ކ. މާލެ
|
26 ޖެނުއަރީ 2021 | އަންގާރަ 10:01
ހުޅުމާލޭގެ ޑިވެލޮޕްމަންޓް ޕްލޭންގެ މޮޑެލްއެއް، ނައިބު ރައީސް ފައިސަލް ނަސީމާއި ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ބައްލަވައިލައްވާއިރު އަރިހުގައި އެޗް.ޑީ.ސީ.ގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަ
ހުޅުމާލޭގެ ޑިވެލޮޕްމަންޓް ޕްލޭންގެ މޮޑެލްއެއް، ނައިބު ރައީސް ފައިސަލް ނަސީމާއި ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ބައްލަވައިލައްވާއިރު އަރިހުގައި އެޗް.ޑީ.ސީ.ގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަ
ރައީސް އޮފީސް
ސެންޑަލް މޮރިޝަސް ހައުސިންގ ޔުނިޓްސް
ސެންޑަލް މޮރިޝަސްގެ ހައުސިންގ ޔުނިޓްތައް ވިއްކުމާ ގުޅޭގޮތުން އެޗް.ޑީ.ސީ.ގެ ދައުރެއް ނެތްކަމަށް ބުނެފި
 
ހައުސިންގ ޔުނިޓްތައް ވިއްކުމުގެ އިޚްތިޔާރު ލިބިގެންވަނީ ސެންޑަލް މޮރިޝަސްއަށް
 
އެ ހައުސިންގ ޔުނިޓްތައް ވިއްކުމާ އަދި އެކަމާގުޅޭ އެއްވެސް މުޢާމަލާތެއްގައި އެޗް.ޑީ.ސީ.ގެ ދައުރެއް ނެތް
 
ސެންޑަލް މޮރިޝަސް ހައުސިން ޕްރޮޖެކްޓަކީ ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ހިންގާ ޕްރޮޖެކްޓެއް

ސެންޑަލް މޮރިޝަސްގެ ފަރާތުން ހުޅުމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޕްރޮޖެކްޓްގެ ދަށުން ވިއްކާ ހައުސިންގ ޔުނިޓްތައް ވިއްކުމާގުޅޭ އެއްވެސް މުޢާމަލާތެއްގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދައުރެއް ނުވާކަމަށް އެކުންފުނިން ބުނެފިއެވެ.

އެޗް.ޑީ.ސީ.ން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ހުޅުމާލެ ފޭސް 1ގެ D6-1C އަދި D1-1 ޕްލޮޓްގައި ހައުސިންގ ޕްރޮޖެކްޓެއް ހިންގުމަށް ސެންޑަލް މޮރިޝަސް އާއި މިނިސްޓްރީ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއެކު 19 މާރޗު 2015 ވަނަ ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިކުރެވިފައި ކަމަށެވެ. އަދި އެ ޕްރޮޖެކްޓް ސެންޑަލް މޮރިޝަސްއާ ޙަވާލުކުރުމަށް 08 އޮކްޓޯބަރު 2020 ވަނަ ދުވަހު ސެންޑަލް މޮރިޝަސް އާއި މިނިސްޓްރީ އޮފް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ އަދި އެޗްޑީސީއާއެކު ޓްރައިޕްޓައިޓް އެގްރީމަންޓެއްގައި ސޮއިކޮށްފައިވާކަމަށެވެ.

އެޗްޑީސީން ބުނެފައިވާ ގޮތުގައި، ސެންޑަލް މޮރިޝަސް އާއި ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މި ޕްރޮޖެކްޓް ތަރައްޤީކުރުމާއި އެ ޕްރޮޖެކްޓްގެ ދަށުން އިމާރާތްކުރެވޭ ހައުސިންގ ޔުނިޓްތައް ވިއްކުމުގެ އިޚްތިޔާރު ސެންޑަލް މޮރިޝަސްއަށް ލިބިގެންވާ ކަމަށެވެ. އަދި އެ އެއްބަސްވުމަކީ ސަރުކާރާއި ސެންޑަލް މޮރިޝަސްއާ ދެމެދުވެފައިވާ އެއްބަސްވުމަކަށްވާތީ، އެ އެއްބަސްވުމުގެ ދަށުން ހައުސިންގ ޔުނިޓްތައް ވިއްކުމާއި ވިއްކުމާ ގުޅޭ އެއްވެސް މުޢާމަލާތެއްގައި އެޗް.ޑީ.ސީ.ގެ ދައުރެއް ނުވާކަމަށް އެކުންފުނިން ބުނެފައިވެއެވެ.

ރާއްޖޭގެ ރައްޔިތުންނަށް އަދި ޚާއްޞަކޮށް މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ހިއްކައި، ހައުސިންގ ޔުނިޓްތައް އިމާރާތްކުރަމުންދިޔަނަމަވެސް، އެދެވޭ ގޮތެއްގައި ބޯހިޔާވަހިކަމަށް އަވަސް ހައްލެއް ލިބިގެން ގޮސްފައެއް ނުވެއެވެ. ހައުސިންގ ބައެއް ޕްރޮޖެޓްތައް އެދެވޭ އަވަސް މިނެއްގައި ކުރިއަށްނުދާއިރު ބައެއް ޕްރޮޖެކްޓްތައް ހުއްޓިފައިވާކަން ވެސް ފާހަގަކުރެވެއެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ގާތް އެކުވެރިޔެއްގެ ކުންފުންޏެއް ކަމަށްވާ ސީލައިފް ކިޔާ ކުންފުންޏަކަށް ހައުސިންގ ޕްރޮޖެކްޓެއް ހިންގުމަށް ހަވާލުކުރުމުން، އެކުންފުނިން ވަނީ ހައުންސިން ޔުނިޓް ދޭނެ ކަމަށްބުނެ، ބައެއް ފަރާތްތަކުގެ އަތުން އެޑްވާންސްކޮށް ފައިސާ ނެގުމަށްފަހު ފިލާފައެވެ.

މާލެ ސަރަަހައްދުގައި އެކަނިވެސް، ދަތިހާލުގައި އުޅޭ، ބޯހިޔާވަހިކަން ބޭނުންވާ 25،000އަށްވުރެ ގިނަ ރައްޔިތުން ދިރިއުޅޭކަމަށް ވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
25%
13%
0%
25%
13%
25%
ކޮމެންޓް
26 ޖެނުއަރީ 2021 | އަންގާރަ 20:01
ވީރަސް
5 އަހަރު ............