސިންގެ ޑޯޒް ލިބެންދެން ކޮންމެ ދެ ހަފްތާއަކުން ޑެލިވަރީތައް ލިބެމުން ދާނެކަމަށެވެ.

ވެކްސިން ދިނުމުގެ ޕްރޮގްރާމް ބުދަ ދުވަހު ފެށުމަށް ނިންމާފައިވާއިރު އެންމެ ފުރަތަމަ ވެކްސިން ޖަހާނީ ބޮޑުވަޒީރު މުހްޔިއްދީން ޔާސީންއާއި، ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ނޫރް ހިޝާމް އަބްދުﷲ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ފައިޒަރ ބަޔޯއެންޓެކްގެ 32 މިލިއަން ޑޯޒް ވެކްސިން ގަތުމަށް މެލޭޝިޔާއިން ނިންމާފައިވާއިރު ޗައިނާގެ ސިނޮވެކް ބަޔޯޓެކްގެ ވެކްސިން ގަތުމަށް ވެސް އެ ޤައުމުން ވަނީ ނިންމާފައެވެ.

މެލޭޝިޔާގައި މިހާތަނަށް 280,272 ކޮވިޑްގެ ކޭސް ރިޕޯޓް ކޮށްފައިވާއިރު، ކޮވިޑް-19 ޖެހިގެން 1,051 މީހުން އެ ޤައުމުން ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
އަންތަރީސް ވެއްޖެ
0%
އުފާ ވެއްޖެ
0%
ދެރަ ވެއްޖެ
0%
ރުޅި ގަދަ ވެއްޖެ
0%
މޮޔަވެއްޖެ
0%
ލިޔުން ރަނގަޅު
ކޮމެންޓް