ކ. މާލެ
|
26 ޖެނުއަރީ 2021 | އަންގާރަ 11:59
ފުޑް ކޯޓް ސަރަހައްދު
ފުޑް ކޯޓް ސަރަހައްދު
ސޯޝަލް މީޑިއާ
ފުޑްކޯޓަށް ނުވަދެވޭ މައްސަލަ
ނުކުޅެދޭ މީހުންނަށް ފުޑް ކޯޓަށް ނުވަދެވޭ މައްސަލަ މާލޭ ސިޓީ ކައުންސިލްގެ ސަމާލުކަމަށް ގެނައުމުން، އެ މައްސަލަ ހައްލުކޮށްފި
 
ޝަމާޢުވަނީ މިފަދަކަމެއް ހިނގާދިއުމުން އެކަމަށް މާފަށް އެދިފައި
 
ފުޑް ކޯޓް މައްސަލަ ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ހޫނުވެފައި

މާލޭގެ ފުޑް ކޯޓް ސަރަޙައްދަށް ނުކުޅެދުންތެރިކަން މީހުންނަށް ނުވަދެވޭ މައްސަލަ މާލެ ސިޓީ ކައުންސިލްގެ ސަމާލުކަމަށް ގެނައުމުން، އެ މައްސަލަ ހައްލުކޮށްފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާންމު ތަންތަނުގެ ތެރޭގައި ހިމެނޭ ފުޑްކޯޓަށް ވަނުމުގައި ހުރަސްއެޅޭ ގޮތަށް ތަންތަން ހުރުމުން މިކަމުގެ ކަންބޮޑުވުން ދަނީ ފާޅުކުރަމުންނެވެ.

މި މައްސަލަ މި ފަހަކަށް އައިސް އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ ނުކުޅެދުންތެރިކަން ހުންނަ ފަރާތެއް ކަމަށްވާ މިރުޒާ މުނީރު ފޭސްބުކް ލިޔެފައިވާ ޕޯސްޓެއްގައި ފުޑްކޯޓަކީ އޭނާ ވަރަށް ގިނައިން ދާ ތަނެއް ކަމަށާއި، އެހެން ނަމަވެސް މިއަދު ހާލަތު ބަދަލުވެފައިވާކަން ބަޔާންކޮށް ލީ ޕޯސްޓާއެކުއެވެ. އާންމު ތަންތަން ހަދާ މަރާމާތު ކުރާ އިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާމެދު މެދު ވިސްނާނީ ކޮންއިރަކުންތޯ އޭނާ ވަނީ ސުވާލު ކޮށްފައެވެ.

މި މައްސަލަ މާލެ ސިޓީ ކައުންސިލްގެ ސަމާލުކަމަށް ގެނައުމަށް މިރުޒާ މުނީރްގެ ޕޯސްޓް ޓުވިޓާގައި ވަނީ ވަރަށް ބޮޑަށް ދައުރުކުރުވާފައެވެ. އެގޮތުން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާޢު ޝަރީފް ޓެގްކޮށް ކުރި ޕޯސްޓަށް ވަނީ ޖަވާބުދީފައެވެ. މި މައްސަލައިގެ ޖަވާބުގައި ޝަމާޢުވަނީ މިފަދަކަމެއް ހިނގާދިއުމުން އެކަމަށް މާފަށް އެދިފައެވެ. މިފަދަ ކަންކަމަކީ ހިނގައިގެން ނުވާނެ ފަދަ ކަމެއްކަމަށާއި، މި މައްސަލަ މިއަދު ހައްލުކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ރޭގެ ވަގުތެއްގައި މާލެ ސިޓީގެ ސަމާލުކަމަށް ގެނައުމުން މިއަދުގެ ހެނދުނުގެ ވަގުތެއްގައި މި މައްސަލަ ވަނީ ހައްލުކޮށްފައެވެ. އެގޮތުން ސައިކަލުތައ ޕާކްކޮށްފައިވާގޮތައް ބަދަލުގެނެސް ފުޑް ކޯޓް ސަރަހައްދަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާކަން އޭނާ ޙާލަތު ބެލުމަށްފަހު ކުރި ޓުވީޓްގައި ލާފައިން ފޮޓޯއިން އެނގެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
50%
0%
25%
13%
13%
ކޮމެންޓް