ކ. މާލެ
|
26 ޖެނުއަރީ 2021 | އަންގާރަ 12:58
މޯލްޑިވިއަންގެ ފްލައިޓެއް
މޯލްޑިވިއަންގެ ފްލައިޓެއް
މޯލްޑިވިއަން
މޯލްޑިވިއަން ޝެޑިއުލް ދަތުރު
ފެބްރުއަރީ 1އިން ފެށިގެން ކޮޗިންއަށް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް އަލުން ފަށަނީ
 
ދަތުރުތައް އޮންނާނީ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު
 
ދަތުރުތަކުގައި 30 ކިލޯގެ ފްރީ ބެގޭޖް އެލަވެންސް ލިބޭނެ

ފެބްރުއަރީ 1އިން ފެށިގެން ކޮޗިންއަށް މޯލްޑިވިއަންއިން ޝެޑިއުލް ދަތުރުތައް އަލުން ފަށާނެކަން ހާމަކޮށްފިއެވެ. މިކަން ހާމަކޮށް މޯލްޑިވިއަނުން ކުރި ޓުވީޓެއްގައި ވަނީ 1 ފެބްރުއަރީގައި ދަތުރުތައް ފަށާއިރު ކުރިއެކޭވެސް އެއްގޮތައް ހަފުތާއަކު 3 ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މޯލްޑިވިއަންގެ މިދަތުރުތައް ބާއްވާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ކޮޗިންއަށެވެ.

މޯލްޑިވިއަންގެ ދަތުރުތައް ފެށުމަށް ބުކިންއަށް ހުޅުވާލާފައިވާއިރު، ޓިކެޓް ވިއްކަނެ އަގެއް ހާމަކޮށްފައެއް ނުވެއެވެ. ދަތުރުތައް އޮންނާނީ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުކަމަށް މޯލްޑިވިއަނުން މަޢުލޫމާތުދެއެވެ. މި ދަތުރުތަކުގައި 30 ކިލޯގެ ފްރީ ބެގޭޖް އެލަވެންސް ލިބޭނެކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ. ބުކިން ހެދުމަށް މޯލްޑިވިއަންގެ އޮފީހަށް ގުޅައިގެން ނުވަތަ ވައިބަރގެ ކިއުއާރް ސްކޭންކޮށްގެން ހަމަޖެއްސޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

މޯލްޑިވިއަންއިން އިންޑިއާގެ ކޮޗިންއަށް ސީދާ ދަތުުރުތައް ފަށާފައިވަނީ 2019 ވަނަ އަހަރުއެވެ. އެހެންނަމަވެސް، ކޮވިޑް-19ގެ ސަބަބުން ފުރަބަންދުވެ ދެ ޤައުމުގެ ދެމެދުގައި ކުރަމުން އައި ދަތުރުތައް ވަނީ ހުއްޓާލާފައެވެ. އެހެންނަމަވެސް، ކޮވިޑްގެ ހާލަތުގައި ވެސް އިންޑިއާއަށް ބޭސްފަރުވާއަށް ދިއުމަށް ހުޅުވާލި ފުރުސަތުގެ ދަށުން މޯލްޑިވިއަނުން ވަނީ ކޮޗިންއަށް ޚާއްޞަ ފްލައިޓްތައް ބާއްވާފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ހަތަރު ދުވަހު ވެސް މޯލްޑިވިއަންއިން އިންޑިއާގެ ކޮޗިންއަށް ޚާއްޞަ ފްލައިޓުތަކެއް ވަނީ ބާއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
100%
0%
0%
0%
0%
ކޮމެންޓް