ކ. މާލެ
|
17 ފެބްރުއަރީ 2021 | ބުދަ 18:34
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙުގެ ތަރުޖަމާނު މަބްރޫކު އަޒީޒް- މަބްރޫކު ވަނީ އަމިއްލަ ދިރިއުޅުމުގެ ބައެއް ވާހަކަތައް ހިއްސާ ކުރައްވާފައި
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙުގެ ތަރުޖަމާނު މަބްރޫކު އަޒީޒް- މަބްރޫކު ވަނީ އަމިއްލަ ދިރިއުޅުމުގެ ބައެއް ވާހަކަތައް ހިއްސާ ކުރައްވާފައި
ފޭސްބުކް
ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކު އަޒީޒް
ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
 
ތަފާތު ކާއެއްޗެހި "ޓްރައި" ކުރުމާއި ތާރީޚުގެ ތެރެއަށް ފީނުމުގެ ޝައުޤުވެރިކަން ހުރޭ
 
އެކި ސަޤާފަތްތަކަށް ޝައުޤުވެރިކަން ހުންނަކަން ފާހަގަކުރެއްވި
 
އަމިއްލަ ޒާތީ ދިރިއުޅުމުގެ ބައެއް ވާހަކަތައް ހިއްސާ ކުރެއްވި

ސޯޝަލް ސައިންސް އިންޓަރނޭޝަނަލް ރިލޭޝަންސް ދާއިރާއިން ތައުލީމު ޙާސިލު ކުރައްވައި ކަޑައްތު ކުރެއްވި ރާސްތާއަށްފަހު މިއަދު މަބްރޫކު އެ ހުންނެވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނެއްގެ ގޮތުގައެވެ. ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން މަބްރޫކު ވަނީ އެހިސާބަށް ވަޑައިގަތުމަށް ކުރެއްވި ދަތުރާއި، އަމިއްލަ ޒާތީ ދިރިއުޅުމުގެ ބައެއް ވާހަކަތައް ހިއްސާ ކުރައްވާފައެވެ.

މަބްރޫކު ވިދާޅުވީ، ބޮޑަށް ރާއްޖޭގެ ސިޔާސީ މަޝްރަޙަށް ވަދެވުނީ 7 ފެބްރުއަރީގައި ޤައުމުގައި ހިނގާދިޔަ ހަމަނުޖެހުމުގެ ސަބަބުން ކަމަށެވެ. އަދި މިއަދު އެންމެން ދަންނަ "މެރާކީ ކޮފީ ރޯސްޓާޒް" އަކީ ސިޔާސީ ދާއިރާގައި ޙަރަކާތްތެރިވަމުން ދިޔައިރުވެސް، އަމިއްލަ ހޮބީއެއްގެ ގޮތުގައި ކުރި އެއް މަސައްކަތްކަން މަބްރޫކު ފާހަގަ ކުރެއްވިއެވެ.

ދިވެހި އެކި ސަޤާފަތްތަކަށް ޝައުޤުވެރިކަން ހުންނަކަން ފާހަގަކުރައްވައި މަބްރޫކު ވިދާޅުވީ، ދިވެހި ކެއުންތަކާއި، ދިވެހި ތާރީޚަށް އަބަދުވެސް ޝައުޤުވެރިކަން ހުންނަ ކަމަށެވެ.

މިސާލަކަށް ކޮފީގެ ކަންކަމުގައި ދިވެހި ތާރީޚު އޮންނަ ގޮތް އަޅުގަނޑު ވަރަށް ބަލާލާ ހިތްވޭ، އެކަން ބަލަން ކޮންމެސް ވަރަކަށް
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް
މަބްރޫކު މެރާކީ ކޮފީ ރޯސްޓާޒްގައި މަޑުކޮށްލައިގެން

ތަފާތު ކާއެއްޗެހި "ޓްރައި" ކުރުމާއި ތާރީޚުގެ ތެރެއަށް ފީނުމުގެ ޝައުޤުވެރިކަން ހުންނަކަން މަބްރޫކު ފާހަގަކުރެއްވިއެވެ. އެގޮތުން އެންމެ މީރު ކެއުމަކީ ގަބުޅި ސަޓަންޏާއި، މަސްފެން ކަމަށް މަބްރޫކު ވިދާޅުވިއެވެ.

ގަބުޅި ސަޓަންޏަށް އުފެދުނު ޝައުޤުވެރިކަން ފާހަގަކުރައްވާ މަބްރޫކު ވިދާޅުވީ، އެކަން ފެށިގެން އައީ ރޯދަ މަހެއްގައި އާއިލާއާއެކު، ގަބުޅި ސަޓަންޏަށް އިންސާފުކުރި ފަހުން ކަމަށެވެ.

"އޭރު މީރުވި ގޮތަށް ވަރަށް މީރު އެއްޗެއް އެއީ، ރޯދަ މަސް ނޫނަސް ދޭތެރެ ދޭތެރެއިން މިހާރުވެސް ހަދަން ގަބުޅި ސަޓަނި"

ކޮވިޑާ ގުޅިގެން ސަރުކާރުން ޤާއިމުކުރި ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ތަރުޖަމާނެއްގެ ގޮތުގައި ކުރެއްވި މަސައްކަތްތަކުން ދިވެހި ރައްޔިތުންގެ ތައުރީފާއި ލޯބި މަބްރޫކަށް އޮހިގެން ދިއުންވެސް މިއީ މަބްރޫކުގެ ދަތުރުގެ އުސްއަލިތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. އެހެންނަމަވެސް، ރައްޔިތުންނަށް ކޮވިޑާ ގުޅޭ ފަހުގެ މައުލޫމާތު ދޫފަރިތަކަމާއެކު ފޯރުކޮށްދިނުމަށް އަރާވަޑައިގެން އިންނަވަނީ ލައްކަ ތައްޔާރީއާއި ދިރާސާއަށްފަހު އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް
މަސައްކަތް ކުރީ ފަސޭހައިން މީހުންނަށް ކަންކަން އެނގޭނެ ގޮތަކަށް ކިޔާދެވޭތޯ، ހަމައެކަމަށް ވަރަށް ވަގުތުވެސް އަޅުގަނޑު ހޭދަކުރިން، އަޅުގަނޑަށް އެކަންކަން އިންޑެޕްތް އަންޑަސްޓޭންޑް ވާން، ހަމަ ޑޮކްޓަރުންނާއެކު ވަގުތު ހޭދަކުރަން، ކޮވިޑާ ބެހޭ ގޮތުން ދަސްކުރަން، އޭރުންތާ އަޅުގަނޑަށް ކިޔާދެވޭނީ، ދެވަނަ ކަމަކަށް އޮފް ކެމެރާގައިވެސް ކަންކަން ޙައްލު ކޮށްދިނުމަށް މަސައްކަތް ކުރަން
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް
އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި މަބްރޫކު ބައިވެރިވެވަޑައިގަންނަވަނީ

މިހާރު ދޮހޮއްކޮބެގެ ލަވަތައް އަޑުއެހުމަށް ޚާއްސަ ޝައުޤުވެރިކަމެއް ހުންނަކަން ފާހަގަކުރައްވާ މަބްރޫކްވިދާޅުވީ، ހެނދުނު ގަޑީގައި ދިވެހި ބޮޑުބެރު ލަވަ އަޑުއަހާ ކަމަށެވެ. އަދި ރާއްޖޭގެ ރަށްރަށުގެ ތެރެއިން މިހާތަނަށް ސާޅީހަކަށް ރަށަށް ދެވިފައިވާއިރު، އއ ފެރިދޫއަކީ ވަރަށް ހަނދާނުން ފިލުވާ ނުލެވޭ ތަފާތު ތާރީޚީ ރަށެއްކަން މަބްރޫކު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، އެންމެ ވަޑައިގަންނަވަން ބޭނުންފުޅުވަނީ ވ. ތިނަދޫއަށްކަމަށް މަބްރޫކު ވިދާޅުވިއެވެ.

ނިންމާލަމުން ކުރު ގޮތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ސިފަ ކުރައްވާނީ ކިހިނެއްތޯ ޕްރޮގްރާމްގެ ޕްރެޒެންޓަރ އާމިރު ސަލީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކު ވިދާޅުވީ، ރައީސްއަކީ ވިސްނުންތެރި، ޙިކުމަތްތެރި ނިންމެވުން ނިންމަވާ ބޭފުޅެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
12%
67%
0%
7%
4%
9%
ކޮމެންޓް
21 ފެބްރުއަރީ 2021 | އާދީއްތަ 09:36
Majeed ismail
ދޮގު ހެދުމާއި،ދެއްކޭ ނުދެއްކޭ ވާހަކަ އެއްވެސް ނޭގޭ އާދަމުގެ ދަރިޔެއްތީ، އެމް.ޑީ.ޕީ މީހުންނަށް ބަތަލަކަށް ވާނެ މޮޅަށް ދޮގުހަދަން އެގޭމީހުން.
18 ފެބްރުއަރީ 2021 | ބުރާސްފަތި 10:10
ދޮގު ގެ މަތި
ރައީސް ހަދާ ދޮގު ރީތި ކުރާ މީހާ
17 ފެބްރުއަރީ 2021 | ބުދަ 19:18
މަރޭ މިތުރާ
ގދ.ތިނަދޫ އަކީ ކޮންރަށެއްކަން އަދި ނޭގެނީ.އެވަރުގެ މީހުން ނުބައި ރަށެއް ރާއްޖެއަކު ނޯންނާނެ.ގިނަ ރަށްތަކުގެ މީހުން އެރަށަށް ނިސްބަތްކޮށް އިޒުރޭލޭ ވެސް ކިޔާ.ހުވަދު އަތޮޅުގެ އެންމެންވެސް އެކަމަށް ހެކިވާނެ.ކާންދެންޏާ ބޮޑުބޭބެ އުސޫލު އޮންނާނީ.ރައްޓެއްސަކު އަޔަސް ގެޔަކަށް ނުގެންދާނެ.އެމީހާ ފެލައިގެން ހޮޓަލުން ކާނީ.ގިނަފަހަރަށް ދަންނަކަމަށްވެސް ނެހެދޭނެ.ބިޒީ ކަމަށް ހެދިގެން ފިލަން އޫޅޭނީ.ފެންނަ އިރަށް ބުނާނެ ކޮންއިރަކު އައީ ކޮންއިރަކު ފުރަނީ ވަރަށް ބިޒީ ކޮށް މިއުޅެނީ.ތަނަކަށް މިދަނީ ފަހުން ގުޅާނަން.އެދާމީހާ ބަޚަބަރު.ދެން ލޮލަކަށް ނުފެންނާނެ.