ކ. މާލެ
|
26 ޖެނުއަރީ 2021 | އަންގާރަ 14:46
ކޮވިޑް-19 އާ ގުޅިގެން މީރާއިންދޭ ޚިދުމަތްތައް ދެނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކަކާއެކު
ކޮވިޑް-19 އާ ގުޅިގެން މީރާއިންދޭ ޚިދުމަތްތައް ދެނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކަކާއެކު
ރާއްޖެއެމްވީ
ޓެކްސްދައްކާ ސުންގަނޑިތައް ކައިރިވުން
ޓެކުހުގެ ސުންގަނޑިތަކަށް ސަމާލުވުމަށް މީރާއިން އިލްތިމާސްކޮށްފި
 
31 ޖެނުއަރީ އަކީ އާމްދަނީން ނަގާ ޓެކުހުގެ 2020 ވަނަ އަހަރުގެ ދެވަނަ އިންޓަރިމް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑި
 
28 ޖެނުއަރީ އަކީ 2020 ވަނަ އަހަރުގެ ޑިސެންބަރު މަސް އަދި ފަހު ކުއާޓަރގެ ޖީއެސްޓީ ބަޔާން ހުށަހަޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑި
 
ޖެނުއަރީ މަހުގެ ފަހު ހަފުތާއަކީ ޓެކުހުގެ މުހިންމު ސުންގަޑިތަކެއް ހިމެނޭ ހަފުތާއެއް

ކުރިމަތިވަމުން އަންނަ ޓެކުހުގެ ސުންގަނޑިތަކަށް ސަމާލުވުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިލްތިމާސްކޮށްފިއެވެ.

މީރާއިން ނެރުނު ނޫސްބަޔާނެއްގައި ވަނީ މި ދުވަސްވަރަކީ ކޮވިޑް-19ގެ ކޭސްތައް ގިނަވަމުންދާ ދުވަސްވަރަކަށް ވާތީ، ޓެކްސް ދައްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި، ކުރިމަތިވަމުން އަންނަ ޓެކުހުގެ ސުންގަޑިތަކުގައި ޚިދުމަތް ހޯދުމަށް މީރާއަށް ޒިޔާރަތްކުރާ ފަރާތްތަކުން ސަމާލުވާން އިލްތިމާސްކޮށްފައެވެ.

ޖެނުއަރީ މަހުގެ ފަހު ހަފުތާއަކީ ޓެކުހުގެ މުހިންމު ސުންގަޑިތަކެއް ހިމެނޭ ހަފުތާއެއް ކަމަށް މީރާއިން މަޢުލޫމާތުދެއެވެ. އެގޮތުން، 28 ޖެނުއަރީ އަކީ 2020 ވަނަ އަހަރުގެ ޑިސެންބަރު މަސް އަދި ފަހު ކުއާޓަރގެ ޖީއެސްޓީ ބަޔާން ހުށަހަޅައި ފައިސާދެއްކުމުގެ ސުންގަޑިއެވެ. އަދި 31 ޖެނުއަރީއަކީ އާމްދަނީން ނަގާ ޓެކުހުގެ 2020 ވަނަ އަހަރުގެ ދެވަނަ އިންޓަރިމް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑިއެވެ.

ވޭތުވެ ދިޔަ އަހަރުތަކަށް ބަލާއިރު، މި ފަދަ ސުންގަޑިތަކަކީ ޓެކްސް ދައްކާ ވަރަށް ގިނަ ފަރާތްތަކުން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަށްޓަކައި މީރާއަށް ޒިޔާރަތްކުރާ ސުންގަޑިތަކެއްކަން މީރާއިން ފާހަގަކުރެއެވެ. އެހެން ނަމަވެސް، މި ދުވަސްވަރު ކޮވިޑް-19ގެ ސަބަބުން އިޖުތިމާޢީ ގައިދުރުކަމާއެކު ޚިދުމަތް ދެމުން ގެންދާތީ ޚިދުމަތް ދޭ ކައުންޓަރުތައް މަދުވާނެ ކަން ފާހަގަކޮށް، ޓެކްސް ދައްކާ ފަރާތްތަކުން އެންމެ ފަހު ވަގުތަށް މަޑު ނުކުރައްވައި ދުރާލާ ޓެކްސް ބަޔާންހުށަހަޅައި ފައިސާދެއްކުމަށް މީރާއިން އެދެއެވެ.

މީގެ އިތުރުން، ޖީ.އެސް.ޓީ ބަޔާނާއި އިންކަމް ޓެކްސް އިންޓަރިމް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމަކީ އޮންލައިކޮށް ކުރެވޭ ކަމެއް ކަމަށް ވެފައި، ޓެކްސް ދައްކާ ހުރިހާ ފަރާތްތަކަށް ވެސް މީރާ ކަނެކްޓް އެކައުންޓް ދޫކޮށްފައިވާތީ، ކޮވިޑްގެ މި ހާލަތުގައި ޓެކުހާ ގުޅޭ ޒިންމާތައް އަދާކުރުމަށް މީރާއަށް އައުމުގެ ބަދަލުގައި ހުރިހާ ފަރާތްތަކުން ވެސް އޮންލައިން ޚިދުމަތް ބޭނުންކުރުމަށް މީރާއިން އެދެއެވެ.

މީރާއިން ވަނީ ޖީ.އެސް.ޓީ ސުން ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުން ވާރުގޭ ނުވަތަ މީރާ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަ ކަމާއެކު އެކަން ކުރެވޭނެކަން ފާހަގަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް