ކ. މާލެ
|
1 މެއި 2017 | ހޯމަ 16:37
ލަންކާ ކޯސްޓް ގާޑްގެ އުޅަނދެއް
ލަންކާ ކޯސްޓް ގާޑްގެ އުޅަނދެއް
ގޫގުލް
ރޮހިންޔާ މުސްލިމުން
ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި
 
ބޯޓްގައި ތިބި ރޮހިންޔާ މުސްލިމުން ލަންކާގެ ކަމާބެހޭ ފަރާތްތަކާ މިހާރު ހަވާލު ކުރެވިފައި

ރޮހިންޔާ މުސްލިމުންގެ 30 ރެފިއުޖީން ގޮވައިގެން ދަތުރުކުރި އިންޑިއާގެ ބޯޓެއް ސްރީލަންކާ ކަނޑުގެ ސަރަހައްދުން އާދީއްތަ ދުވަހު އަތުލައިގެންފިއެވެ.

30 ރެފިއުޖީންގެ ތެރޭގައި 16 ކުޑަކުދިން ހިމެނޭއިރު ސްރީލަންކާގެ ކޯސްޓް ގާރޑުން ބުނެފައި ވަނީ، އިންޑިއާގެ ބޯޓް އަތުލައިގަތީ ސްރިލަންކާ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަނުމުން ކަމަށެވެ.

އަތުލައިގަތް އިންޑިއާގެ ބޯޓުގައި ތިބި ކުޑަކުދިންނަށް ކުއްލި އެހީ ލަންކާ ކޯސްޓް ގާޑުން ފޯރުކޮށްދީފައިވާއިރު، ބޯޓުގައި ހިމެނެނީ ހަތް ފިރިހެނުންނާއި، ހަތް އަންހެނުންނާއި، ސޯޅަ ކުޑަކުދިންގެ އިތުރުން އިންޑިއާގެ ދެމީހުންނެވެ. އިންޑިއާ ދެމީހުންނަކީ ބޯޓު އޮޕަރޭޓު ކުރަމުން ދިޔަ ދެމިހުންނެވެ.

ބޯޓްގައި ތިބި ރޮހިންޔާ މުސްލިމުން ލަންކާގެ ކަމާބެހޭ ފަރާތްތަކާ މިހާރު ހަވާލު ކުރެވިފައިވާ ކަމަށާއި، އަދި ބޯޓްގައި ތިބި އިންޑިއާ ދެމީހުން އިތުރު ތަހްގީގަށް ހައްޔަރު ކުރެވިފައިވާ ކަމަށް ސްރީލަންކާގެ ނޭވީގެ ތަރުޖަމާނު ޗަމިންދާ ވަލަކުލުގެ ވަނީ މީޑިއާތަަކަށް ވިދާޅުވެފައެވެ.

ލަންކާގެ ކަމާބެހޭ ފަރާތްތަކުން ތުހުމަތު ކުރާގޮތުން ބޯޓުގެ ކްރޫއިން ދިޔައީ ރޮހިންޔާ މުސްލިމުން ލަންކާއަށް އެތެރެ ކުރުމަަށެވެ.

މިޔަންމާގެ ރަހީން ސްޓޭޓުގައި އުޅޭ މުސްލިމުންނާއި ދޭތެރޭ ސަރުކާރާއި އަދި ބުދިސްޓުން އަނނިޔާވެރިވެ އެތަކެއް ލާއިންސާނީ އަމަލުތަކެއް ދަނީ ހިންގަމުންނެެވެ. އެހެން ކަމުން އެތައް މުސްލިމުން ދަނީ މިޔަންމާ ދޫކޮށް އެހެން ގައުމުތަކުން ރައްކާތެރިކަން ހޯދަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް