ކ. މާލެ
|
1 މެއި 2017 | ހޯމަ 13:57
ބިޔޯންސޭ މިހާރު އުޅޭ ގެ
ބިޔޯންސޭ މިހާރު އުޅޭ ގެ
ސްޕްލޭޝް ނިއުސް
ބިޔޯންސޭ
ބިޔޯންސޭ ހިތްހަމަ ޖެހޭ ގެއެއް ނުލިބުނު!
 
ބިޔޯންސޭ ބޭނުންވަނީ 80 މިލިއަން ޑޮލަރަށްވުރެ ބޮޑު ނޫން އަގަކަށް ގެއެއް ގަތުމަށް

އިނގިރޭސި ލަވަ ކިޔުންތެރިޔާ  ބިޔޯންސޭ ވިހަން ވާއިރަށް އާ ގެއެއް ހޯދުމަށް މަސައްކަތް ކުރާތާ އެއްމަސްދުވަސް ވަނީ ވެފައެވެ. އެހެން ނަމަވެސް އޭނާ ހިތް ހަމަ ޖެހޭ ގެއެއް ލިބޭ ގޮތެއް ނުވިއެވެ.

ބިޔޯންސޭ ބޭނުންވަނީ 80 މިލިއަން ޑޮލަރަށްވުރެ ބޮޑު ނޫން އަގަކަށް ގެއެއް ގަތުމަށެވެ.

އެ އަގުގައި ގެއެއް ގަންނަން ނުލިބިގެން އެންމެ ފަހުން ބިޔޯންސޭ ވަނީ 135 މިލިއަން ޑޮލަރަށް ވިއްކާ ގެއެއްވެސް ބަލާފައި އެވެ. އެމެރިކާގެ ލޮސް އެންޖެލްސް އިން އެއަގުގައި ގެއެއް ގަންނަން ނުލިބުނު ކަމުގައިވިއަސް އަދިވެސް ގެ އެއް ގަންނަން  ބަލަމުންދާކަމަށް ރިޕޯޓް ތައް ބުނެއެވެ.

 ރިޕޯޓުތައް ބުނާގޮތުގައި ބިޔޯންސޭ އާ ގެއެއް މި ހޯދަނީ އޭނާ ވިހަނީ އެއްމާބަނޑު ދެކުދިން ކަމަށްވުމުން މިހާރު އޭނާ އުޅޭ ގެއަކީ ބިޔޯންސޭއާއި އޭނާއަށް ލިބެން އުޅޭ އެއްމާބަނޑު ދެދަރިންގެ އިތުރުން ފިރިމީހާއާއި އޭނާގެ 5 އަހަރުގެ ދަރިފުޅަށް އެ ގެ ކުޑަވާނެތީއެވެ.  ބިޔޯންސޭއަށް ލިބެންއުޅޭ އެއްމާބަނޑު ދެ ކުދިން ވިހާނެ ކަމަށް ލަފާކޮށްފައިވަނީ އަންނަ ޖޫން މަހު އެވެ.

ބިޔޯންސޭއާއި ޖޭޒީ ލޯބީގެ ގޮތުން ގުޅިފައިވަނީ 1999 ވަނަ އަހަރުގައިއެވެ. އޭގެ ނުވަ އަހަރު ފަހުން 2008 ގައި މި ދެތަރިން ވަނީ ކައިވެނިކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް