ކ. މާލެ
|
24 ޖެނުއަރީ 2021 | އާދީއްތަ 22:58
ދިވެހި ރުފިޔާ
ދިވެހި ރުފިޔާ
އެމްއެމްއޭ
ރުފިޔާގެ ނިޝާނެއް ފަރުމާކުރުން
ދިވެހި ރުފިޔާގެ ނިޝާނެއް ފަރުމާކުރަނީ
 
ހުށަހަޅާ ޑިޒައިނަކީ ޑިޒައިން ހުށަހަޅާ ފަރާތުގެ އަމިއްލަ މަސައްކަތަކަށް ވާންޖެހޭ
 
މުބާރާތުގައި ބައިވެރިވުމުގެ ފަހު ތާރީހަކީ ފެބްރުއަރީ 21ގެ 14:00
 
ފައިސާގެ ނިޝާނަކީ ފައިސާގެ ނަން ލިޔުމުގެ ބަދަލުގައި ބޭނުންކުރާ ނިޝާނެއް

ދިވެހި ރުފިޔާގެ ނިޝާން ފަރުމާކުރުމަށް ނިންމައި އެނިޝާން ފަރުމާކުރުމުގެ ފުރުސަތު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހުޅުވާލައިފިއެވެ.

ފައިސާގެ ނިޝާނަކީ ފައިސާގެ ނަން ލިޔުމުގެ ބަދަލުގައި ބޭނުންކުރާ ނިޝާނެކެވެ.

ރާއްޖޭގައިވެސް މިފަދަ ނިޝާނެއް ހެދުމަށް ނިންމައި އެމްއެމްއޭއިން ހުޅުވާލާފައިވާ މުބާރާތަށް ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން އެންމެ މޮޅު ހުށަހެޅުމަކަށް 20،000 ރުފިޔާގެ އިނާމެއް ދިނުމަށް އެއޮތޯރިޓީން ވަނީ ނިންމާފައެވެ.

މިއީ ރާއްޖޭގެ ފަރުމާކުރުންތެރިންނަށް ހުޅުވުނު މުހިއްމު ފުރުސަތެއް ކަމަށް އެމްއެމްއޭ އިން ދެކޭއިރު، މުބާރާތުގައި ބައިވެރިވުމުގެ ފަހު ތާރީހަކީ ފެބްރުއަރީ 21ގެ 14:00އެވެ.

މި މުބާރާތައި ގުޅިގެން އެމްއެމްއޭ އިން ނެރެފައިވާއިއުލާނުގައިވާގޮތުންފަރުމާކޮށްފައިވާ ނިޝާނުން ދިވެހިރާއްޖެ ނުވަތަ ދިވެހި ރުފިޔާ ރަމްޒުކޮށްދޭންވާނެއެވެ. އަދި ހުށަހަޅާ ޑިޒައިނަކީ ޑިޒައިން ހުށަހަޅާ ފަރާތުގެ އަމިއްލަ މަސައްކަތަކަށް ވާންޖެހެއެވެ. ހުށަހަޅާ ޑިޒައިނަކީ ނުވަތަ ޑިޒައިންގެ ބަޔަކީ އެހެން ފަރާތެއްގެ މަސައްކަތަކުން ހުއްދަ ނުހޯދާ ނަކަލުކޮށްފައިވާ އެއްޗަކަށް ވެގެން ނުވާނެކަމަށް އެމްއެމްއޭއިން ބުނެއެވެ.

އެމްއެމްއޭއިން ބުނީ ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ އެއް ޕްރޮޕޯސަލް ކަމަށާއި އެއްފަރާތަކަށް ވުރެ ގިނަ ފަރާތްތަކުން ގުޅިގެން އެއް ޕްރޮޕޯސަލެއް ހުށަހެޅިދާނެ ކަމަށެވެ. އަދި އެމްއެމްއޭއަށް ހުށަހަޅާ އެއްވެސް ޕްރޮޕޯސަލްއެއް އެމްއެމްއޭއަށް ހުށަހެޅުމަށް ފަހު އަނބުރާ ނުގެންދެވޭނެކަމަށް އެއޮތޯރިޓީން ބުނެއެވެ. އަދި ސުންގަޑި ހަމަވުމަށް ފަހު ހުށަހަޅާ އެއްވެސް ޕްރޮޕޯސަލެއް ބަލައި ނުގަނެވޭނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

ދިވެހި ރުފިޔާގެ ނިޝާނެއްގެ ގޮތުގައި ބޭނުންކުރުމަށް ޑިޒައިނެއް ހޮވުމަށްފަހު އެ ޑިޒައިން ވާނީ އެމްއެމްއޭގެ އިންޓެލެކްޗުއަލް ޕްރޮޕަޓީއަކަށް ކަމަށާއި އޭގެ މައްޗަށް ޑިޒައިންކުރި ފަރާތުގެ އެއްވެސް ހައްގެއް ނޯންނާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ. ރިކުއެސްޓް ފޮރ ޕްރޮޕޯސަލްގައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަކީ ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ޒިންމާއެކަމަށާއި ރުފިޔާގެ ނިޝާނެއްގެ ގޮތުގައި ބޭނުންކުރުމަށް ހުށަހަޅާ ޑިޒައިނާ ގުޅިގެން އެހެން ފަރާތަކުން ހުށަހަޅާ އެއްވެސް މައްސަލައެއްގެ ޒިންމާ އެމްއެމްއޭއިން ނުނަގާނެ ކަމަށް އެއިދާރާއިން ބުނެއެވެ.

މި މުބާރާތުގައި އެމްއެމްއޭގެ އެއްވެސް މުވައްޒަފަކަށް ބައިވެރިނުވެވޭއިރު، ހުށަހަޅާ ޕްރޮޕޯސަލްތަކަށް އިންސާފުކުރާނީ އެމްއެމްއޭއިން ކަނޑައަޅާ ފަނޑިޔާރުންގެ ޕެނަލަކުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
50%
50%
0%
0%
0%
0%
ކޮމެންޓް