ކ. މާލެ
|
25 ޖެނުއަރީ 2021 | ހޯމަ 06:59
މެކްސިކޯގެ ރައީސް އަންޑްރެސް މެނުއެލް ކޮވިޑް-19 އަށް ޕޮޒިޓިވް
މެކްސިކޯގެ ރައީސް އަންޑްރެސް މެނުއެލް ކޮވިޑް-19 އަށް ޕޮޒިޓިވް
ސީ.އެން.އެން
މެކްސިކޯގެ ރައީސް
މެކްސިކޯގެ ރައީސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ
 
އެމެރިކާގެ 7.6 އިންސައްތަ މީހުންނަށް ކޮވިޑް-19 ޖެހިފައިވޭ
 
އެމަނިކުފާނު ޕޮޒިޓިވްވި ނަމަވެސް ބަލީގެ ހާލަތު ގޯހެއް ނޫން

ނޯތު އެމެރިކާގެ ގައުމެއް ކަމަށްވާ މެކްސިކޯގެ ރައީސް އަންޑްރެސް މެނުއެލް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެކަން ހާމަކޮށް އެމަނިކުފާނު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އޭނާ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށާއި ނަމަވެސް ބަލި ހާލަތު އެހާ ގޯސް ނޫން ކަމަށެވެ. އަދި ބައްޔަށް ފަރުވާހޯއްދަވަން ފައްޓަވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މީގެ އިތުރަށް ހުރިހާ ކަމެއްގައިވެސް ވިސްނަންވީ ރަނގަޅަށް ކަމަށާއި، ކޮވިޑް-19އަށް ޕޮޒިޓިވްވި ނަމަވެސް ކަންކަމައިގެން ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ވެސް އަންޑްރެސް މެނުއެލް ވިދާޅުވި އެވެ.

ރިޕޯޓުތައް ބުނާގޮތުން އެމެރިކާގެ 7.6 އިންސައްތަ މީހުންނަށް ކޮވިޑް-19 ޖެހިފައިވެއެވެ. އެއީ 25 މިލިއަން އަށް ވުރެ ގިނަ މީހުންނެވެ. އޭގެ ތެރެއިން 414،000 މީހުން އެބަލީގައި މަރުވެފައި ވެއެވެ. އެމެރިކާއިން އެންމެ ފުރަތަމަ ކޮވިޑް-19ގެ ކޭސް ރިޕޯޓްކޮށްފައި ވަނީ މިދިޔަ އަހަރު ޖެނުއަރީގައެވެ. އޭގެ ފަހުން އެ ގައުމުގެ ކޮވިޑް-19ގެ ހާލަތު ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ހިޔާ ޓަވަރުތަކުގެ އިތުރު ލިފްޓް ހަރުކުރުމުގެ މަސައްކަތް ފަށައިފި
ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ޙުކުމް ބާތިލު، ނަމަވެސް ދަށު ކޯޓުން އަލުން މައްސަލަ ބަލަންޖެހޭނެ
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ސައްހަ ލިސްޓެއް ނޫން: އޭސީސީ
ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
ކުދިއާބާދީ ރަށްތަކުގައި ޚިދުމަތްތައް ފުޅާކޮށް، ތަރައްގީ ކުރުމުގެ ވިސްނުމެއް މިސަރުކާރުގެ ނެތް: ރައީސް ސާލިހު
ފެހި ޤާނޫނު އަސާސީގެ ދަށުން އެއްވެސް އިންތިޚާބެއްގައި ސަރުކާރަކުން އާއްމުންނަށް ނުފޫޒު ނުފޯރުވާ މިންވަރަށް މި ސަރުކާރުން ނުފޫޒު ފޯރުވާ: އީސަ
ރިޝްވަތު ޤަބޫލުކުރިކަމަށް ޔާމީނަށް ކުރި ޙުކުމްވެސް ބާތިލު، މައްސަލަ އަލުން ބަލަން ހައިކޯޓުން އަންގައިފި
އިންތިޚާބާ ގުޅިގެން ވަޒީފާތައް އިންތިހާއަށް ދޭނެ، އެއީ ދާއިމީ ވަޒީފާއަކަށް ނުވާނެ: ރައީސް ސާލިހު