ކ. މާލެ
|
26 ޖެނުއަރީ 2021 | އަންގާރަ 08:30
ދޫނި ރޯގާގެ ސަބަބުން ސިއްޙީ މާހިރުން ރައްކާތެރިކަމާއެކު ދޫނިތައް ނައްތާލުމުގެ މަސައްކަތް ކުރަނީ
ދޫނި ރޯގާގެ ސަބަބުން ސިއްޙީ މާހިރުން ރައްކާތެރިކަމާއެކު ދޫނިތައް ނައްތާލުމުގެ މަސައްކަތް ކުރަނީ
އިންޑިއާ ޓައިމްސް
އިންޑިއާގައި ދޫނި ރޯގާ ފެތުރުން
އިންޑިއާގައި ހަލުވި ކަމާއެކު ދޫނި ރޯގާ ފެތުރެނީ
 
ދޫނި ރޯގާގެ ސަބަބުން ނައްތާލަންޖެހޭ ދޫނިތަކުގެ އަދަދު މިލިއަނަކާ ގާތް ކުރާނެ

އިންޑިއާގައި ހަލުވި ކަމާއެކު ދޫނި ރޯގާ ފެތުރެމުން އަންނަ ކަމަށް އެގައުމުން ބުނެފިއެވެ.

އިންޑިއާގެ ފިޝަރީޒް، އެނިމަލް ހަސްބަންޑްރީ އެންޑް ޑައިރީންގ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ކުރިން ދޫނި ރޯގާ އެގައުމުގެ ދެ ސްޓޭޓަކުން ފެނުނު ނަމަވެސް މިހާރު މި ބަލި ވަނީ އެ ގައުމުގެ 12 ސްޓޭޓަކުން ފެނިފައެވެ. އަދި މިހާރު މި ބަލި މުޅި ގައުމަށް ފެތުރިދާނެ ކަމުގެ ބިރު އޮތް ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.

ފިޝަރީޒް، އެނިމަލް ހަސްބަންޑްރީ މިނިސްޓްރީއިން އިތުރަށް ބުނީ ދޫނި ރޯގާ ޖެހިގެން އެ ގައުމުން އެތައް ލައްކަ ދޫންޏެއް މިހާތަނަށް މަރުވެފައިވާ ކަމަށާއި، ދޫނި ރޯގާ ކޮންޓްރޯލްކުރުމަށް ކަމާބެހޭ އިދާރާތަކާއެކު، މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު ވެސް އެތައް ލައްކަ ދޫންޏެއް ރައްކާތެރި ކަމާއެކު ނައްތާލާފައިވާ ކަމަށާއި، ދޫނި ގެންގުޅޭ ތަންތަނަށް ބޭސް ޖެހުމާއި، އެތަންތަނުގެ ސާފުތާހިރުކަން ބަލައި އިންސްޕެކްޓްކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މިނިސްޓްރީއިން އިތުރަށް ބުނީ ދޫނި ރޯގާގެ ސަބަބުން ނައްތާލަންޖެހޭ ދޫނިތަކުގެ އަދަދު މިލިއަނަކާ ގާތް ކުރާނެ ކަމަށް ބެލެވޭ ކަމަށާއި، އެއާއެކު އިންޑިއާގެ ދަނޑުވެރިންނަށް އަދި ދޫނި ގެންގުޅޭ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

އޭވިއަން އިންފްލުއެންޒާގެ ނަމުން ނަންދީފައިވާ ދޫނިރޯގާއަކީ ކެއުމަށް ބޭނުންކުރާ ދޫނިތަކާއި ޕެޓްގެ ގޮތުގައި ގެންގުޅޭ ދޫނިތަކާއި އެނޫން ވެސް ތަފާތު ދޫނިތަކުގެ ނޭވާލާ ނިޒާމަށް ޖެހޭ ރޯގާއެއްކަމަށް ވާއިރު މިއީ ދޫނިތަކުގެ ޒަރީއާއިން އިންސާނުންނަށް ވަރަށް ފަސޭހައިން ޖެހޭ ރޯގާއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
50%
0%
0%
50%
ކޮމެންޓް