ކ. މާލެ
|
6 ފެބްރުއަރީ 2021 | ހޮނިހިރު 22:14
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ނުހައްގުން ގިނަ ބަޔަކަށް އަނިޔާދީފައިވޭ
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގެ ނުހައްގުން ގިނަ ބަޔަކަށް އަނިޔާދީފައިވޭ
ރާއްޖެއެމްވީ
ޖުޑިޝަރީ މިނިވަން ކުރުން
ފުރާޅުން ޓިނު ނެގިތާ ތިން އަހަރު!
 
ޖުޑިޝަރީއަށް މިއަދު ރައްޔިތުން އިތުބާރު ކުރޭ
 
ހުރިހާ ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ސްޕްރިމް ކޯޓުން އަމުރު ނެރުނީ ފެބްރުއަރީ އެކެއްގައި
 
އޭރު ސަރުކާރާއި ދެކޮޅު ހުރިހާ ސިޔާސީ ލީޑަރުން ހައްޔަރު ކުރި

މީގެ ތިން އަހަރު ކުރިން ރާއްޖޭއިން ފެނުނު މަންޒަރުތަކަށް ބަލަމާތޯއެވެ. އޭރު ރާއްޖޭގައި "އަދުލުއިންސާފު" ގާއިމުވެފައި އޮތް މިންވަރަށް ވިސްނާލަމާތޯއެވެ. ގައުމުގެ އަމަންއަމާންކަމުގެ އެންމެ މުހިންމު އެއް އަސާސް ކަމުގައިވާ އަދުލު އިންސާފަކީ އޭރު ރާއްޖެ ނުދަންނަ އެއްޗެކޭވެސް ދެންނެވިދާނެއެވެ. ނުހައްގުން އެތައް ލީޑަރުންނެއް ޖަލަށްލައި އަނިޔާވެރިކަން އިންތިހާއަށް އިސްކުރިއެވެ. އަނިޔާވެރިކަމުގައި ރައްޔިތުން ގުރުބާން ކުރަމުންދިޔައިރު ގައުމުގެ ސުޕްރީމްކޯޓުއޮތީ ނިދާފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ޑިމޮކްރަސީއަށް ވަކާލާތުކުރާ ގައުމެއްގައި މިފަދަ ގޮތަކަށް ކަންތައްތައްވަމުން ދިއުމަކީ ބާރުގަދަ އެކި ގައުމުތަކުގެ ޕްރެޝަރވެސް ކުރިމަތިވަމުން ދިޔަ ކަމެކެވެ. ނަތީޖާއެއް ގޮތުން ނުހައްގުން ހައްޔަރުކޮށްފައި ތިބި ހުރިހާ ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ސްޕްރީމްކޯޓުން ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އަމުރު ނެރުނެވެ. މިއަމުރާއެކު މުޅި ގައުމުގެ ރައްޔިތުން އުފަލުން ކެކިއެރިއެވެ. ނަމަވެސް ކަންތައްތައް ދިމާ ކުރީ އެފަދައަކުން ނޫނެއެވެ. އެއަށްވުރެ ބޮޑަށް ގައުމު އަޅުވެތިކޮށް ސްޕްރީމްކޯޓުގައި ފަނޑިޔާރުން ރަހީނުކުރީއެވެ.

އެންމެފަހުން ފެބްރުއަރީ 1، 2018 ގައި ނެރުނު ބޮޑު އަމުރާއި ގުޅިގެން ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ފަނޑިޔާރުންނަށް ލިބޭ އިމްތިޔާޒުތައް ކަނޑާލިއެވެ. އަސްކަރިއްޔާއިން ސްޕްރީމްކޯޓުގެ ތެރެއަށް ވަތްގޮތަކަށް ވަދެ އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އޭރު ކޯޓްގައި ހުންނެވި އެންމެ ސީނިއާ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ. މުދަލާއި އާރާއިބާރާއި އިއްޒަތް ހޯދުމަށް އިންސާނުންގެ ތެރެއިން ބަޔަކު މީހުންނަށް މަސައްކަތްވެސް ކުރެވޭނީ މިވަރަކަށެވެ.

ސްޕްރީމްކޯޓުގެ ފުރާޅު މައްޗަށް ސިފައިންގެ މީހެއް އަރަނީ

އެ ކަޅު ދުވަހަށް މިއަދު ބަރާބަރު ތިން އަހަރު ފުރުނީއެވެ. ވެރިކަން ބަދަލުވެ ކަންކަން އިސްލާހުވާނެކަމުގެ ވައުދާއެކު އައި ސަރުކާރަށް އެކަންކަން އިސްލާހުކުރަން އެތައް ދުވަހެއް ލިބިގެން ދިޔައިރު އޭގެ ނަތީޖާވެސް ފެނިއްޖެއެވެ. މުޅި ގައުމުގެ ހާލަތު ބަދަލުވެއްޖެއެވެ.

މިހާރުވެސް ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސުލްޖުމްހޫރިއްޔާ، އަބްދުﷲ ޔާމީނުގެ އަމުރަށް ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ވާހަކައަކީ މިއަދު ވެސް ދިވެހިންގެ މެދުގައި ދައްކަމުންދާ ވާހަކައެކެވެ. ކަޅު ޞަފުހާގެ ތެރެއިން ޣައިރު ގާނޫނީ އަމުރަށް އަސްކަރިއްޔާއިން ބޯލެބިކަމަށް ތުހުމަތުކޮށް ގައުމުގެ ސަލާމަތީ ބާރާ މެދު ގިނަ ބައެއްގެ އިތުބާރު ގެއްލިގެން ދިއުމަކީ ފޫނުބެއްދޭނެވަރުގެ ގެއްލުމެއްކަން ޔަގީނެވެ.

ގައުމުގެ ހުރިހާ ދިމާލަކަށް ބަލާލި ނަމަވެސް އޭރު ފެންނަމުން ދިޔައީ ބޮޑެތި ބާގަނޑުތަކެކެވެ. ރައްޔިތުންގެ މޫނުން ރުޅިވެރިކަމެވެ. ނަތީޖާއެއް ގޮތުން ރައްޔިތުންނަށް ބާރު ލިބުނު ދުވަހު ބާރުގެ ބޭނުންކޮށް ގައުމު އަމާން އައްސޭރިއަށް ގެންދިޔައެވެ. ގައުމުގެ ހުންގާނު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ ހަވާލު ކުރިއިރު ގަައުމެއް ނެތޭ ބުނުމަކުން ގޯހަކަށް ނުވާނެއެވެ. ނަމަވެސް މިއަދު މިވަނީ ސްޕްރިމްކޯޓުގެ ފަނޑިޔާރުންގެ ބެޗް އައުކޮށް ޖުޑިޝަރީއަށް ރައްޔިތުންގެ އިތުބާރު ހޯދައިދީފައެވެ. އަބަދަށްމެ ރައްޔިތުންގެ ސަލާމާތާއި ޚިދުމަތުގައި މަސައްކަތް ކުރާ ސިފައިންނާއި، ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ ލޯބި ޖައްސުވާދީފައެވެ.

މިއަދު ސްޕްރިމްކޯޓުން ޓިނު ނަގާ ވާހަކައެއް ނުދައްކައެވެ. ސަލާމަތީ ބާރުތަކުން ރައްޔިތުންނަށް އަނިޔާވެރިވާ ވާހަކަތަކުގެ އަޑު މިއަދު ކެނޑިއްޖެއެވެ. ޖުޑިޝަރީއަށް އިތުބާރު ލިބުމާއެކު މިއަދު ފެންނަމުން ދަނީ އޭރުގެ ގަދަބަސް ބުނެ އަނިޔާވެރިކަން އިންތިހާއަށް އިސްކުރި ބައިގަނޑުވެސް ދެއިރު ދެދަޅައަށް ''ސްޕްރިމްކޯޓަށް'' އިންސާފު ހޯދަން ހިނގާ މަންޒަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
3%
6%
0%
30%
48%
12%
ކޮމެންޓް
9 ފެބްރުއަރީ 2021 | އަންގާރަ 08:05
އމމ
ޢޭރުވެސް މިހާރުވެސް ރައްޔިތުން އެންމެ އިތުބާރު ކުރާނީ ޖުޑިޝަރީއަށް.
7 ފެބްރުއަރީ 2021 | އާދީއްތަ 09:07
ލާމު
ފުރާޅުން ޓިނު ނެގިތަ؟ އެއީ ކުރިކަމެއްނޫން. ކަށަވަރުނުވާ ވާހަކަ ގަސްތުގައި އޮޅުވާލުމަށް ނުލިއުުއްވާ. ނޫހުގެއަގު ވެއްޓޭނީ.
7 ފެބްރުއަރީ 2021 | އާދީއްތަ 06:31
ާmަ×
ތިހީކުރަނީ މިގައުމުގަ އުޅެނީ ހުސް ތިކަހަލަ ގަމާރުން ކަމަށްތަ؟ ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުު ަަަ
7 ފެބްރުއަރީ 2021 | އާދީއްތަ 05:11
ފީލިން ޓިނު
ފުުރާޅުން ޓިނު ނަގަންޖެހުނީމަ ޓިނުވެސް ނަގަންވާނެ! ޓިނުނެގުމަށްވުރެ މިހާރު މުޅި ނިޒާމް އަންބޮޑި އަށްލަ އިގެން ތިބެ ކުރާ ކަންތަށް ދެރަތަ!
7 ފެބްރުއަރީ 2021 | އާދީއްތަ 02:13
މަމީ
ދައުލަތް ބަދުނާމުވުންނޫންކަމެއް ނުފެނޭ . ބަދަލު ހޮފުމަށް ކަމެއް ކުރިޔަސް މީބޮޑުވަރު ތިމާމެއްނަށް ހީވަނީ އަދުއިންސާފަކީ ތިމާމެން އެދޭގޮތޭ ،ތިބާގެގެއިންވައްކަންކޮށް ތިބާބަންދުކުރި މީހާ އެފަދަމައްސަލައެއްގައި ތިބާއި މެދުގައި ކޯޓުގައި ދޭނީ ކޮން ހެއްކެއް، ދީނުގައި ކަން އޮންނަގޮތް ހޯދާ ދިނުން އެދެން. ހައްގަކީ މިނިވަން ކަމުގައިވާނަމަ ސަރީޢަތް ނިމެންދެން ހުންނާނީ އެފަޑިޔާރެއް ހިތާމަކުރަނީ މިފަދަ ލިޔުން ލިޔާއިރު މީހުންނަށް ހުކުންކުރާ ފަޑިޔާރުންނަކީ ވަގުތުން ހަޖެހޭބަޔަކަށްވާކަން