ކ. މާލެ
|
26 ޖެނުއަރީ 2021 | އަންގާރަ 12:09
އިސްދޫ ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ
އިސްދޫ ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ
އެމްޓީސީސީ
ލ. އިސްދޫ ބަނދަރު
ލ. އިސްދޫ ބަނދަރު ހެދުމުގެ 50 އިންސައްތަ މަސައްކަތް ނިންމާލައިފި
 
އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ %45 މިހާރު ވަނީ ނިމާލާފައި
 
ބަނދަރު ފުންކުރުމުގެ މަސައްކަތް މިހާރުވަނީ އެއްކޮށް ނިމާލާފައި

ލ. އިސްދޫ ބަނދަރު ހެދުމުގެ 50 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ. ލ. އިސްދޫ ބަނދަރުހެދުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއެވެ.

މި ބަނދަރުގެ ހެދުމުގެ މަސައްކަތުގެ އެންމެ ފަހުގެ މަޢުލޫމާތު ހާމަކޮށް އެމްޓީސީސީއިން ކުރި ޓުވީޓްގައި ވަނީ، ލ. އިސްދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %50 ނިމިފައިވާކަން ހާމަކޮށްފައެވެ. އެގޮތުން މިމަޝްރޫޢުގެ ދަށުން، ބަނދަރު ފުންކުރުމުގެ މަސައްކަތް މިހާރުވަނީ އެއްކޮށް ނިންމާލާފައެވެ. އަދި އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ %45 މިހާރު ވަނީ ނިންމާލާފައެވެ.

އިސްދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފަށާފައިވަނީ، 27 އޯގަސްޓް 2020ގައެވެ. އިސްދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެމް.ޓީ.ސީ.ސީ.އާ ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ޖުމްލަ 34.7 މިލިއަން ރުފިޔާގެ މި މަޝްރޫޢުއަކީ 330 ދުވަހުގެ ތެރޭގައި ނިންމުމަށް ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް