ކ. މާލެ
|
15 ފެބްރުއަރީ 2021 | ހޯމަ 16:29
ކެންޕެއިން ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އާއްމު ރައްޔިތުންނާ ސަލާމް ކުރައްވަނީ
ކެންޕެއިން ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް އާއްމު ރައްޔިތުންނާ ސަލާމް ކުރައްވަނީ
ރާއްޖެ އެމްވީ
ލޯކަލް ކައުންސިލް އިންތީޚާބު
ޗާލުވި ރަން ފަތިހަކަށް އަލިވިލެން ބޭނުންތަ؟
 
ލާމަރުކަޒީ ނިޒާމު ދަންނާނީ އެމްޑީޕީން އެކަނި
 
80 އިންސައްތަ ގޮނޑި ކާމިޔާބު ކުރެވޭނެ
 
އެމްޑީޕީއަކީ ހުރިހާ އިންތިޚާބަކަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާ ޕާޓީއެއް

ލޯކަލް ކައުންސިލް އިންތިޚާބު މިއޮތީ ފެންމަތިވެފައެވެ. އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތުގައި ސިޔާސީ ޕާޓީތަކުން ހޭބޯނާރާ ދަނީ މަސައްކަތްތައް ކުރަމުންނެވެ. ސަރުކާރު ހިންގާ މައި ޕާޓީއާ އިދިކޮޅު ސިޔާސީ ޕާޓީގެ ވާދަވެރިކަން އިންތިހާއަށް މިވަނީ ގަދަވެފައެވެ. ދެޕާޓީގެ ފަރާތުން ވެސް ގެންދަނީ އިންތިޚާބު ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން ދެމުންދެއެވެ. ސަރުކާރުގެ މައި ޕާޓީ (އެމްޑީޕީ)އަށް 80 އިންސައްތަ ގޮނޑި ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ދެއްވުމަކީ ހަގީގަތުގައި އާދައިގެ ކަމެއް ނޫނެވެ.

އެމަނިކުފާނު ވިދާޅުވިއެވެ. ''އަޅުގަނޑުމެންގެ ޕާޓީގެ އަމާޒަކީ،

ލާމަރުކަޒީ ނިޒާމު ފުރިހަމަ ކޮށްދިނުން،

ޕާޓީގެ އެދުމާއި އަޒުމަކީ ނިޔަތާއި ދުލުން،

ވާތީ އަބަދުވެސް ބާރުލާ ކަމަކަށްވުމުން،

ޗާލުވި ރަން ފަތިހަކަށް އޮވެ އަލިވަނީ

އެމްޑީޕީ ޤައުމީ މަޖިލީހުގެ 172 ވަނަ ބައްދަލުވުމުގައި ރައީސް ޞާލިޙު ވިދާޅުވެފައިވަނީ އެމްޑީޕީއަކީ ހުރިހާ އިންތިޚާބަކަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާ ޕާޓީއެއް ކަމަށާއި، އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމާ މެދު ޝައްކުނުކުރާ ކަމަށެވެ. އަދި އިންތިޚާބުގެ 80 އިންސައްތަ ގޮނޑި ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން ދެއްވާ އެމަނިކުފާނުގެ ވަނީ ވެރިކަމުގައި ތިބެ ކެމްޕެއިން ކުރަންޖެހޭ ގޮތާއި، އިދިކޮޅުގައި ތިބެ ކެމްޕެއިން ކުރަންޖެހޭ ގޮތް ވަރަށް ތަފާތުކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ''ސަރުކާރުން ކޮށްދިނީ ކޮންކަމެއްތޯ؟ މިއީ އެންމެ ގިނައިން ކުރިމަތިވާނެ އެއް ސުވާލުކަން ފާހަގަކުރައްވައި ރައީސް ޞާލިޙު ވިދާޅުވީ އެސުވާލަށް ވަރަށް ފުރިހަމަ ޖަވާބުތަކެއް ދެވޭނެ ކަމަށެވެ. ތެދެކެވެ! ކޮވިޑް-19ގެ މި ބަލިމަޑުކަމުގެ ތެރޭގައި ވެސް ގައުމު ހިފަހައްޓަވާ ދެއްވައިފިއެވެ. މަޝްރޫއުތައް ނުހުއްޓި ކުރިއަށް ގެންދާއިރު، ހުރިހާ ދާއިރާއަކުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ސަރުކާރުން ދަނީ ކުރަމުންނެވެ. ''ތަރައްގީގެ ބާނީ''ގެ ނަމުން މަޝްރޫހުވެފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަސް ދައުރުގައި ހިންގާފައިވާ މަޝްރޫޢުތަކާއި، ދެއަހަރު ވެފައިވާ މިސަރުކާރުން މިހާރު ހިންގަމުންދާ މަޝްރޫއުތައް ގިނައިރު، އަޅައިނުކިޔޭނެކަން މިހާރު މިވަނީ ހާމަވެފައެވެ. އެހެންކަމުން ''ސަރުކާރުން ކޮށްދިނީ ކޮންކަމެއްތޯ'' މިސުވާލަށް ވަރަށް ފުރިހަމައަށް ވެސް ޖަވާބު ދެވޭނެ ނޫންތޯއެވެ.

މީގެ އިތުރުން ލާމަރުޒަކީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު، މިބާރުވެރިކަމާއެކު ބޭއްވޭ އިންތިޚާބު ކާމިޔާބު ކުރުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ރައީސް ޞާލިޙު އަލިއަޅުއްވާލެވިއެވެ. އެމަނިކުފާނު އެ ވިދާޅުވިހެން އެކަމަކަށް ފަރިތަނޫން ބަޔަކު ނުވަތަ އެނިޒާމު ގަބޫލުނުކުރާ ބަޔަކު ރައްޔިތުން އިންތިޚާބު ކޮށްފިކަމުގައިވާނަމަ ނެރެން ބޭނުންވާ ނަތީޖާ ނުނެރެވޭނެކަން ކަށަވަރެވެ. އެއީ ލިޔަން ނޭނގޭ މީހެއްގެ އަތަށް ގަލަން ދިނުން ފަދަ ކަމެކެވެ.

ކައުންސިލްތަކުގައި ދައުރު ފަސް އަހަރަށް އިތުރުކޮށް ބޮޑެތި ބާރުތަކެއް ކައުންސިލްތަކަށް ދީފައިވަނީ ވަރަށް މާތް މަޤުޞަދެއްގައެވެ. ކައުންސިލްތަކުގެ އިހުތިސާސް ހިނގާ ސަރަހައްދު ކަނޑައެޅުމާއި، ކައުންސިލްތަކުގެ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށްފައިވަނީ ހަގީގީ ތަރައްގީ މުޅި ރާއްޖެއަށް ގެނައުމަށެވެ.

ލާމަރުކަޒީ ނިޒާމަކީ އަތޮޅުތެރޭގެ ރަށްތައް ތަރައްގީވުމަށް ކޮށައިދިން މަގެކެވެ. އެއަތޮޅެއް، އެރަށެއް ތަރައްގީކުރުމުގެ ބާރު ލިބިގެން ދިއުމާއެކު މާލެ ސިޓީއަށް ބަރޯސާވުން ނިމުމަކަށް އަންނާނެވެ. އެރަށެއްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ފަޅުރަށްތަކާއި، ކައުންސިލްތަކަށް ވިޔަފާރިކޮށްގެން މަންފާ ހޯދޭނެ ގޮތްތައް މިވަނީ މަގުފަހިކޮށްދީފައެވެ. ނަތީޖާއެއްގެ ގޮތުން އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުފަތުރުގެ ނިޒާމު އިތުރަށް ފަސޭހަވެ އެއަރޕޯޓުތައް އިތުރުވާނެއެވެ. އިޤްތިޞާދާއި، ސިއްޙީ، ތަޢުލީމީ، އަދި ޢުމްރާނީ، އިޖުތިމާޢީ ތަރައްގީ ފެންނަން ފަށާނެއެވެ. ވަޒީފާގެ ފުރުސަތުތައް ފަހިވެ، ފަތުރުވެރިކަން އިތުރަށް ފުޅާވެގެންދާނެއެވެ.

ރަށުގެ ތަރައްގީއާއި، އަތޮޅަށް ބޭނުންވާ ތަރައްގީ ބޭނުންވާނަމަ ކުރިއަށް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ބޮޑު މެޖޯރިޓީއެއް ރައްޔިތުން ދޭންޖެހެއެވެ. ރައީސް ޞާލިޙް ވިދާޅުވިހެން ލާމަރުކަޒީ ނިޒާމުގެ ފޮނި މީރުކަމާއެކު، ޗާލުވި ރަން ފަތިހަކަށް އަލިވެލޭނީ އޭރުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
29%
0%
43%
14%
14%
ކޮމެންޓް
19 ފެބްރުއަރީ 2021 | ހުކުރު 21:46
މަ
ކުޑަކޮށް ހިނި އައިސްފި
16 ފެބްރުއަރީ 2021 | އަންގާރަ 09:05
ވިސްނޭ
ރައްޔިތުން ވާވައްދަން ނޫޅުއްވާ...... ތި ރީންދޫ ބައި ގަނޑު ތި ކުރައްވަން އުޅޭ ކަންތައްތައް ވަރަށް ސާފު.
16 ފެބްރުއަރީ 2021 | އަންގާރަ 00:26
ހަޖޫ
އެއީ ލިޔަން ނޭނގޭ މީހެއްގެ އަތަށް ގަލަން ދިނުން ފަދަ ކަމެކެވެ. މި ނިސްބަތް ވަނީ މިހާރުގެ ރަ އީސް އައ އް.