ކ. މާލެ
|
17 ފެބްރުއަރީ 2021 | ބުދަ 15:18
ދެކުނު އެފްރިކާގެ އެޑިއުކޭޝަން މިނިސްޓަރު އެންޖީ މޮޓްޝޭގާ
ދެކުނު އެފްރިކާގެ އެޑިއުކޭޝަން މިނިސްޓަރު އެންޖީ މޮޓްޝޭގާ
ކިޔަވައިގެން ތިބޭ ފިރިހެނުން ރޭޕެއް ނުކުރާނެ
ކިޔަވައިގެން ތިބޭ ފިރިހެނުން ރޭޕެއް ނުކުރާނެ – ދެކުނު އެފްރިކާގެ އެޑިއުކޭޝަން މިނިސްޓަރ
 
މިނިސްޓަރުގެ ވާހަކަފުޅަށް ގިނަ ބަޔަކު ވަނީ ރައްދުދީފައި
 
ކިޔަވައިގެން ތިބޭ މީހުން މިޒާތުގެ ކުށަށް އެރީމާ ވަރަށް ލަދުގަނޭ

ކިޔަވައިގެން ހުރި ތަންދޮރު އޮޅުންފިލާފައިވާ ފިރިހެނެއް ނަމަ އަންހެންކުދިން ރޭޕް ނުކުރާނެ ކަމަށް ދެކުނު އެފްރިކާގެ އެޑިއުކޭޝަން މިނިސްޓަރު އެންޖީ މޮޓްޝޭގާ ވިދާޅުވެއްޖެއެވެ. އެކަމަނާ އިތުރަށް ވިދާޅުވީ ކިޔަވައިގެން ތިބޭ މީހުން މިޒާތުގެ ކުށްތަކަށް އަރައިގަންނަ ވާހަކަ ވެސް އިވޭކަމަށާއި، އެއީ ވަރަށް ބޮޑަށް މާޔޫސްވެ ދެރަވާން ޖެހޭ ކަމެއް ކަމުގައެވެ.

ދެކުނު އެފްރިކާގެ ވެރިރަށް ޕްރިޓޯރިއާގެ ސްކޫލަކަށް ކުރެއްވި ޒިޔާރަތެއްގައި އެތަނުގެ އަންހެން ދަރިވަރުންނާ މުޚާތަބު ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ރޭޕް ކުރުމަކީ ތަންދޮރު ނުދަންނަ އަދި ނުކިޔަވައި ތިބޭ ޖާހިލުންގެ ކަމެއް ކަމަށާއި ކިޔަވައިގެން ތިބޭ ތަހުޒީބު މީހުންނަކީ އެކަހަލަ ޖަރީމާތަކާއި ގާތްވާނެ ބައެއް ނޫންކަމަށެވެ. އެހެންވީމާ ރޭޕުގެ މައްސަލައަށް އޮތް ދާއިމީ ހައްލަކީ ހުރިހާ ފިރިހެނުންނަށް ވެސް ކިޔަވައިދީ ތަންދޮރު އޮޅުންފިލާ ބަޔަކަށް ހެދުން ކަމަށާއި ސަރުކާރުގެ އަމާޒަކީ އެއީ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު މިހެން ވިދާޅުވީމާ ދެކުނު އެފްރިކާގެ މީޑިއާގައި އެކަމަނާއަށް ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ބައެއް މީހުން ބުނާގޮތުގައި މިނިސްޓަރުގެ ވިސްނުންފުޅާއި މައުލޫމާތު ރަގަޅެއް ނޫން ކަމަށެވެ. ރޭޕް ކުރުމަކީ ކޮންގޮތަކަށް ކިހިނަކުން ހިނގާކަމެއް ކަމުގެ އަސްލު މައުލޫމާތު މިނިސްޓަރަށް އެނގިވަޑައިގެންފައި ވެސް ނެތް ކަމުގައެވެ. އިދިކޮޅު ޕާޓީތަކުން ބުނަނީ ކިޔަވައިގެން ތިބޭ މީހުންވެސް ރޭޕް ކުރާކަން މިނިސްޓަރަށް ނޭނގުމަކީ ލަދުވެތި ކަމެއް ކަމުގައެވެ.

ދެކުނު އެފްރިކާއަކީ ދުނިޔޭގެ ނިސްބަތުން ވެސް ރޭޕް އެންމެ ގިނަ އެއްގައުމެވެ. އެންމެފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ގޮތުގައި ދުވާލަކު އެވްރެޖްކޮށް 110 ކޭސް ރިޕޯޓް ކުރެވެއެވެ. އަންހެންކުދިން ބާރުވެރި ކުރުވުމަށާއި ކަންކަން ސިއްރުކޮށްގެން ހިމޭނުން ނުތިބުމަށް ހިތްވަރު ދިނުމަށްޓަކައި އެންޖީއޯތަކުން އެންމެ ބޮޑަށް މަސައްކަތް ކުރަމުން ގެންދާ އެއް ގައުމަކީ ވެސް ދެކުނު އެފްރިކާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި