ކ. މާލެ
|
1 ފެބްރުއަރީ 2021 | ހޯމަ 18:12
ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ވެކްސިން ލިބޭނެކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާފައިވޭ
ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ވެކްސިން ލިބޭނެކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާފައިވޭ
ރާއްޖެއެމްވީ
ބިދޭސީންނަށް ވެކްސިން ދިނުން
ދޭސީ ބިދޭސީއެއް ތަފާތު ކުރުމެއްނެތި އިންސާނިއްޔަތުކަމުގެ ނަމޫނާގައި ފިޔަޖަހަނީ!
 
ހަމަހަމަ އުސޫލުގެ ތެރެއިން ބިދޭސީންނަށް ހިލޭ ވެކްސިން ލިބޭނެ
 
ބިދޭސީން ގައުމަށް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުން
 
ދިވެހިން އަބަދުވެސް އެއްބައިވަންތަކަން އިސްކުރޭ

''އިންސާނިއްޔަތުކަން'' މިއީ އެންމެ ލަފްޒެކެވެ. ނަމަވެސް މިލަފްޒުގެ ބާރުވެރިވެރިކަން އިންތިހާއެވެ. ހާލަތާއި ގުޅިގެން އިންސާނިއްޔަތުކަން އިސްކޮށްފިނަމަ ކާމިޔާބުވާނެކަމާމެދު ސުވާލު އުފައްދާކަށް ޖާގައެއް ނެތެވެ. ނަމަވެސް އިންސާނިއްޔަތުކަން އިސްނުކޮށް ދޫކޮށްލަފިނަމަ އެތަނެއް ހަލާކުވެ ޖަންގަލީގެ އުސޫލަށް އެތަނެއް ނުވަތަ އެގައުމެއް ބަދަލު ވެގެންހިނގައިދާނެއެވެ.

އެފަދަ ހާލަތަކަށް ދާން މިއަދު ދިވެހި ރައްޔިތުން ބޭނުން ނުވެއެވެ. ލިބުނު ތައުލީމާއި ތަރައްގީއާއި ޓެކްނޮލޮޖީގެ އަލީގައި މިއަދު ދިވެހިންނަކީ ހޭލުންތެރިބައެކެވެ. އެކަން ދިވެހިންނަށް ދިމާވާ ކޮންމެ ކާރިސާއަކުން ސާބިތުކޮށްދީފައިވެއެވެ. ފަހުގެ ތާރީހެއްގައި ކުރިމަތިވި ހިތާމަވެރި ސުނާމީ ކާރިސާގައި ވެސް ދިވެހިން އެއްބައިވަންތަކަން އިސްކޮށް އެކަމުގެ ލާމަސީލު މިސާލު މުޅި ދުނިޔެއަށް ދައްކައިދީފައިވެއެވެ.

އޭގެ 16 އަހަރު ފަހުން އަނެއްކާވެސް ދިވެހިރާއްޖެ މިވަނީ ގަދަ ކޮޅިގަނޑެއްގައި ޖެހިފައެވެ. މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ އާލަމީ ވަބާއިން ކުޑަކުޑަ ދިވެހިރާއްޖެ ވަށާލި ނަމަވެސް ދިވެހިން ހިތްވަރު އެލުވާނުލާ އަމާން އައްސޭރިއަކަށް ދިއުމުގެ ވަރުގަދަ އަޒުމުގައި ދަނީ ދަތުރު ކުރަމުންނެވެ. މިދަތުރުގައި އެންމެ އިސްކަމެއް ދެނީ ''އިންސާނިއްޔަތު'' ކަމަށޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

އިންސާނިއްޔަތުކަން އިސްކޮށް ފުރަތަމަ ވެސް ފެނިގެންދިޔައީ މާލެ ސިޓީގައި ތޮއްޖެހިގެން ދިރިއުޅެމުންދިޔަ ބިދޭސީން ރައްކާތެރިކަމާއިއެކު ވަކިވަކި ފެސިލިޓީތަކަށް ބަދަލު ކުރި މަންޒަރެވެ. އަދި ފުރަތަމަ މާލެއިން ގިނަ އަދަދެއް ބިދޭސީން ޕޮޒިޓިވްވެގެން ދިއުމާއެކު އެމީހުންގެ ތެރޭގައި ބަލި ކޮންޓްރޯލް ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅިއެވެ. އެގޮތުން ގުޅީފަޅަށް ވެސް ބައެއް ބިދޭސީން ބަދަލު ކުރިއެވެ. އަދި ގައުމަށް ދާން ބޭނުންވާ ބިދޭސީންނަށް އެފުރުސަތު ވެސް ހުޅުވާލިއެވެ. ނަތީޖާއެއް ގޮތުން ބިދޭސީންގެ ތެރޭގައި ބަލި ފެތުރޭ މިންވަރު ކޮންޓްރޯލް ކުރެވިގެންދިޔައެވެ.

މީގެ އިތުރުން ބިދޭސީން ގައުމަށް ފޮނުވުމުގެ މަސައްކަތާއިބެހޭ ގޮތުން ދާދި ފަހުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ 2020ވަނަ އަހަރެކޭ އެއްފަދައިން 2021 ވަނަ އަހަރުވެސް ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީންގެ ތެރެއިން 20،000 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިހާތަނަށް ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުންގެ ތެރެއިން 7000ށް ވުރެ ގިނަ މީހުން ވަނީ އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާލާފައި ކަމަށެވެ. އަދި ލިޔެކިޔުންތައް އޮވެ ގައުމަށް ދާން ބޭނުންވާ 8000 މީހުން ގައުމަށް ފޮނުވާލާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ބިދޭސީން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި،

ބިދޭސީން އެމީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތާއެކު ޒަމާންތަކެއް ވެފައިވާ ބިދޭސީންގެ މައްސަލައަށް ހައްލު ލިބޭނެކަމުގެ އުންމީދު މިވަނީ އާވެފައެވެ. ނަމަވެސް ބިދޭސީންގެ ދަފްތަރެއް ނެތުމާއެކު ރާއްޖޭގައި ދިރިއުޅެމުންދަނީ ކިހާ އަދަދެއްގެ ބިދޭސީންކަމެއް އެއްވެސް މިނިސްޓްރީއަކަށް އަދި މުއައްސަސާއަކަށް ވެސް ނޭނގެއެވެ. ނަމަވެސް މިޕެންޑަމިކްގައި ދިވެހި ސަރުކާރުން އިސްކުރީ އިންސާނިއްޔަތުކަމެވެ. އަދަބު ދިނުމުގެ ބަދަލުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އިނގިލީގެ ނިޝާން ބޭނުން ކޮށްގެން ވެކްސިން ރަޖިސްޓްރޭޝަން ޕޯޓަލްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ގައުމަށް ދާން ބޭނުންވި މީހުންނަށް އެފުރުސަތުވެސް ދިނީއެވެ. އަދި ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ކުރަމުންދާ މަސައްކަތުގައި ބިދޭސީންވެސް ބައިވެރިކޮށް އެމީހުންނަށްވެސް ރައްކާތެރި މާހައުލެއް ހޯދައިދީނީއެވެ.

މީގެ އިތުރުން ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އެޅި އެންމެ މުހިންމު ފިޔަވަޅަކީ ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށުމެވެ. މިޕްރޮގްރާމްގައިވެސް ބައިވެރިވުމުގެ ފުރުސަތު ބިދޭސީންނަށް ވަނީ ހުޅުވާލާފައެވެ. ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެނަށް ބޭނުންވާ މިންވަރަށް ވެކްސިން ލިބޭނެކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާފައިވާއިރު ދޭސީންނާއި ބިދޭސީންނަށް ހަމަހަމަ އުސޫލެއްގެ ތެރެއިން ހިލޭ ވެކްސިން ދިނުމަށް ސަރުކާރުން ނިންމާފައިވެއެވެ.

ތަފާތު ކުރުމެއް ނެތި ބިދޭސީންނަށް ވެކްސިން ހިލޭ ދޭނެކަން ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު އިއުލާން ކުރެއްވުމާއިއެކު ސިޔާސީ ގޮތުން ބައެއް ފަރާތްތަކުން ތަފާތު ވާހަކަތައް ދެއްކި ނަމަވެސް މިކަމަކީ އިންސާނިއްޔަތުގެކަމުގެ ފުރިހަމަ ނަމޫނާއެކެވެ. މިކަމުގެ ސަބަބުން ބަލި ކޮންޓްރޯލް ކުރެވި، ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑި ހާސިލްވުމަށް މަގުފަހިވެގެންދެއެވެ.

އިންސާނީވަންތަކަން ގެއްލެނީ ޖަހާލަތުގެ ސިފަތައް ވެރިވުމުންކަމަށްވާއިރު، މުޖުތަމައެއްގައި އިންސާނިއްޔަތުގެ އަގުތަކާއި ހަމަތައް ނެތިގެން އުވިގެން ގޮސްފިނަމަ އެތަނެއްގައި ޖާހިލިއްޔަތު އުފަންވެ، އަލާވާނެއެވެ. އަދި އެފަދަ މުޖުތަމައެއްގައި އޮންނާނީ ޖަންގަލީގެ ނިޒާމާއި ރަސްމަތިފުށު ބޮޑުންނަށް މޮޅު ގޮތް ކަމާމެދު ޝައްކެތްވެސް ނެތެއެވެ. އެފަދަ ދަށު ދަރަޖައަކަށް މިއަދު ދިވެހި ރައްޔިތުން ދާކަށް ބޭނުމެއް ނުވާކަން މިނިންމުމާއެކު މިއަދު މިވަނީ ހާމަވެގެން ގޮސްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
22%
22%
0%
11%
44%
0%
ކޮމެންޓް
3 ފެބްރުއަރީ 2021 | ބުދަ 10:56
ގަންޖާ
ދީފަ ބަހައްޓާ. ކަލެއަކީ ހެޔޮފުޅު މީހެކޭ. އަބަދު ތިހުންނަނީ ކީރިތި ކުރެވިފަ.
1 ފެބްރުއަރީ 2021 | ހޯމަ 22:05
މުހަންމަދު.
ބަލަ ޑޮކްޓަރު އާތިފު އެހަދަނީ ތެދު. އިންޑިޔާގެ ފޭކު ވެކްސިން ޖެހުން ހުއްޓާލާ.