ކ. މާލެ
|
21 ފެބްރުއަރީ 2021 | އާދީއްތަ 10:09
އޮސްޓްރޭލިއާ ބޮޑުވަޒީރު ވެކްސިން ޖައްސަވަނީ
އޮސްޓްރޭލިއާ ބޮޑުވަޒީރު ވެކްސިން ޖައްސަވަނީ
ގެޓީ އިމޭޖަސް
އޮސްޓްރޭލިއާ
އޮސްޓްރޭލިއާގެ ބޮޑުވަޒީރު ވެކްސިން ޖައްސަވައިފި
 
ފައިޒަރގެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ އޮސްޓްރޭލިއާއިން ދީފައިވޭ
 
ކުރިއަތް އޮތް ހަފްތާގައި 60،000 ޑޯޒްގެ ވެކްސިން އާންމުންނަށް ދިނުމަށް ނިންމާފައިވޭ
 
ހޯމަ ދުވަހު ވެކްސިން ދިނުމުގެ ޕްރޮގްރާމް ރަސްމީކޮށް ފަށާނެ

އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވެކްސިން ޖައްސަވައިފިއެވެ.

އެމަނިކުފާނު ވެކްސިން ޖެއްސެވިތަން އެ ޤައުމުގެ ޓީވީތަކުން އާދިއްތަ ދުވަހު ލައިވްކޮށް ދައްކާފައިވާއިރު ވެކްސިން ޖެއްސެވީ، އާންމުންނަށް ވެކްސިނާ ދޭތެރޭގައި އިތުބާރު އުފެއްދުމުގެ ގޮތުން ކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

އޮސްޓްރޭލިއާގައި ހޯމަ ދުވަހު ވެކްސިން ދިނުމުގެ ޕްރޮގްރާމް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވާއިރު ކުރިއަތް އޮތް ހަފްތާގައި 60،000 ޑޯޒްގެ ވެކްސިން އާންމުންނަށް ދިނުމަށް ވަނީ ނިންމާފައެވެ.

އެ ޤައުމުގައި އެންމެ ފުރަތަމަ ވެކްސިން ޖަހާފައިވަނީ އުމުރުން 85 އަހަރުގެ އަންހެނެކެވެ. ބޮޑުވަޒީރު ސްކޮޓް މޮރިސަންއާއެކު ފްރަންޓް ލައިންގައި މަސައްކަތް ކުރާ މީހުން ވެސް ވެކްސިން ޖަހާފައިވާއިރު އުމުރުން ދުވަސްވީ މީހުންނަށް ވެސް ވެކްސިން ވަނީ ދީފައެވެ.

އޮސްޓްރޭލިއާއިން ފައިޒަރ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައިވާއިރު އެސްޓްރަޒެނިކާ އާއި އޮކްސްފޯރޑުން ކޮވިޑަށް އުފައްދަމުން އަންނަ ވެކްސިން ވެސް ބޭނުން ކުރުމުގެ ހުއްދަ ވަނީ ދީފައެވެ. މި ވެކްސިން އަންނަ މަހު ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

ވެކްސިންދިނުމާ ގުޅޭގޮތުން އޮސްޓްރޭލިއާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުރަތަމަ ޑޯޒްގެ ވެކްސިން ދިނުމަށްފަހު ދެވަނަ ޑޯޒްގެ ވެކްސިން ދޭނީ 21 ދުވަސް ފަހުން ކަމަށެވެ.

2020 ވަނަ އަހަރުގެ މާޗު މަހު އެގައުމުގެ ބޯޑަރުތައް ބަންދު ކޮށްފައިވާއިރު އެގައުމުގެ ރައްޔިތުން އަނބުރާ ގައުމަށް އައުމުގެ ފުރުސަތު އޮސްޓްރޭލިއާއިން އަންނަނީ ވަކި އުސޫލުތަކެއްގެ މަތިން ދެމުންނެވެ.

ފައިޒަރގެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ އޮސްޓްރޭލިއާއިން ދީފައިވާއިރު ފައިޒަރ ވެކްސިންގެ 40 މިލިއަން ޑޯޒްގެ ފަޤީރު ޤައުމުތަކަށް ދިނުމަށް ވަނީ ނިންމާފައެވެ. ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފައިވަނީ ވެކްސިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ކޮވެކްސްގެ ނަމުގައި ވެކްސިން ހަމަހަމަކަމާއެކު ގައުމުތަކަށް ލިބޭނެ ގޮތަށް މަގުފަހިކުރުމުގެ މަސައްކަތުގެ ދަށުން ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް