ކ. މާލެ
|
1 މެއި 2017 | ހޯމަ 12:00
އުމުރުފުޅުން 64 އަހަރުގެ ކަރްކީ އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ އޭޕްރީލް 2016 ގައި
އުމުރުފުޅުން 64 އަހަރުގެ ކަރްކީ އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ އޭޕްރީލް 2016 ގައި
ގޫގުލް
ނޭޕާލުގެ ސިޔާސީ މަސްރަހު
ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ހުށަހަޅައިފި
 
ކަރްކީ އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ އޭޕްރީލް 2016 ގައި
 
މަގާމުން ދުރުކުރުމަށް ހުށަހެޅީ ވެރިކަންހިންގާ ކޯލިޝަންގެ މައި ދެ ޕާޓީ ގުޅިގެން

ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ދުރުކުރުމަށް ވެރިކަންހިންގާ މައި ދެ ޕާޓީ ގުޅިގެން ހުށަހެޅުމުން އެ ކަމަނާ ސަސްޕެންޑްކޮށްފިއެވެ.

ފަނޑިޔާރު ސުޝިލާ ކަރްކީގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ވަކިފަރާތަކަށް ބުރަވެގެން ހުކުމްތައް އިއްވުމާ ވެރިކަން ހިންގުމުގެ ބާރުގެ މައްޗަށް ނުފޫޒު ފޯރުއްވެވުމެވެ.

މީއީ ގާނޫނުހަދާ މަޖިލީހުގެ މަދުވެގެން  249 މެމްބަރަކު ސޮއިކޮށް ހުށަހަޅާފައިވާ ހުށަހެޅުމެއް ކަމަށްވާއިރު މަގާމުން ވަކިކުރުމަށް ހިންގާ ތަހުގީގެއް ފެށުމަށް ބޭނުންވަނީ ތިންބައިކުޅަ އެއްބައި މެމްބަރުންގެ ސޮއެވެ.

މި މައްސަލަ ހުށަހެޅުމަށް އެއަށްވުރެ ގިނަ މެމްބަރުންގެ ސޮއި ވަނީ ހަމަވެފައެވެ.

ސަރުކާރަށް ނިސްބަތްވާ މެމްބަރުން ގުޅިގެން ހުށަހަޅާފައިވާ މި ހުށަހެޅުން އައިސްފައި މިވަނީ ޗީފް އޮފް ޕޮލިސްގެ މަގާމަށް ސަރުކާރުން ހުށަހެޅި ހުށަހެޅުން ކޯޓުން އަނބުރާލުމުންނެވެ.

އުއްތަމަ ފަނޑިޔާރު، ކަރްކީގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި، މައްސަލަ ބަލާ މަޖިލީހުގެ ކޮމިޓީ އުފެދުމާ އެކު އެކަމަނާ އެ ހުންނެވީ އޮޓަމެޓިކުން ސަސްޕެންޑް ވެފައެވެ.

މައްސަލައިގައި އެކަމަނާ ވަކިކުރަން ނިންމޭނީ މަޖިލީހުގެ ވޯޓަކަށް ހުށަހަޅައި ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ލިބިގެންނެވެ.

އުމުރުފުޅުން 64 އަހަރު ފުޅުގެ ކަރްކީ އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ އޭޕްރީލް 2016 ގައި ކަމަށްވާއިރު ޖޫން މަހު އެކަމަނާ ރިޓަޔަރ ކުރައްވާ ގޮތަށް އޮތީ ހަމަޖެހިފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް