ކ. މާލެ
|
25 ޖެނުއަރީ 2021 | ހޯމަ 08:16
އިސްރާއީލް އާއި ޔޫ.އޭ.އީ. ގެ ދިދަ، އެމްބަސީ ހުޅުވާފައިވަނީ އާދިއްތަ ދުވަހު
އިސްރާއީލް އާއި ޔޫ.އޭ.އީ. ގެ ދިދަ، އެމްބަސީ ހުޅުވާފައިވަނީ އާދިއްތަ ދުވަހު
ބްޒިނަސް ސްޓެންޑަރޑް
ޔޫ.އޭ.އީ- އިސްރާއީލްގެ ގުޅުން
ޔޫ.އޭ.އީ.ގައި އިސްރާއީލްގެ އެމްބަސީ ހުޅުވައިފި
 
ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ
 
އިސްރާއީލް އާއި ޔޫ.އޭ.އީ.އިން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 15 ސެޕްޓެންބަރ 2020 ގައި
 
އެމްބަސީއަށް ސަފީރަކު ޢައްޔަން ކުރެވެންދެން ވަގުތީ ގޮތުން ހުންނަވަނީ ހެޑް އޮފް މިޝަން އީތަން ނާއޭ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔުއޭއީ) ގައި އިސްރާއީލްގެ އެމްބަސީ ހުޅުވައިފިއެވެ.

އިސްރާއީލްގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ ބޭރުގެ މީޑިއާ ރިޕޯޓުތަކުން ބުނީ ޔޫއޭއީގައި އާދިއްތަ ދުވަހު އިސްރާއީލްގެ އެމްބަސީ ހުޅުވާފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދެގައުމުން ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރު ބާރެއް ލިބި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.

އެމްބަސީއަށް ސަފީރަކު ޢައްޔަން ކުރެވެންދެން ވަގުތީ ގޮތުން ހުންނަވަނީ ހެޑް އޮފް މިޝަން އީތަން ނާއޭ އެވެ.

މެދު އިރުމަތީގެ ގައުމުތަކުން އިސްރާއީލާއެކު ގުޅުން ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ޔުއޭއީ އާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެމެރިކާގެ ވައިޓްހައުސްގައި 15 ސެޕްޓެންބަރ 2020 ގައެވެ.

އެމެރިކާ މެދުވެރިއެއްގެ ރޯލު އަދާކުރި މި އެއްބަސްވުމުގައި އިސްރާއިލުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއެވެ. އަދި ޔޫ.އޭ.އީ.ގެ ފަރާތުން ސޮއި ކުރެއްވީ އެގައުމުގެ ފޮރިންގ މިނިސްޓަރ ޝެއިހް އަބްދުﷲ ބިން ޒައިފް އަލް ނަހުޔާނެ އެވެ.

އިސްރާއީލާއި ޔޫ.އޭ.އީ.ގެ އެއްބަސްވުމަށް ބަލާއިރު، އަލް-އަޤްޞާ މިސްކިތަށް ޒިޔާރަތްކޮށް ނަމާދުކުރުމުގެ ފުރުސަތު ހުރިހާ މުސްލިމުންނަށް އޮތްއިރު، ގުދުސްގައިވާ އެހެނިހެން މުގައްދަސް ބިނާތަކަށް ޒިޔާރަތްކޮށް، ޞުލްޙަވެރި ކަމާއެކު ދީނީ އަޅުކަމާއި ހަރަކާތް ހިންގުމުގެ ފުރުސަތު، އެހެން ހުރިހާ ދީނެއްގެ މީހުންނަށް ވެސް ދޭން ޖެހޭ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

އިސްރާއީލާއެކު ގުޅުން ގާއިމު ކުރުމަކީ މެދުއިރުމަތީގެ ޞުލްޙަ އާއި ރައްކާތެރިކަމަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައި އެގައުމުތަކުން ދެކުނު ނަމަވެސް ފަލަސްތީނުގެ ރައްޔިތުން ދެކޭގޮތުގައި މިގުޅުން ގާއިމުކުރުމުގެ ސަބަބުން ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ އަޑުތައް މަޑުވެގެންދާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
33%
0%
33%
33%
0%
0%
ކޮމެންޓް