ކ. މާލެ
|
25 ޖެނުއަރީ 2021 | ހޯމަ 07:01
ހުޅުމާލެއިން ހދ ހަނިމާދޫއަށް ދަތުރުކުރި \"ނޯޓިލަސް ވަން\" ސަފާރީގައި ރޯވުން
ހުޅުމާލެއިން ހދ ހަނިމާދޫއަށް ދަތުރުކުރި "ނޯޓިލަސް ވަން" ސަފާރީގައި ރޯވުން
އެމްއެންޑީއެފް
ސަފާރީ ރޯވުން
ސަފާރީއެއްގައި ރޯވެ ބޭނުން ނުކުރެވޭ އަނދާ ހުލިވެއްޖެ
 
ސަފާރީގައި 6 މީހަކު ތިބި، އޭގެ ތެރޭގައި ހިމެނެނީ 5 ދިވެހިންނާއި 1 ބިދޭސީ ފަޅުވެރިއެއް
 
ސަފާރީ ރޯވެގެން ރިޕޯޓުކޮށްފައި ވަނީ އާދިއްތަ ދުވަހުގެރޭ ދަންވަރު 3:39 ހާއިރު

ހުޅުމާލެއިން ފުރައިގެން ހދ. ހަނިމާދޫއަށް ދަތުރުކުރަމުންދިޔަ "ނޯޓިލަސް ވަން" ނަމަކަށް ކިޔާ ސަފާރީގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، ސަފާރީ ރޯވެގެން ރިޕޯޓުކޮށްފައި ވަނީ އާދިއްތަ ދުވަހުގެރޭ ދަންވަރު 3:39 ހާއިރު، ކ. ކާށިދޫގެ ހުޅަނގުން 13 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. އަދި އެ ވަގުތު ސަފާރީގައި 6 މީހަކު ތިބި ކަމަށާއި އެ އެންމެންވެސް މިހާރު ތިބީ ސަފާރީގެ ޑައިވިންގ ދޯނީގައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ. އޭގެ ތެރޭގައި ހިމެނެނީ 5 ދިވެހިންނާއި 1 ބިދޭސީ ފަޅުވެރިއެއް ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

އެމްއެންޑީއެފުން ބުނީ ސަފާރީގައި ރޯވެގެން ހަބަރު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުގެ ލޯންޗެއް އަލިފާން ނިއްވުމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އަލިފާން ނިއްވަން މަސައްކަތް ކުރަމުންދަނިކޮށް 6:44 ހާއިރު، ސަފާރީ އަޑިއަށް ގޮސްފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
86%
14%
0%
0%
ކޮމެންޓް