ކ. މާލެ
|
22 ފެބްރުއަރީ 2021 | ހޯމަ 09:26
ޔުނައިޓެޑް އެއަރލައިންގެ ފްލައިޓެއްގެ އިންޖީނުގައި އަލިފާން ރޯވެފައި
ޔުނައިޓެޑް އެއަރލައިންގެ ފްލައިޓެއްގެ އިންޖީނުގައި އަލިފާން ރޯވެފައި
ސުޕުނިޓްނިކް އިންޓަނޭޝަނަލް
ބޮއިންގ 777 ގެ ދަތުރުތައް ހުއްޓާލުން
ބޮއިންގ 777 ގެ ހުރިހާ ފްލައިޓެއްގެ ދަތުރުތައް ޔުނައިޓެޑް އެއަރލައިންސް އިން ހުއްޓާލަނީ
 
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވޭ
 
މިގޮތަށް ނިންމާފައިވަނީ އެ މަރުކާގެ ފްލައިޓެއްގެ އިންޖީން ފެއިލްވި ހާދިސާއާ ގުޅިގެން
 
ޔުނައިޓެޑް އެއަރލައިންސްއިން ބޮއިންގ 777 ގެ 24 ފްލައިޓް ގެންގުޅޭ

ބޮއިންގ 777 މަރުކާގެ ހުރިހާ ފްލައިޓެއްގެ ދަތުރުތައް ޔުނައިޓަޑް އެއަރލައިންސްއިން ހުއްޓާލަން ނިންމައިފިއެވެ.

އެ އެއަރލައިން އިން މިގޮތަށް ނިންމާފައިވަނީ ހުކުުރު ދުވަހު ބޮއިންގ 777 ގެ ފްލައިޓެއް ދަތުރުކުރަމުންދަނިކޮށް އިންޖީން ފެއިލްވި ހާދިސާއާ ގުޅިގެންނެވެ. އެ ހާދިސާ ހިނގި ވަގުތު ފްލައިޓްގައި 231 ފަސިންޖަރުންނާއި 10 ކްރޫން ތިބި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. މި ފްލައިޓް ޑެންވަރ އެއަރޕޯޓުން ނައްޓާލިތާ މާގިނައިރުތަކެއް ނުވަނީސް ކަނާތް ފަރާތުގެ އިންޖީންގައި ވަނީ އަލިފާން ރޯވެފައެވެ. ބްރޫމްފީލްޑް ޓައުންގެ ފުލުހުން ވަނީ ގެއެއްގެ ބަގީޗާ ކައިރިއަށް ވެއްޓިފައިވާ، މަތިންދާ ބޯޓެއްގެ އިންޖީނުގެ ކޭސިންގެ ފޮޓޯތައް އާއްމުކޮށްފައެވެ.

މި ފްލައިޓްގެ ބައެއް ބައިތައް ވަނީ ވެއްޓިފައެވެ. ޔުނައިޓަޑް އެއަރލައިންސް އިން ބޮއިންގ 777 ގެ 24 ފްލައިޓް ގެންގުޅެއެވެ. މި ހާދިސާއާ ގުޅިގެން ޖަޕާނުން ވަނީ ބޮއިންގ 777 ގެ ފްލައިޓްތައް ބޭނުންކުރުން ހުއްޓާލުމަށް އެދިފައެވެ.

ބޮއިންގއިން ވަނީ ޖަޕާނުގެ މި ނިންމުމަށް ތާއިދުކޮށް އެއްވައްތަރުގެ އިންޖީނު ލީ 777 މަރުކާގެ ދަތުރުތައް ހުއްޓާލުމަށް އެދިފައެވެ. ބޮއިންގއިން ބުނީ 777 މަރުކާގެ 69 ފްލައިޓެއް އޮޕަރޭޓް ކުރަމުންދާ ކަމަށެވެ.

ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓް 328 ދަތުރުކުރަން ހަމަޖެހިފައި އޮތީ ހޮނޮލުލޫ އަށެވެ. މައްސަލަ ދިމާވީ އެ ބޯޓުގެ ކަނާތްފަރާތުގެ އިންޖީނަށް ކަމަށް ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ބުންޏެވެ. އެފްއޭއޭ އާއި ނޭޝަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުން ވަނީ އެ ހާދިސާ ތަހުގީގުކުރުމަށް ނިންމާފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
33%
33%
0%
0%
33%
ކޮމެންޓް