ކ. މާލެ
|
26 ޖެނުއަރީ 2021 | އަންގާރަ 12:07
ބޭންކް އޮފް މޯލްޑިވްސްގެ މައި އޮފީސް
ބޭންކް އޮފް މޯލްޑިވްސްގެ މައި އޮފީސް
ބެންކް އޮފް މޯލްޑިވްސް
ބީއެމްއެލް އިންޓަރނެޓް ބޭންކިންގ
މިދިޔަ 9 މަސްދުވަހުގެތެރޭގައި ބީ.އެމް.އެލް. އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް 80،000 އަށް ވުރެ ގިނަ އެޕްލިކޭޝަން ހުށަހެޅުނު
 
ބީ.އެމް.އެލް. އިން ވަނީ ކޮވިޑް-19 ގެ ސަބަބުން ކަސްޓަމަރުންގެ ރައްކާތެރިކަމަށް އިސްކަން ދިނުމުގެ ގޮތުން ގިނަ ޚިދުމަތްތައް އޮންލައިންކޮށް ހޯދުމަށް ބާރުއަޅާފައި

މިދިޔަ 9 މަސްދުވަހުތެރޭ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް 80،000ށް ވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިިވާ ކަމަށް ބީ.އެމް.އެލް.އިން ބުނެފިއެވެ.

ކޮވިޑް-19 ގެ ސަބަބުން ޚިދުމަތް ހޯދުމަށް ގިނަ ބަދަލުތަކެއް ގެނެވިފައިވާއިރު ކަސްޓަމަރުންނަށް ލުއި ފަސޭހަކަމާއެކު ޚިދުމަތް ހޯދުމަށް މަގުފަހި ކުރުމަށް ބީ.އެމް.އެލް. އިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން، ކަސްޓަމަރުނަށް ފޯރުކޮށްދޭ ގިނަ ޚިދުމަތްތައް އޮންލައިންކޮށް އެދި ހުށަހެޅޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ބީ.އެމް.އެލް.އިން ބުނީ އެކުންފުނިން ދެމުންގެންދާ އިންޓަރނެޓް ބޭންކިންގ ޚިދުމަތް މެދުވެރިކޮށް ފޯރުކޮށްދޭ އިތުރު އެކައުންޓް ހުޅުވުމާއި، ކްރެޑިޓް އަދި ޑެބިޓް ކާޑަށް އެދި ހުށަހެޅުމާއި، ލުއި ލޯނަށް އެދި ހުށަހެޅުމުގެ އިތުރުން މަޢުލޫމާތު ފޯމު އަޕްޑޭޓްކުރުމަށް 80،000 އަށް ވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށެވެ. އަދި މިއީ މިދިޔަ އަހަރުގެ މާރިޗު މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ހުށަހެޅުނު އަދަދު ކަމަށް ބީއެމްއެލްއިން ބުނެއެވެ. މިއީ 2019 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %33 އަށް ވުރެ އިތުރު އަދަދެކެވެ.

ބީ.އެމް.އެލް. އިން ވަނީ ކޮވިޑް-19 ގެ ސަބަބުން ކަސްޓަމަރުންގެ ރައްކާތެރިކަމަށް އިސްކަން ދިނުމުގެ ގޮތުން ގިނަ ޚިދުމަތްތައް އޮންލައިންކޮށް ހޯދުމަށް ބާރުއަޅާފައެވެ. މި ގޮތުން އިންޓަރނެޓް ބޭންކިންގގެ އިތުރުން ޚިދުމަތް ހޯދުމަށް ކަސްޓަމަރުން ބޭންކަށް އަންނަންޖެހޭ ގޮތަށް ހުރި ގިނަ ޚިދުމަތްތަކެއް އޮންލައިންކޮށް ލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މީގެ ތެރޭގައި އިންޓަރނެޓް ބޭންކިންގއަށް އޮންލައިންކޮށް ރަޖިސްޓަރީކުރުމާއި، ޑިޖިޓަލް ޕިންގެ ޚިދުމަތުގެ އިތުރުން ޓީޓީ އަށް އެދި ހުށަހެޅުމާއި، ޕޭރޯލްގެ ޚިދުމަތް ހޯދުމަށް އީމެއިލް ކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅާފައިވާ ގައިޑްލައިނާ، އެއްގޮތްވާ ގޮތުގެ މަތިން ބްރާންޗްތަކުން ކިއުބީއެޕް ނަންބަރުތަކަށް ޚިދުމަތް ދެމުންދާއިރު ސަރވިސް ސެންޓަރ ތަކުން ޚިދުމަތް ދެމުންދާނީ އެޕޮއިންޓްމަންޓަށެވެ.

ކޮވިޑް-19 ފެތުރެން ފެށި ފަހުން، އޮންލައިން ޚިދުމަތްތައް ބޭނުންކުރާވަރު އިތުރުވެ، މިހާރު ބޭންކުގެ 90 ޕަސެންޓް އަށް ވުރެ ގިނަ ކަސްޓަމަރުން އިންޓަނެޓް ބޭންކިންގެ ޚިދުމަތްތައް ބޭނުންކުރާ ކަމަށް ބީ.އެމް.އެލް.އިން ބުނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި
އެހާ އިޚުލާސްތެރިނަމަ "އުޑުގައި ނުޖެހި ބިމުގައި ނުޖެހި" މައްސަލަ ބަލަން ގޮވާލައްވާނެ