ކ. މާލެ
|
26 ޖެނުއަރީ 2021 | އަންގާރަ 02:58
ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އެސްޓްރަޒެނެކާގެ އޮކްފޯރޑް ޔުނިވަރސިޓީއާއި ގުޅިގެން އުފައްދާފައިވާ ކޮވިޑް-19 ވެކްސިން
ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އެސްޓްރަޒެނެކާގެ އޮކްފޯރޑް ޔުނިވަރސިޓީއާއި ގުޅިގެން އުފައްދާފައިވާ ކޮވިޑް-19 ވެކްސިން
އެސްޓްރަޒެނެކާއިން ސައުދީއަށް ވެކްސިން ވިއްކުން
އެސްޓްރަޒެނެކާއިން ސައުދީއަށް ކޮވިޑް ވެކްސިންގެ 3 މިލިއަން ޑޯޒް ވިއްކަނީ
 
މި ވެކްސިނަކީ 70 އިންސައްތަ ކާމިޔާބު ވެކްސިނެއް
 
އެސްޓްރަޒެނެކާ އާއި އޮކްސްފޯޑްއިން ވަނީ ގިނަ ރިސާޗްތަކެއް އާންމުކޮށްފަ
 
ކޮންމެ ޑޯޒެއް 5.25 ވިއްކާނީ ޑޮލަރުގައި

ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އެސްޓްރަޒެނެކާގެ އޮކްފޯރޑް ޔުނިވަރސިޓީއާއި ގުޅިގެން އުފައްދާފައިވާ ކޮވިޑް-19 ވެކްސިންގެ 3 މިލިއަން ޑޯޒް ސައުދީ އަރަބިއްޔާއަށް ވިއްކަން ނިންމައިފިއެވެ.

ސައުދީ ގެޒެޓުން ބުނީ ހަފްތާއެއްގެ ތެރޭގައި ވެކްސިން ގެންނާނެ ކަމަށާއި ކޮންމެ ޑޯޒެއް 5.25 ޑޮލަރުގައި ވިއްކަން ހަމަ ޖެހިފައިވާ މި ވެކްސިން ވިއްކުމަށް ހަމަޖެހިފައިވަނީ އެސްޓްރަޒެނެކާގެ ފަރާތުން ކަމަށެވެ.

ސެރަމް އިންސްޓިޓިއުޓުން އުފައްދާ ކޮވިޝީލްޑްއަކީ އެސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން އުފައްދާ ކޮވިޑް ވެކްސިން ނަމަވެސް އެ ވެކްސިން އާއި މި ވެކްސިން ކުދި ކުދި ތަފާތު ހުންނާނެ ކަމަށް މާހިރުން ބުނެއެވެ.

އެހެންނަމަވެސް ދެ ވެކްސިން މަސައްކަތްކުރާ ގޮތުގައި މާބޮޑެތި ތަފާތުތަކެއް ނުހުންނާނެކަމަށް މާހިރުން ބުނެއެވެ. މިހާތަނަށް އައިރު ސެރަމް އިން ވެކްސިންގެ ނަތީޖާތައް އާންމުކޮށްފައި ނެތް ނަމަވެސް އެސްޓްރަޒެނެކާ އާއި އޮކްސްފޯޑްއިން ވަނީ ގިނަ ރިސާޗްތަކެއް އާންމުކޮށްފައެވެ.

އެސްޓްރަޒެނެކާއިން އާންމު ކުރި އެންމެ ފަހުގެ ނަތީޖާތައް ދައްކާގޮތުން ހަތަރު ހަފުތާގެ ދުރުމިނުގައި ދެ ޑޯޒްއިން ޖަހާ މި ވެކްސިނަކީ 70 އިންސައްތަ ކާމިޔާބު ވެކްސިނެކެވެ. އަދި މި ވެކްސިނަކީ ހަ މަސް ދުވަސްވަންދެން ރެފްރިޖަރޭޓަރގައި ރައްކާކޮށްފައި ބެހެެއްޓޭނެއެވެ. އެހެންކަމުން މިވެކްސިނަކީ ރައްކާތެރިކަަމާއިއެކު އެއް ގައުމަށް ގެންދިއުމުގައި ވެސް އެންމެ ފަސޭހަ ވެކްސިނެވެ.

މިއާއެކު ޑިސެމްބަރ މަހުގެ 30 ވަނަ ދުވަހު އިނގިރޭސިވިލާތުން މި ވެކްސިން އެގައުމުގައި އެމަޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ދީފައިވާއިރު، އިންޑިއާއިން ކޮވިޝީލްޑް އެގައުމުގައި އެމަޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަދީފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހުއެވެ. މީގެ އިތުރުން މެކްސިކޯ، ބްރެޒިލް އަދި ޕާކިސްތާނުން ވެސް ވަނީ މި ވެކްސިނަށް ހުއްދަދީފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
100%
ކޮމެންޓް