ކ. މާލެ
|
21 ފެބްރުއަރީ 2021 | އާދީއްތަ 17:08
މިޔަންމާގައި މަންޑަލޭގެ ޝިޕްޔާޑެއްގެ މުވައްޒަފުން ކުރި މުޒާހަރާގައި އަނިޔާވި މީހަކު ހޮސްޕިޓަލަށް ގެންދަނިކޮށް
މިޔަންމާގައި މަންޑަލޭގެ ޝިޕްޔާޑެއްގެ މުވައްޒަފުން ކުރި މުޒާހަރާގައި އަނިޔާވި މީހަކު ހޮސްޕިޓަލަށް ގެންދަނިކޮށް
ރޮއިޓަރސް
މިޔަންމާގައި ކުރި މުޒާހަރާ
މިޔަންމާ މުޒާހަރާ: ފުލުހުން ބަޑި ޖަހާ ދެ މީހުން މަރާލައިފި
 
މުޒާހަރާގެ ބައިވެރިންގެ ތެރެއިން 20 މީހަކަށް ވަނީ އަނިޔާވެފައި
 
މި މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށްފައި
 
މުޒާހަރާ ކޮށްފައިވަނީ މަންޑަލޭގެ ޝިޕްޔާޑެއްގެ މުވައްޒަފުން

މިޔަންމާގެ އެންމެ ބޮޑު އެއް ސިޓީ ކަމަށްވާ މަންޑޭލާގައި އެގައުމުގެ އަސްކަރިއްޔާއާ ދެކޮޅަށް ކުރި މުޒާހަރާ ރޫޅާލުމަށް ފުލުހުން ބަޑި ޖެހުމުން ދެ މީހަކު މަރުވެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ހޮނިހިރު ދުވަހު މިޔަންމާގެ ފުލުހުން ބާރުގެ ބޭނުން ކޮށްފައިވަނީ މަންޑަލޭގެ ޝިޕްޔާޑެއްގެ މުވައްޒަފުން ހަޅުތާލު ކުރަމުން ދަނިކޮށެވެ. އަދި މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުން އެއްވުން ރޫޅާލުމަށް މަސައްކަތް ކުރުމުން ފުލުހުންނާ ކުރިމަތިލާ ގައު އުކާފައެވެ.

މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ކަރުނަ ގޭހުގެ އިތުރުން ބަޑި ޖަހައިފައެވެ. އަދި މުޒާހަރާގެ  ބައިވެރިންގެ ތެރެއިން 20 މީހަކަށް ވަނީ އަނިޔާވެފައެވެ. އޭގެ ތެރޭގައި 17 އަހަރުގެ ކުޑަ ކުއްޖަކު ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިޔަންމާގެ ލީޑަރު އަސްކަރިއްޔާގެ ބަޣާވާތަކުން ހައްޔަރު ކޮށްފައިވާއިރު، އޭނާ މިހާރު ވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ. އަދި އޭނާގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވާއިރު، އެ ދައުވާތަކަކީ، ގަވާއިދާ ހިލާފަށް ވޯކީޓޯކީތަކެއް އެތެރެ ކުރުމާއި ކޮވިޑް-19އާ ގުޅިގެން އެޅި ފިޔަވަޅުތަކާ ހިލާފުވި ކަމުގެ ދައުވާއެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ބުނީ އެގައުމުގައި ބަޣާވާތެއް ކޮށްފައި ނުވާ ކަމަށާއި، ވެރިކަމާއި ހަވާލުވާން ޖެހުނީ ނޮވެމްބަރު މަހު ބޭއްވި އިންތިހާބުގެ ނަތީޖާ އޮޅުވާލުމުން ކަމަށް ބުނެފައެވެ. އަދި އަލުން އިންތިހާބު ބާއްވާނެ ކަމަށް އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
25%
0%
50%
0%
25%
ކޮމެންޓް