ކ. މާލެ
|
26 ޖެނުއަރީ 2021 | އަންގާރަ 12:45
ހޮންކޮންގގެ ކްލާސް ރޫމެއްގައި ސަވައިލެންސް ކެމެރާ ހަރުކޮށްފައި ވަނިކޮށް
ހޮންކޮންގގެ ކްލާސް ރޫމެއްގައި ސަވައިލެންސް ކެމެރާ ހަރުކޮށްފައި ވަނިކޮށް
ރޮއިޓަރސް
ހޮންކޮންގ ކްލާސް ރޫމުތަކުގައި ކެމެރާ ހަރުކުރުން
ޓީޗަރުން ކިޔަވައިދޭގޮތް މޮނީޓަރކުރުމަށް ހޮންކޮންގގެ ކްލާސްތަކުގައި ސަވައިލެންސް ކެމެރާ ހަރުކުރަނީ
 
ހޮންކޮންގ ސަރުކާރުން ވަނީ 2015 ވަނަ އަހަރު ވެސް މި އިޞްލާޙު ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައި

ޓީޗަރުން ކިޔަވައިދޭގޮތް މޮނިޓަރކުރުމަކީ މުހިންމު ކަމެއް ކަމަށާއި، ހޮންކޮންގ ސްކޫލްތަކުގެ ކްލާސް ރޫމުތަކުގައި ސަވައިލެންސް ކެމެރާ ހަރުކުރަން ޖެހޭ ކަމަށް ބުނެ އެގައުމުގެ ތަޢުލީމާ ބެހޭ ގާނޫނަށް ހުށަހެޅި އިޞްލާޙު ފާސްކޮށްފިއެވެ.

ހޮންކޮންގ ސަރުކާރުން ހުށަހެޅި މި އިޞްލާޙަށް ބަހުސް ކުރައްވަމުން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ގިނަ މެމްބަރުން ވަނީ މި އިޞްލާޙަށް ތާއިދުކުރައްވާ ވާހަކަދައްކަވާފައެވެ. އެގޮތުން މެމްބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ޓީޗަރުން ކިޔަވައިދޭގޮތް ދުވަހުން ދުވަހަށް މޮނިޓަރ ކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައި ހުންނަން ޖެހޭ ކަމަށާއި، ޓީޗަރުންގެ ފެންވަރު އެއް ލެވެލްއެއްގައި ހިފެހެއްޓުމަށް މިއީ ކުރަން މުހިންމު ކަމެއް ކަމަށް ފާހަގަ ކުރިއެވެ.

ގާނޫނު ހަދާ މަޖިލީހުން މި އިޞްލާޙު ފާސްވީ 40 މެމްބަރުންގެ ވޯޓާއެކުގައެވެ. މި އިޞްލާޙު ފާސްކުރަން ނުފެންނަކަމަށް އެއް މެމްބަރަކު ވޯޓު ދެއްވާފައިވާއިރު، ވަކި ކޮޅަކަށް ވޯޓުލާން ބޭނުންނުވާ ދެ މެމްބަރުން ތިއްބެވިއެވެ.

ހޮންކޮންގ ސަރުކާރުން ވަނީ 2015 ވަނަ އަހަރު ވެސް މި އިޞްލާޙު ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައެވެ. އެކަމަކު އެ ފަހަރު މި އިޞްލާޙު ފާސްވެފައިނުވާއިރު، އޭރު ތިއްބެވި މެމްބަރުން ވިދާޅުވީ މިއީ ސިޔާސީ ފައިދާއަކަށް ހުށަހަޅާފައިވާ އިޞްލާޙެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް
27 ޖެނުއަރީ 2021 | ބުދަ 09:50
އަލީމު
ތިޔައި ރާއްޖެގައި ވެސް ކޮންމެ ހެން ކުރައން ޖެހޭ ކަމެއް! އޭރުްނ ޓީޗަރުންނާއި ދަރިވަރުން ވެސް އެމީހުންގެ މަސައްކަތަށް ޒިންމާދާރުކުރުވަން ފަސޭހަވާނެ!